ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ސިޔާސީ ޕާޓީއެއް އުފައްދާތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖުމްހޫރީ ޕާޓީގެ ޓެލެގްރާމް ގްރޫޕަށް ހިނިތުންވުމެއް ފެންނަ އިމޯޖީއެއް ފޮނުވައިފިއެވެ.

އަބްދުﷲ ރިޔާޒް ސިޔާސީ ޕާޓީއެއް ހަދަން ޖުމްހޫރީ ޕާޓީން ލިބުނު ޚަބަރާއި ގުޅިގެން މޫސާ އަންވަރު ގްރޫޕަށް ލާފައިވާ ޓްވީޓަކަށް ގާސިމް ވަނީ ރިޕްލައި ކުރައްވާފައެވެ. "ނާޒިމް އަކީ ވެސް ވަކިކާކުތޯ؟" ސުވާލުކޮށް ގާސިމް ވަނީ ތިން ލާފް އިމޯޖީ ގްރޫޕަށް ފޮނުވާފައެވެ.

ޖޭޕީ އިން ވަކިވެވަޑައިގަތްކަން "ވަގުތު" އަށް ޔަގީންކޮށްދެއްވާ ރިޔާޒް ވިދާޅުވީ އެ ޕާޓީ އިން ވަކިވާން ނިންމެވީ ކުރިޔަށް އޮތް ދުވަސްތަކުގައި ސިޔާސީ ޕާޓީއެއް އުފައްދައިގެން ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ބޭނުން ޖެހިފައިވާތީ ކަމަށެވެ.

ރިޔާޒް ޖޭޕީ އިން ވަކިވެފައި ވާއިރު އޭނާ އަކީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ އުފައްދަވާ ޕާޓީ އަށް ސޮއިކުރައްވާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ. މީގެ ކުރިން ނާޒިމް ވަނީ އޭނާ ޕާޓީ އެއް އުފައްދަވަނީ އެކުވެރި ބައެއް މަޖިލީހުގެ ބައެއް މެމްބަރުންނާއި އެކު ކަމަށް ވިދާޅުވެފައެވެ.

ނާޒިމް އުފައްދަވާ ޕާޓީ އާއި މަޖިލީހުގެ ބައެއް އަމިއްލަ މެމްބަރުންވެސް ގުޅިވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.
ނާޒިމް ވިދާޅުވީ ދާދި އަވަހަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ޕާޓީ އުފެއްދުމަށް ހުށަހަޅުއްވާނެ ކަމަށެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ޕާޓީއަށް ކިޔާނެ ނަމެއް އަދި ފާސް ނުކުރެއެވެ. އީސީއިން ބަލައިގަންނާނެ ނަމެއް ޔަގީން ކުރުމަށް ފަހު އެ ކަންކަން ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ނާޒިމްއާއި ރިޔާޒު ގުޅިގެން ޕާޓީއެއް އުފައްދަން އުޅޭކަމުގެ އަޑުތައް ފެތުރުނު ނަމަވެސް އޭރު އެ ދެބޭފުޅުންވެސް ވަނީ އެކަން ދޮގުކުރައްވާފައެވެ.

އެ ދެ ބޭފުޅުންވެސް މަޖިލީހަށް ހޮވިވަޑައިގަތީ ޖޭޕީގެ ޓިކެޓުގައެވެ. ނާޒިމް ވާދަކުރެއްވި ދަނގެތީ ދާއިރާ އަކީ ގާސިމަށް ވަރަށް ތާއިދު ބޮޑު ދާއިރާ އެކެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައި ވަނީ ޕާޓީއެއް އުފެއްދޭނީ މަދުވެގެން 3،000 މެންބަރުންގެ ސޮއި އީސީއަށް ހުށަހެޅުމުން ކަމަށެވެ. އެ ހިސާބުން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބާއްވަން އީސީއިން ހުއްދަ ދޭނެއެވެ. އެ ޖަލްސާގައި މަދުވެގެން 300 މެންބަރުން ބައިވެރިވާން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. You

  ތިޔަނަން ކިޔަން އެންމެ ރަނގަޅީ ތިޔަ ޖޭޕީއައް

  18
  1
  • ބޭބެ

   ޖޭޕީއިން މެމްބަރުން ވަކިވެގެން ޕީޕީއެމް ޕީއެންސީއަށް ސޮއިކުރަންވީ!! އެއިރުންވެސް ގާސިމް ހުންނާނެ ހިނިގަނޑުޖަހަން!! އަދި ދަށުންދަމާ ކުޅެން!! މަކަރުވެރި އަމިއްލައެދުން ބޮޑު މީހެއް!! !!

 2. ދަނގެތި

  ކަލޭ ހީހީ ހުރެބަލަ

  23
  1
 3. މޫސަ މީދޫ

  މުސާރަނުދޭ މީހެއް ގާސި މަކީ....

  31
  3
  • ....

   އޭނަ މުސާރަ ދޭ...އެކަމަކު ލަސްވަނީ...ކޮންމެ ދުވަހަކު މިލިއަން ރުފިޔާ އެހީ ގެ ގޮތުގައިވެސް އޭނަ ދޭ...

   12
   7
 4. އަނދިރި އަނިދިރިން

  ގާސި މު ހިނިއަންނާނެނު އޭނަޔަށް ވިއްޔާ ފައިދާބިޑުވާނީ..ކޯލިޝަން ހަދަން އާކުލައެއް ލިބުނީނު...ނަހުލާއަށް މަގާ މެވެސް.. 2023ގަ ސޯލިހު ނޫނީ މޑޕ އަށް ވެރިކަން ނުލިބިއްޖެނަ މަ މިސަރުކާރުގެ ގިނަބަޔަކު ގޮޅީގަތިބެންޖެހިދާނެތީ އެކަ މުން ސަލާ މަތްވާނެ މަގެފެނޭތޯބަލަނީ..އިންޑިޔާ އެ މީހުން މިތާންގަތިބެވޭނެ ދޮރެއް ހުޅުވަނީ...ދިހަ ޕާޓީހެދިޔަސް ތިއީ އެކައްޗެ..އަހަރެ މެންގެ ތާއިދެނެތް ގައު މު ވިއްކިގްރޫޕަށް..އަޅުވެތިކުރި ގްރޫޕަށް....

  21
  1
 5. ކައްބެ

  ގާސިމު ބާކީވެއްޖެ ވާނީވެސް އެހެންތާ މުސަާރަދޭކަށް ކެރެނީއެއްނޫން ޕާޓީ ވެސް ހިނގަނީ މިހާރުއޮތް ވެރިކަމުގެފާރާތުން ބައެއް އަޅައިދޭތީ.

  13
  3
 6. Anonymous

  ނާޒިމް ކަލޭ ތިއުޅެނީ ވަރައް ބޮޑައް އޮޅިގެން

  18
  5
 7. ޑައެލޯގް

  ތިޔަނާޒިމަކީ ޔާމީނަށް ކެހިދޭން ފެންޕްލާންޓްތަކަށް ހަމަލާދިން މީހެއްކަމަށް އަޑުއިވިފައިވާ ގައްދާރެކެވެ. މީނާ އުޅުނީ ސިފައިންގެ ލޭކައްކުވައިގެން ބަގާވަތެއްގެނެސް ޔާމީނުގެ މައްޗަށް ވެރިވާށެވެ. އެހިސާބުން ފޫހިވެއްޖެއެވެ. އޭގެކުރިން މަވަރަށްތާއިދުކުރިމީހެއްނާޒިމަކީ

  21
  4
 8. ަަަަަަަަަައަބުދު

  ގާސިމް ކަލޭ ތީ އެންދެރިމާގެޔާ ގުޅިގެން މިގައުމުގަ ހުރިއްޔާ ހުރި ވަސީލަތެއް ނާޖާއިޒު ގޮތުގަ އަތުލައިގެން އުޅޭ މިގައުމައް ގައްދާރު މީހެއް . މިހާރު މިއެނބުރޭ ހުރިހާ ކަރެޕްސަން އަކީ ކަލޭމެން ހޯދި ނާޖާއިޒު މުއްސަދިކަން އެހެންމީހުން ބޭނުންވުން

 9. ަަަަަަަަަައަބުދު

  ގާސިމް މެންނަށް ހީވަނީ ތިމަންނަޔާ އެކުގައޭ ވަގުތު އޮތީ ކަލޭގެ އުމުރު ކަލޭ ދޫކޮއްފަ ދިޔައިމަ ދެން ކުރާ ހުރިހާ ކަމެއް ވާނީ ކަލޭގެ ކަންތައްތައް އަވަހައް ގޯސްވުމުގެ ސަބަބުތައް ކަމުގަ.. ތާރީޚުގަ ސިޔާސީ ގޭމްގެ ތެރޭން މުއްސަނދިވިމީހުން ނިކަމެތިވުމައް މެދުވެރިވަނީވެސް ސިޔާސީ ސަބަބު.

 10. ޔާމިން

  ނާޒިމް އައް މަރުހަބާ

 11. ލައިލާ

  ސޭޓް ދެންއަޅާނުލާ ތީއެއްޗެއްނޫން

 12. ވިލޭ

  ސާބަހޭ ނާޒިމް ވީޕުރައުޑް

 13. މާރިޔާ

  ޖޭޕީ ދެންއޮޅާލާ

 14. ނަޝީދު

  ހެހެ ސޭޓޫ ދެންވާނެއެއްޗެއްމިވީ

  1
  1
 15. މައުމޫން

  މަގޭއެއްބާރުލުން ދޭނަން ގައުމްސަލާމައްކުރަން

 16. ޅ.ނޫރާނީއާގޭ

  ސޭޓޫކަލޭގެބާރެއްނެތޭ

 17. ގެރިމޯޑީ

  މޯލްޑިސް ނިޔު ޕެރެސިޑެންޓް ނާޒިމް

  1
  1
 18. Anonymous

  75 އހަރުގެ ޒުވާނާ!