22:04

މިއަދު ރާއްޖެ އިން އިތުރު 91 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

21:45

ފްލޫ ކްލިނިކަށް ދެއްކި މީހަކު ހިމެނޭހެން ގދ. ތިނަދޫން އިތުރު ހަތް މީހަކު ކޮވިޑް-19 ފައްސިވެއްޖެ.

20:28

އައްޑޫ ސިޓީ މަރަދޫން ވަކި ތަރުތީބެއް ނެތި ނެގި ސުންކެއް ކޮވިޑް-19 އަށް ފައްސިވެއްޖެ.

10:02

ކޮވިޑް-19: އޮކްސިޖަން ނުލިބި އިންޑޮނޭޝިޔާ ރައްޔިތުން ގޭގައި މަރުވަނީ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން ކުރި މަސައްކަތުން އަނެއްކާވެސް މިވަނީ އުފާވެރި މަންޒަރުތައް ފެންނަ ހިސާބަށް އެނބުރި ދެވިފައެވެ. ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އިން ދަށުގައި ޖެހިޖެހިގެން ތިން ދުވަސް ވެއްޖެއެވެ. އޭޕްރީލް މަހު އަދަދުތައް ދަށަށް ދިޔަ ދުވަސްވަރު 100 އިން ދަށުގައި ހަތް ދުވަސް ހޭދަވިއެވެ. މިހާރު ރާއްޖޭގެ މަންޒަރު މިދަނީ ގާތްގަނޑަކަށް އެހާލަތައް ކަމަށް ބެލެވެއެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވީ 78 މީހުންނެވެ.

އަދު 6320 މީހުންް ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %1.23 މީހުންނެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާރު ބަލިން ރަނގަޅުނުވެ ތިބީ 2496 މީހުންނެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 18 މީހުންނަށެވެ. މިއަދަކީ ފާއިތުވި ހައެއްކަ މަސް ދުވަހުގެ ތެރޭގައި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭ ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ މަދުވި ދުވަހެވެ.

މިިއަދަކީ މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އިން ދަށުގައި ހުންނަތާ 26 ވަނަ ދުވަހެވެ. އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އިން ދަށުގައި ހުންނަތާ ހަވަނަ ދުވަހެވެ. ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އަތޮޅުތެރެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އިން ދަށުގައި ހުރެ ޖެހިޖެހިގެން ހަދުވަސް ހޭދަވެފައެއް ނުވެއެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން ދާއިރު، އީދު ބަންދަށް ރަށްތަކަށް ދަތުރުކުރާ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އީދުގެ ހަރަކާތްތައް ކުރިއަށް ގެންދާއިރު ވެސް ކޮވިޑް ނުފެތުރޭނެ ގޮތައް ކަންކަން ރާވަން އެޗްޕީއޭ އިން މިރޭ ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.