ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ މައްސަލައެއް ބަލަމުންދާ ކަން ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި އޮތް ނަމަވެސް އެއްވެސް މައްސަލައެއް ބަލަމުންދާ ކަން ފުލުހުން އަދި އަންގާފައި ނުވާ ކަމަށް އިލްޔާސް މިއަދު ވިދާޅުވެއްޖެއެވެ.

މެންބަރު އިޔްލާސް އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށް މީޑިއާއަކުން ރިޕޯޓް ކޮށްފައި ވަނީ މަސްދަރު ހާމަނުކޮށެވެ.

މި ކަމާ ގުޅޭ ގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ.

އިލްޔާސް "ވަގުތު" އަށް ވިދާޅުވީ، އޭނާއަށް ވެސް އެފަދަ ކަމެއް އުޅޭ ކަމަށް ފުރަތަމަ ފެނުނީ ނޫހެއްގައި ލިޔެފައި އޮވެގެން ކަމަށެވެ. އެކަމަކު މިއަދާ ހަމައަށް ވެސް އޭނާގެ މައްސަލައެއް ބަލަމުންދާ ކަން އަންގާފައި ނުވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑުގެ މައްސަލައެއް ބަލަމުންދާނަމަ އެ ކަމެއް ފުލުހުން ޚިއްސާ ކުރާނެ ކަމަށް، އެކަމަކު މިއަދު މި ހިސާބަށް އައި އިރު ވެސް ފުލުހުން އަންގާފައެއް ނުވޭ،" އިލްޔާސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ތިން މިލިއަން ޑޮލަރުގެ ޓާސްކެއް ދީފައިވާ ކަމަށް ވިދާޅުވެ، އެ ހަމަލާ ދިނުމުގެ ދުވަސްތަކެއް ކުރިން އެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ސަމާލު ކަމަށް ގެންނެވީ އިލްޔާސްއެވެ. އިލްޔާސް ވިދާޅުވި ގޮތުގައި އޭނާ އަށް އެ މައުލޫމާތު ދިނީ އާންމުން މީހެއްގެ ފަރާތުންނެވެ. އެހެންވެ، އެކަން މާރިޔާ އަށް އެންގެވީ ކަމަށްވެއެވެ.

ނަމަވެސް މާރިޔާ ވިދާޅުވެފައި ވަނީ ނަޝީދުގެ ސެކިއުރިޓީ ހުރީ އެންމެ މަތީ ލެވެލްގައި ކަމަށްވެއެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި ރައީސް ނަޝީދަށް ނުރައްކާ އޮތް ކަމުގެ މައުލޫމާތު ގާނޫނުތަކުގައި ލާޒިމް ކުރާ ގޮތަށް އަންގާފައި ވާނެއެވެ. މި ގޮތުން އޭނާއަށް މައުލޫމާތު ލިބިވަޑައިގެންނެވި ގޮތް ފަހުން ފުލުހުންނާ ވެސް ޚިއްސާ ކުރެއްވި ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އެކަމަކު އެއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީވެ އިލްޔާސަށް އެ މައުލޫމާތު ލިބުނު ގޮތް ދަންނަވާލަން ދަތި ކަމަށް އޭނާ ވިދާޅުވިއެވެ.

ޓެރެރިޒަމް މަނާކުރުމުގެ ގާނޫނުގައި، ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިއްޖެ ނަމަ އެކަން ފުލުހުންނަށް އަންގަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އެއްވަގު އަނެއްވަގުގެ މައްސަލާބަލާގޮތަށް އެކަން ނިމޭނޭ

    4
    1
  2. ލޫޓުވާ

    ބޮޑު އިންކުއަރީއެއް ނިނިގެންދިޔައިރު އެވާހަކަ ފުރަތަމަ އެނގުނުމީހާގެ ބަހެއް ނުވަތަ ތަހުޤީޤެއް މިއަދާހަކަޔަށް ކުރެވިފަނެތުމަކީ ތިޔަބުނާ ބޮޑުބޮމުގެ އަސްލު ސިފަ. މީހެއްގެ މަގުބޫލުކަން ކުޑަވެގެން މަޝްހޫރުވާވަންވެގެން ކުރިކަމެއް. އަތަށްގޮވީ