ރައްޔިތުންގެ މަޖިލިހުގައި ތިއްބެވި ބައެއް މެމްބަރުންތަކަކާއެކު ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ސިޔާސީ ޕާޓީއެއް އުފައްދަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިރުޝާދުގެ ދަށުން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ތުހުމަތު ކުރައްވައިފިއެވެ.

"ޗެނަލް 13" އިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ކާނަލް ނާޒިމް ޕާޓީ އުފައްދަވަނީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ނުކުންނަވަން ބޭނުންވާތީ އެކަމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ.

ދާދި ފަހުން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެކަން އިއުލާނު ކުރައްވައިފައެވެ. އެމަނިކުފާނު ވާދަކުރައްވާ ނަމަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރައްވަން ރައީސް ސޯލިހަށް ދަތިވާނެ ކަމަށް ޝިޔާމް ގަބޫލު ކުރައްވައެވެ. އަދި ކާނަލް ނާޒިމާއި، ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ އިތުރުންވެސް ގިނަ މެމްބަރުންތަކަކާއި އެކު ޕާޓީއެއް އުފައްދަވަނީ ރައީސް ސޯލިހްގެ ލަފަ އާއި އިރުޝާދުގެ މަތިން ކަމަށް ޝިޔާމް ތުހުމަތުކުރައްވައެވެ.

"ރައީސް ސޯލިހް ބުނެގެން ޕާޓީއެއް އުފައްދަން ނިކުމެ އުޅޭ މީހުން މި ބުނަނީ ރައީސް ޔާމީން ވިދާޅުވެގެންނޭ ތިމަންނަމެން ޕާޓީއެއް ހަދަން މިއުޅެނީ. ރައީސް ޔާމީންއަށްޓަކައި އޭ ޕާޓީއެއް މި އުފައްދަނީ. އަޅުގަނޑުމެންނަށް އަޑު އިވެނީ މިފަދަ ވާހަކަތަކެއް. މިކަހަލަ ޖޯކު ވާހަކަތައް ރައްޔިތުންނާ ހަމައަށް ހިފައިގެން އައިސް ރައްޔިތުންގެ އިނގިލީގެ ނިޝާނާއި ސޮޔާ ހޯދަން އުޅުއްވާ ކަމަށް މައުލޫމާތު ލިބެނީ" ޝިޔާމް ވިދާޅުވިއެވެ

ކާނަލް ނާޒިމް އުފައްދަވާ ޕާޓީއަށް މެމްބަރުން ހޯދުމަށް ނިކުމެ ރައްޔިތުން ކައިރީ މިފަދަ ވާހަކަތައް ދައްކަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ. ނަމަވެސް އެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ބުނެ، ޝިޔާމް ވަނީ ނާޒިމް ފަށައިގެން އުޅޭ ސިޔާސީ ހަރަކާތުގެ ސަބަބުން ރައީސް ޔާމިނަށް އެއްވެސް ގުޅުމެއް ނުވާކަމަށް ވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ކާނަލް ނާޒިމާއި ރިޔާޒާ ދެ ބޭފުޅުންނަކީ ރައީސް ސޯލިހްގެ ވަރަށް އަރިސް ދެ ބޭފުޅުންނެވެ. ސަރުކާރާއެކު ބައެއް ވިޔަފާރީތައްވެސް އެ މެމްބަރުން ކުރައްވަމުންދާ ކަމަށް ޝިޔާމް ވިދާޅުވެއެވެ. އަދި މިއީ އެމްޑީޕީީގެ ޕްރައިމަރީ ޓިކެޓު ނުލިބެއްޖެ ނަމަ އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށްޓަކައި ރައީސް ސޯލިހް އުފައްދަވާ ޕާޓީއެއް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ގޮތުން ޕާޓީއެއް އުފެއްދޭނީ މަދުވެގެން 3،000 މެންބަރުންގެ ސޮއި އީސީއަށް ހުށަހަޅައިގެންނެވެ. އޭރުން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބާއްވަން އީސީއިން ހުއްދަ ދޭނެއެވެ. އެ ޖަލްސާގައި މަދުވެގެން 300 މެންބަރުން ބައިވެރިވާން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މާސިޠާ/މަރަދޫ

    ކާނަލް ނާޒިމް ގެ ހިންގުންތެރި ކަމާމެދު ދިވެހި ރައްޔިތުން ޝައްކެއް ނުކުރާނެއެވެ. އެމް.ޑީ.ޕީ.ގެ ގިނަ ބަޔަކު ނާޒިމް ސަރ ގެ ފަހަތަށް އަރާނެކަމަށް މިހާރު ވެސް ބުނާތީ އިވެއެވެ.

    14
    4
  2. ހިރުސާ/ތިނަދޫ

    ނާޒިމް ސަރ ގެ ޕާޓީ އަށް އެމް.ޑީ.ޕީ.ގެ ގިނަބަޔަކު ވަންނާނެކަމުގެ އިޝާރާތްތައް މިހާރުވެސް އަންނަނީ ލިބެމުންކަން ފާހަގަވޭ.

    9
    1
  3. ަަަަަަަަަައަބުދު

    މިތާނގަ އިންސާފުގެ މަގު ހުޅުވާ ނުދެވުނު ޕޕީ އެމް އާ އެމްޑީޕީ ވެރިކަމައް އައުމުގެ ހައްގެއް ނެތް .... އާބަޔަކު އންނަންޖެހޭ އެއީ މިއަދާ ހަމަޔަށް މެމްބަރ ކަމެއްވެސް ނުލިބޭ ކަރެޕްޓް ހިސްޓްރީ އެއް ނެތްބަޔަކު ކަމުގަ ވާންޖެހޭނެ.

    9
    4
  4. ެރ

    މިގައުމުގައި އޮތީ ދެފިކުރެއް އެއީ އެމްޑީޕީ ދެން ޕީޕީ އެމް މިދެ ޕާރޓީ އަށް ނޫނީ ބަޔަކުވޯޓެއް ނުދޭނެ ނާޒިމަށް ވެސް އެއުޅޭނީއޮޅިގެން ރައީސް ސޯލިހަކީ ތާއީދެއް އޮތް މީޙެއް ނޫން.. މިހާރު ޖުމްހޫރީ އަކަށް ވެސް 10 ވަރަކަށް ހާސް ވޯޓް އެންމެ ގިނަވެގެން ލިބޭނީ އެމްއާޜު އެމް އަށް 5 ހާސް ވޯޓް ދެން ނާޒިމް މެނަށް 7 ހާސް ވޯޓް މީ ވާނެ ވަރު އަބްދުﷲ ކަމާލުއްދީނަށް 2 ހާސް ވޯޓް.......މީވެސް އޮޅީފަައިހުރި މީހެއް، އަދާލަތަށް 4 ހާސް ވޯޓް މީ ވާނެ ވަރަކީ ދެން ހިސާބު ޖައްސަވާ މިނޫން ގޮތެއް ވޭތޯ .... ކޮންމެ

    8
    4
  5. އަހުމަދު

    ކިތަންމެ ޕާޓީއެއް ހަދާގެން ނުކުތަސް މިހާރު މިހިރަ ރައީސްއަށް ވޯޓް ދޭން ތިބީ ހަމައެކަނި ހުވަދޫ މީހުން، އެއީ މިސަރުކާރުގެ %80 އެއީ ހުސް ހުވަދޫ މީހުން، އެންމެ އާބާދީ ބޮޑެތި އަތޮޅުތަށް ބާކީ ކޮއްފަ ކޮރަޕްޝަން ހިންގަން ވަކިބަޔަކު ލާގެންނޯ މިސަރުކާރު ހިންގަނީ.

    13
    1
  6. މީމަށޭ

    މިހާރުވެސް ސޮއެކުރަން ތައްޔާރު. ނާޒިމް ސާރ އާއި ފޯނުން ގުޅޭނެގޮތެއް ހޯދަމުން މިދަނީ..

  7. ރަބަރޭ

    ރައީސް ޔާމީންތީ ވަ ކިން ކާކކ ކުތަ އޭނާ ދަށް ކާފަ ވޯޓު
    ހޯދަން

  8. ބުޒޭރު

    ރައީސް ޞާލިހަކީ 2023 ގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް. ރައީސް ނަޝީދު އެވިދާޅުވާ ޕްރައިމަރީއެއް އަދި އެއް ނޯންނާނެ. ނަމަވެސް މި ޕްރައިމަރީ ބޭއްވުމާ ނުބޭއްވުން އޮންނާނީ އެމްޑީޕީގެ ގައުމީ މަޖިލިސްއަށް ވާ ގޮތަކުން. ރައީށް އިބޫއަށް ގައުމީ މަޖިލިސްގެ މެޖޯރިޓީ ލިބިއްޖެނަމަ، މިހާރުވެސް އޮތްގޮތައް އަސާސީ ގަވާއިދަށް ބަދަލެއްނުގެނެސް، ޕްރައިމަރީއަކާނުލާ ރައީށް އިބޫއަށް ޓިކެޓް ލިބިވަޑައިގަންނަވާނެ. ނަމަވެސް، ރައީސް ނަޝީދަށް ގައުމީ މަޖިލީހުގެ އަޢްލަބިއްޔަތު ލިބިއްޖެނަމަ، އަސާސީ ގަވާއިދަށް ބަދަލުގެނެސް، ޕްރައިމަރީއެއް ބާއްވާ ރިޔާސީ ޓިކެޓް ހޯއްދަވާނެ.

    ވީމާ، މިހާރު އޮތް އެންމެ މުހިންމު ކަމަކީ ގައުމީ މަޖިލިސް ކާމިޔާބު ކުރުން. އަޅުގަނޑަށް %200 ޔަގީނާ ގާތަށް ބުނަންކެރޭ ރައީސް އިބޫ މިހާރުވެސް ގައުމީ މަޖިލިސްގެ އަޢްލަބިއްޔަތު މިހާރު ނަންގަވާފައި ވާނެ ކަމަށް. ސަބަބަކީ ރައީސް އިބޫއަށް ވަފާތެރިންނަށް ރައީސް ވަރަށް އޯގާތެރި. އަދި ވަރަށް އަވަހަށް، ރައީސް ނަޝީދުގެ ފެކްޝަނުގެ މީހުންތައް ދެނެގަނެ، ސަރުކާރަށްވެސް ބަދަލުތަކެއް ގެންނަވާނެ ކަމަށް ފެނޭ.