އިންޑިއާއަށް ދިވެހިން ފާޑުކިޔާ، އަދި ރާއްޖޭގެ ބައެއް މީޑިއާތަކުން އިންޑިއާ އަށް ފާޑުކިޔަމުން ދާއިރުވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ ދިފާއުގައި އެއްވެސް އެއްޗެއް ވިދާޅުނުވާކަން ފާހަގަކޮށް އިންޑިއާގެ ތިންކްޓޭންކަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީއަށް ތާއިދު ކުރާ ތިންކްޓޭންކެއް ކަމަށްވާ އޮބްޒާވާ ރިސާޗް ފައުންޑޭޝަނުން ވަނީ އިންޑިއާގެ އެމްބަސީން ކަންބޮޑުވުންތައް ފާޅުކޮށް ފޮރިން މިނިސްޓްރީ އަށް ފޮނުވި ސިޓީ އާއި ގުޅޭ ގޮތުން އެފައުންޑޭޝަންގެ ވެބްސައިޓްގައި ލިޔުމެއް ޝާއިއު ކޮށްފައެވެ. އެލިޔުމުގައި ދިވެހިން މިހާރު އިންޑިއާ އާއި ދެކޮޅަށް ހިންގަމުން ގެންދާ ކެމްޕޭނަށް އަލިއަޅުވާލާފައި ވެއެވެ.

އިންޑިއާ އެމްބަސީ ގޮއްވާލާނެ ކަމަށް ބުނެ އިންޒާރެއް ދީފައިވާ ކަމާއި އެއިންޒާރާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ރައީސް ސޯލިހް ނިސްބަތްވާ އެމްޑީޕީ އަށް ނިސްބަތްވާ މެންބަރެއް ކަން ވެސް ތިންކްޓޭންކުން ވަނީ ފާހަގަ ކޮށްފައެވެ.

ރާއްޖޭގެ މީޑިއާތަކުން އިންޑިއާ އާއި ގުޅޭ ގޮތުން ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެން ފޮރިން މިނިސްޓްރީން ބަޔާނެއް ނެރުނު ނަމަވެސް ރައީސް ސޯލިހާއި އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް އިންޑިއާގެ ދިފާއުގައި އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާކަން ވަނީ ފާހަގަ ކޮށްފައެވެ.

އިންޑިއާގެ ތިންކް ޓޭންކުން ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް އިންޑިއާގެ ދިފާއުގައި ބަޔާނެއް ނެރުނުކަން ފާހަގަ ކޮށްފައެވެ. ނަމަވެސް މަޖިލީހުން މައްސަލަ ތަހްގީގު ކުރަން މަސައްކަތް ކުރާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކުރިކަމަށް ބުނެފައި ވެއެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބާލަން ދިވެހިން ގޮވާލަމުންދާ ގޮވާލުންތަކާއި ގުޅޭ ގޮތުން އިންޑިއާގެ ތިންކް ޓޭންކުން ތަފްސީލްކޮށް ވާހަކަ ދައްކާފައެއް ނުވެއެވެ. ހަމައެކަނި ބުނެފައި ވަނީ ދިވެހިންގެ ތެރެއިން ބަޔަކު ބޭނުން ވަނީ އިންޑިއާ އިން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތައް ޗައިނާ މެދުވެރިކޮށް ރާއްޖޭގައި ހިންގަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ކޮވިޑް

  އިންޑިޔާ ދަށުވެގެން އުޅެނީ އަންނި . އިބޫ އަށް ކުރަނީ މަޖުބޫރު. އިބޫ އަށް ޤައުމު ނުހިންގިގެން އުޅެނީ އަންނިގެ ރޭވުމުން އިބޫ އަށް ކުރާ ޖެއްސުން. އިބޫ ނުޖެހޭ އަސްލު އަންނި އަށް އަޅުވެތިވާކަށް. މީ އިބޫ ހަމަ ނޭވާލާ ޤައުމައިގެން ނިކުންނަން ވީ ވަގުތު އަންނިއަށް ބަލާނެކަމެއްނެތް. އިބޫ އަށް މިހާރު އެގެންވާނެ ރާއްޖޭގެ ރައްޔަތުން އިންޑިޔާ އިން އެ ކުރަން އުޅޭ ކަންތަކާ ދެކޮޅުކަން.

  13
 2. ހޯހޯ

  އިންޑިޔާ މީހަކުދޯ އަހަރެމެންގެ ރަ އިސް މީހާއަކީ

 3. އައުޓް

  އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑުއާ އައުޓް

 4. ދިވެިހިބަސް އެނގެނީ!؟!؟؟؟

  " ތިންކް ޓޭންކުން ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް އިންޑިއާގެ ދިފާއުގައި ބަޔާނެއް ނެރުނުކަން ފާހަގަ ކޮށްފައެވެ. "

  4
  1
 5. ސާބަސް

  ރައީސް ޖެހޭތަ އެއްޗެއް ބުނަން. ރާއްޖެއަކީވެސް ކޮރަޕްޝަން އޮންނަ ޤައުމަކަށްވީނަމަވެސް އިންޑިޔާ އާ އެއްވަރެއް ނުވާނެ ދޯ؟! އެމީހުން ފޮނުވީ ފޮރިން މިނިސްޓްރީއަށް، އެތަނުން އެކަމާ އެބަ އުޅޭ! ޖަސްޓް ޗިލް އެންޑް ވެއިޓް!

  5
  1
 6. ދިރާސާ

  ތިހެންވެދާނެ އެއީ ސޯލިޙް ވެރިކަމަށްވަޑައިގެން އިސްކަންދެއްވިކަންތަކުގެތެރެއިން ލަގަބުވަނީ
  އަރުވާފައި އަދި މިހާރުއިންޑިއާއިން ރާއްޖެއަށްވެރިވެގަތުމަށް ކުރާމަސައްކަތުގައި މަގާމުގެ
  ހައިސިއްޔަތުން އެންމެއިސްރޯލެއްކުޅުއްވޭނީ ސޯލިޙްކަމަށްބައްލަވާނެ އިންޑިއާގެމަޅީގައިސޯލިހް ޖެހިވަޑައިގެން ........

 7. Anonymous

  އިންޑިޔާއިން ރާއްޖެއަށް އެހީވާން ކޮންމެހެން މިތާ މިލިޓަރީ ސިފައިން ބައިތިއްބަންޖެހޭތޯއެވެ؟ އަތޮޅުތެރޭގައި ކޮންސިއުލޭޓް ހަދައި ފައިހިއްޕަން ތިޔައުޅޭއުޅުން ދޫކޮށްލަންޖެހޭ. ވެރިކަމުގައި މިހާރުތިބި ސިޔާސީ ފަރާތްތަކަށް ބަހާ ރިޝްވަތު ވަޤްތުން ވަޤްތަށް ހުއްޓާލަންޖެހޭ. ﷲ އިރާދަކުރެއްވިއްޔާ އެކަލާނގެ ދީނަށް ލޯބިކުރާ ބަޔަކު މިފަސްގަނޑުގައި އުޅޭނީ.

 8. ކައުންސެލަރު

  އަހަރެން ބުނެފާނަން ތިއަށް އެއްޗެއް.
  އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް
  ކަޑަ؟

  10
 9. ޒާ

  ތީވެސް ނަޝީދު އަޑީގައި ހުރެގެން ސަރުކާރު ފިތުނަކުރަން ކުރި ކަމަކަށް ވެދާނެ އިބޫސޯލިހުގެ އަގުވައްޓާލަން.

  9
  1
 10. އަދުރޭ

  ނުޖެހޭ އިންޑިއާގެ ދިފާއުގައި އެއއްވެސް އެއއްޗެއް ބުނާކަށް. އިބޫއާ ޝާހިދަކީ އިންޑިއާއަށް ބަލަދުއަރާފަ ތިބި ބައެއްނޫން. އިންޑއާ ހައިސިއްޔަތު އޮޅިގެން އުޅެނީ.

  11
  1
 11. ސސ

  މިނިވަން މުސްތަޤިއުލު ޤައުމުތަކުގެ ވެރިން ނަކީ އަނެއް ޤައުމުތަކާއި ބެހި އެޤައުމުތަކާއި ގުޅޭ ވާހަކަ ދައްކާ ބަޔެއްނޫން !

 12. ޒަބީބު

  އިންޑިއާ އެމްބަސީ ގޮއްވާލަނެ ކަމުގެ އިންޒާރު ދިނީ ނަޝީދު ފެކަްޝަނަށް ނިސްބަތްވާ މީހެއް. ވީމާ ރައީސް ސޯލިހު ނުވަތަ ރައީސް ސޯލިހުގެ ސަރުކާރުގެ ޚާރިޖީ ވަޒީރު ތިޔަކަމާއި ގުޅިގެން އެއްޗެއް ބުނާކަށް ނުޖެހޭ. އެކަން އެގޮތަށް ކުރަން ރޭވި މީހުންނާއި މަޤްސަދު ވެސް އެނގޭނީ ނަޝީދަށް. އެކަމުން ޙާސިލު ކުރަން ބޭނުންވި ނަތީޖާ އަކީ ހައްސާސް މައްސަލައެއް އިތުރަށް ސެންސިޓައިސް ކޮށްގެން ސަރުކާރަށް ޕްރެޝަރު ކުރުން ކަމަށް ވާނަމަ އެކަން ވެސް އެނގޭނީ އަންނިއަށް. ވީމާ އެކަމާ ގުޅިގެން އެެޗެއް ބުނަން އެންމެ ރަންގަޅުވާނީ ވެސް ނަޝީދު. ތިކަމާއި ނަޝީދު ފަހަތުން ތިޔަޓޭންކުން ވެސް ދުވުން ބުއްދިވެރި. ރައީސް ސޯލިހު ފަހަތުން ތިޔަޓޭންކުން ދުވާނަމަ ބަލަންޖެހޭނީ ތިޔައީ ނަޝިދުގެ ތިންކިންގް އާއި އެއްގޮތަށް އެމބުރޭ ޓޭންކެއް ކަމަށް.

 13. ހުސޭނުބޭ

  ތިހެން އުޅެނިކޮށް ވަރިކޮށްފާނެ
  ސިދާތާ ވަރިކުރިހެން

 14. އައްޑޫ މީހާ

  ދިވެހީން ބޮޑު އަގުދީގެން ޑޮލަރު ގަނެގެން ގޮސް ކާންދޭ ބައެއްތި އިންޑިއާއަކީ ކިތަންމެ ބޮޑު ގައުމަކަށް ވިޔަސް އާބާދީ ކިތަންމެ ބޮޑަސް މީހަގީގަތަކީ ބޭސް ފަރުވާއަށް މީހަކު ގޮސްސިއްޔާ މުޅި އުމުރު ދުވަހު ދެން އެކަމަކުން ސަލާމަތެއް ނުވެވޭނެ ދިވެހީން ބޭސްފަރުވާއަށް ދިޔައިމަ ތަހުލީލުކުރަން އެބަ ބޭނުން. ކުރޭ ލިބޭހާ ފައިސާއެއް އިންޑިއާއަށް ގެންގޮސް ހުލިކުރާނެ މިއީ ފެންނަން އޮތް ބޮޑު ހަގީގަތެއް ދިވެހީންނާ ދިމާލަށް އިންޑިއާ އަކަށް އަނގަ ނުހުޅުވޭނެ

  14
 15. ވިސްނާލުމަށް އެދެމޭ

  ރާއްޖޭގެ ރައްޔިތުން އިންޑިއާ ސިފައިން ރާއްޖޭގަތިބެން ދިވެހިންނޭދޭ ކަން ތިން ކްޓޭން ކަށް އެގިއްޖެއެއްނު..އެހެންވީމަ ރސޯލިހު ބަސްފުޅުވިދާޅުވިޔަސް ރައްޔިތުން ނުރުހޭ ކަމެއް މިގައުމުގަނު ކުރެވޭނެ...މިރާއްޖެމިއީ ރސޯލިހަށް ނޫނީ މޑޕއަށް ޖަހޭޖްގެ ގޮތުގަ ލިބިފައޮތް މުދާގަޑެނޫން....އިންޑިއާގެ އަންހެނުން ކާވެނީގެ އަގުއަދާ ކުރަން ޖެހިފައޮތްސް ރާއްޖޭގަ އެސަގާފަތެއްނެތް..މިއީ މިނިވަން ތަހުޒީބު ދިވެހިންގެ ގައުމު..އިންޑިއާ އައުޓް..