ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅުން ކޯލިޝަނުން ސިންގަލް ކެންޑިޑޭޓް އެއްގެ ގޮތުގައި ނިކުންނަންވާނީ ކުރީގެ ރައީސް ނަޝީދު ކަމަށް އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

މިރޭ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދުގެ ނަންފުޅު ވޯޓުކަރުދާހުގައި އޮންނާނެ ކަމަށެވެ.

" އެމްޑީީޕީން އަބަދުވެސް މަސައްކަތް ކުރަނީ ހިސާބު ޖަހައިގެން ,މުޅި ރާއްޖޭގައި ނަޝީދު އެގެންދަވަނީ ކެންޕެއިން ކުރައްވަމުން ,އިންތިހާބުގައި ރައީސް ނަޝީދުގެ ނަންފުޅު ވޯޓުކަރުދާހުގައި އޮންނާނެ " ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފު މިހެން ވިދާޅުވެފައި ވާއިރު ޖެޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވީޑިއޯ މެދުވެރިކޮށް ދެއްކެވި ވާހަކައިގައި ވިދާޅުވީ އަންނަ މަހުގެ 10 ގެ ކުރިން އިދިކޮޅު ކޯލިޝަން ކެންޑިޑޭޓެއް ނުދެއްކިއްޖެ ނަމަ ޖުމްހޫރީ ޕާޓީން ވަކި ކެންޑިޑޭޓެއް ކަނޑައަޅާނެ ކަމަށެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ކޮންގުރެސް އަށް އިޝާރަތް ކުރައްވާ ހަސަން ލަތީފު ވިދާޅުވީ ކޮންގުރެސް މާލޭގައި ބާއްވަން ވަރަށް މައްސަކަތް ކުރިން ކަމަށާއި ނަމަވެސް ސަރުކާރުން އެފުރުސަތު ދީފައި ނުވާކަމަށެވެ.

އެމްޑީޕީން ކޮންގްރެސް ބޭއްވުމަށް ފުރަތަމަ ނިންމީ މާލޭގެ ދަރުބާރުގޭގަ އެވެ. އެގޮތުން ދަރުބާރުގެ ދޫކުރުމަށް އެދި ހައުސިން މިނިސްޓްރީ އަށް ހުށަހެޅި އެވެ. ކޮންގްރެސް ބޭއްވުމަށް ދަރުބާރުގެ ދޫކޮށްދިނުމަށް އެދި އެމްޑީޕީން ހުށަހެޅިޔަސް، އެކަން ކޮށްދެވެން ނެތީ އެ ތާރީހަށް އެހެން ބޭނުމެއްގައި އެތަން ބުކް ކޮށްފައި ވާތީ ކަމަށް ބުނެއެވެ.

ހަސަން ލަތީފު ވިދާޅުވީ ކޮންމެ ކަމެއްވެސް ތަރައްގީއާއި ގުޅުވަން އުޅޭއިރު ދެ ފަޑިޔާރުންވެސް ޖަލަށް ލީ ތަރައްގީގެންނަން ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ޖުމުހޫރީ ޕާޓީން އިއްޔެ ބުނެފައިވަނީ އެޕާޓީގެ ވިސްނުމާއި މައިގަނޑު މަގްސަދަކީ ގުޅިގެން އެކުގައި ކުރިއަށް ދިއުން ކަމަށެވެ. އަދި ޖެޕީ އޮތީ ކޯލިޝަންގެ ތެރޭގައި ކަމަށާއި ގައުމަށް އިސްލާހު ގެނެވޭނީ އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ބޮހޮބޮހޮ

    ދެން ތިކަންވެސް ތިނުވީ ކިހާދެރަ

  2. ާބޮހޮބޮހޮ

    ސިންގަލް އެއް ޑަބަލް އެއް ކިޔަާނެ ކަމެއްނެއި ވޯޓް ކަރުދާހުގާ ޔަގީނުންވެސް ނަންޖަހާނެ ކެންޑިޓޭޓެއް ހޮވާބަލަ

  3. އަލިތަކުރު

    ލަދު ހަޔާތް ނުގަންނަ ނަމަ މާލޭ ބޭފުޅާ ތިތަނަށް އަރާ ވާހަކައެއް ނުދައްކާނެ. ކޮންމެ ގޮތެއް ހަދާފަވެސް ބޭނުންވަނީ އައްނިއަށް ވެރިކަންދޭން.. ބަލަ އެއީ ވެރިކަން ލިބުނީމަވެސް ހޯހޯއޭ ގޮވާފަ ފިލި މީހެއް.. ކިތައް އިންތިހާބުން އެ ފެއިލްވީ.. ހުދުމުހުތާރު ވިޔަސް ފުކެއްބޮޑުވަރުދޯ.. ނަންވާނީ މަޢުމޫނު..

  4. ރާޅު ބޯއީ

    އެހެންވީމާ ޖޭޕީން ހުރިހާ ކަމެއް ހުއްޓާލާފަ ޖަރީމާ ކަނޑު ކޮހާއެކު ކުރިއަށް ދަމާބަހީ.

  5. ކަރުންމަތީގެ ޑޮކްޓަރު

    ޝަރުތު ހަމަނުވާ ބޮޑު ގައިދީ އަދި ފިލައިގެން އުޅޭ ނަޝީދު ސިންގަލްކޮށް. ޖޭޕީ ޑަބަލްކޮށް. ސަޅި. ތިޔަހަރީ އިންތިޚާބު ކާމިޔާބުވެފައި ދެން ތިވަރުން.

  6. ދޫނުދޭތި

    އެހެން ވެއްޖެނަމަ ކެނެރީގެ ނަށީދުގެ ނަމެއް ނޯންނާނެ އެމްޑީޕީ ފުނޑެން އުޅެނީއެ. ކެނެރީގެ ނަޝީދު އެއީ ބޮޑު ވަގެއް އޭނާ އާއި ހެޔޮ ނުވާނެ މިރާއްޖޭގެ ވެރިކަން ހަވާލު ކުރަން.

    • ހަނާ

      ތެދެއް އެއީ ބޮޑުވަގެއް. އެއަރޕޯޓް ވިއްކާލި ލާރިގަނޑު ކާލި، ދިރާގު ވިއްކާލި ލާރިގަނޑު ކާލި، އެމް.ޑިބްލިޔު އެސް، ސީ ވިއްކާލި ލާރިގަނޑު ކާލި. ރާއްޖޭގެ ރިޒާވްގައި މައުމޫންބެ ބަހައްޓާފަ ހުރި ޑޮލަރުކޮޅު ކާލި. ދިވެހިރާއްޖޭގެ ހުރިހާ ކުންފުނިތައް އިންޑިޔާއަށް ވިއްކާލަން ހެދި ޑީލްގެ ލާރިގަނޑު ކާލި. ފަސްމާމުލުންގެ ފަސްވަގުގެވެސް ބޮޑުވަގު ނަޝީދަކީ.

  7. ޙާލިދު

    އަަހަރެން ހިތަށް އަރާ މި އެމްޑީޕީ މީ ހާދަ ނުބައި ނުލަފާ ބައެކޭ. ޖޭޕީން ކޮންގްރެސް ނިންމާ ރައީސުންލާ ކަންކަން ނިންމާލިތަނުން މިބުނަނީ ބުއްޅަބެއޭ ނެރޭނީ. އަޖައިބެއް ވަރުގެ ކަމެއްނު މިއީ. ސަރުކާރަށް އެކަންޏެއް ނޫން ޖެއްސުން ކުރަނީ މިހާރު ޖޭޕީއާއި ގާސިމް ކަތިލަން މިއުޅެނީ.

  8. ހުސޭނުބޭ

    ތި އޮޑި ތި އޮތީ މިހާރު ފެތިފައެއްނު! އައުމާ އެކު ޖަލަށް!

  9. ސިސް

    ހަމަ ހެވެނީ. ޙަސަން ލަތީފް ވެސް މޮޔައިންގެ ލިސްޓްގައި ހިމަނައިފިން

  10. މަ

    ޢެންމެ މޮޔައިން ގިނަ ޕާޓީ އަކީ މޑޕ. ޙައް ހައް ހައް

  11. ޙަސަން

    ވެބްކެމް ގްރޫޕުގެ މީހަކު އެތަނުގައި އެބައިންތަ؟

  12. އާދަމް

    އެމްޑީޕީއަށް ވުރެޙުދު މުޚްތާރު ޕާޓީއެއް ނެތެވެ.އެޕާޓީއަކީ ކުފޫހަމަވާ ޕާޓީއެއްނޫނެވެ.ޤައުމުދެކެ ލޯބިވެގެން އުޅޭބައެއްނޫނެވެ.ވެރިކަންދެކެލޯބިވެގެން އުޅޭބައެކެވެ.އެމްޑީޕީ ގެ 3 އަހަރުގެ ހަރުދަނާކަމެއް ނެތެ ވެރިކަން ހެޔޮވިސްނޭ ބަޔަކު ބޭނުމެއް ނުވާނެވެ.

  13. އަބްދުއްލާ

    ހަސަނާ ނަސީދުގެ ނަން އޮންނާނީ ވޯޓްކަރދާހަކު ނޫން. ނަސީދު ކެމްޕެއިން ކޮށް ނިމުނީމާ ހުރިހާމީހުންގެ ވޯޓްދޭނީ ޔާމީނަށް . ނަސީދުގެ ނަންޖަހާނެ ތަނެއް ހޯދަން ވަނީ ހަސަނާ ހަވާލުކޮށްފާ . ގާޒީވަގަށް ނެގުމުގެ އަދަބުގެ އިރުރަށް 13 އަހަރު ޖަހަން މިހާރުވަނީ ނިންމާފަ.

  14. އައްޕަ

    އެހެންވީމަ ހަމަ ގާސިމު ބުނިތާ ތިޖެހުނީ އެއްމެފަހުން! ބުއްޅަބޭ ނޫން އެހެންމީހަކު ހަމަ ނެތީ!

  15. ޓޔ

    މޮޔަގޮވަނީ ޖަލުރައީސް

  16. ހަބް

    ލަތީފްތީ މޮޔައެއް

  17. ބަާނި

    ކަލޯ އިންތިހާބުގައި ވޯޓު ކަރުދާހުގައި ނަސީދުގެ ނަން ޖަހަނީ ކަލޭތަ ކަލެޔަށް ނަސީދުގެ ނަން ޖެހެންޏާ އަހަރެންގެ ކާފަ މައުމޫނުގެ ނަންވެސް ޖަހާނަން ހުވަފެން ބިލާހަކަށް ވާން މާގިނަދުވަހެއްނެތް ކެއްކޮށްލާ.

  18. ހަސަން ލަތީފް ބުނި ނަޝީދު

    ކޭ ކީއްވެތަ ވެރިކަމަށް ނާންނަން ތިއުޅެނީ ކޭ ވެސް ވަކީލެއްވިއްޔަ ވެރިކަން ކުރެވޭނެ ކަެ އަށް ކޭ ތީ އަދި މާލޭ ގޮލައެއް

  19. ބިޔަރޭ

    ސިންގަލޭ ޑަބިޔަލޭ ކިޔާނެކަމެއްނެތް...މޑޕ ގެ އެއްވެސް މަގާމެއްގަ ނަޝީދުގެ ނަމެއް ނޯންނާނެ...ސަބަބަކީ: 1. ޥެރިކަން ލިބުމުން އަތަށްގޮއްވާލުން 2. ދިވެހިން ބޭނުންނުވާ މުޅިން އެހެން ގޮތެއް ބޭނުންވެގެން އުޅުން 3. ޜާއްޖެ ވިއްކާލާފަ އަނެއްރާއްޖެޔަށް ދިވެހިން ގެންދަން އުޅުން 3. ވަކިރާގަކަށް ސާފުނުވާ ފަހުމް ނުވާ ބަހުރުވަޔަކުން ރައްޔިތުންނާ މުހާތަބުކޮއް މަގުފުރއްދުން...މިހެން ގޮސް މިހެްގޮސް...

  20. ބެއްޔާ

    ހަސަނާ އެވެ، ނަޝީދުގެ ނަން ވޯޓު ކަރުދާސްކޮޅުގަ އޮންނާނެ ކަމެއް ނުވަތަ ނޯންނާނެކަމެއް ބުނާކަށް ނޭންގެއެވެ، އަދި ގާޒީއެއް ވަގަށް ނެގިކަމުގައި ނަޝީދުގެ ބައިވެރިވުން އޮތްކަމެއް ބުނާކަށް ނޭންގެއެވެ. ނަމަވެސް ޓީވީތަކުން ނަޝީދު ބުނެއްފަ ހުރި ވާހަކަތަކަށް ބަލާއިރު ﷲ ގެ ދީނަށާއި ރަސޫލާއަށް ފުރައްސާރު ކުރާ މީހަކަށާއި އެމީހާއާއި ބައިވެރިވާ ބަޔަކަށް މިދުނިޔެއާއި އާޚިރަތުގައި ކާމިޔާބެއްނެތެވެ. ހުރިހާކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ، އަދި އެކަލާންގެ އިރާދަޔާ ނުލާ އެއްވެސް ކަމެއް ނުވާނެއެވެ.

  21. އާބިދާ

    ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އެއްކަމެއްވެސް ނުކުރެވޭނެ، ކަލޭމެން ކިތަންމެ ފުއްޕިޔަސް

  22. ޒާ

    އެހެންވީމާ ކޯލިޝަން ފެޅިނީދޯ މިހާރު. ނަޝީދުގެ ނަން ވޯޓްކަރުދާހުގައި ނެތި ޖަރީމާ ރައީސްކަން ކުރާނެ. ދެން އޮތީ ގާސިމްގެ ވިލާ ޕާޓީ. އަލީވަހީދު ބުނީ ރާއްޖެ އަންނަމުން ގާސިމް ގޮވައިގެން އައިސް ގާސިމް ޖަލަށް ލާފައި ނޫނީ ވެރިކަމާއި ހަވާލު ނުވާނަމޯ.

  23. އީސަ

    އެންމެ ކަނޑުކޮހުންގިނަ ޕާޓީއަކީ އެމް.ޑީ.ޕީ. ވޯޓުކަރުދާހުގައި އެމީހަކު އަމިއްލަނަންޖަހާ...

  24. އަމީ

    ދެން އެންމެ ކުރިންވެސް ތިކަން ތިހެން އޮތްއިރު މިހާލަސްވަންދެން ނުބުނެ ތިތިބީ ކީވެބާ. އަސްލު ހަގީގަތަކީ ޕާޓީގެ ކޮންޓްރޯލް ގެއްލިދާާނެތީމެ އާއި ހުދުމުހުތާރު ކަމާއި ވެރިކަން ކުރަން ދަހިވެތި ވެފައިވާލެއް ބޮޑުކަމުން އެހެން މީހަކަށް ފުރުސަތުވެސް ދޭން ބޭނުން ނުވަނީ. ތީމިހާރު ސިޔާސީ ޕާޓީއެއްވެސް ނޫން. ތީ ކަލްޓެއް. މަވާ ސަލާން

  25. ސައްޕު

    ފަށުވި ގޮތަކަށް އެބުނީ ނަޝީދު އެކަނި ވާނެ ވާހަކަ.

  26. ޙަމީދު

    ޢިނގެރޭސިވިލާތުގެ ރައީސްކަމަށްތޯ.