ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވަސީލަތްތައް އިތުރުކޮށް ހިދުމަތްތައް ފުޅާކުރަން ހިންގާ މަޝްރޫއަށް ކުވެއިތު ފަންޑުން އިތުރު 49.95 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ)ގެ އެހީ ފޯރުކޮށްދީފިއެވެ.

މި ލޯން އެހީ ދިނުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރަތުން މިއަދު ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި ކުވައިތު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޑައިރެކްޓާ ޖެނެރަލް ފޯ އެޑްމިން އެންޑް ފައިނޭންސް އެފެއާޒް، ނަދާލް އޭ އަލް-އޮލާޔަންއެވެ.

އެއާޕޯޓު މަޝްރޫއަށް ކުވައިތު ފަންޑުން 2016 ވަނަ އަހަރު ވެސް 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ގެ ލޯނެއް ދީފައިވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ކުވެއިތު ފަންޑު ހިމެނޭ ގޮތަށް ހަތަރު ބައެއްގެ ލޯނު ނަގައިގެން ހިންގާ ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބިޔަ މަޝްރޫއެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ފެށި އެ މަސައްކަތުގެ ބޮޑު ބައި ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން އާ ރަންވޭ އާއި ފިއުލް ފާމެއް، ޕެސެންޖާ ޓާމިނަލް، ސީ ޕްލޭން ޓާމިނަލް އަދި ކާގޯ ކޮމްޕްލެކްސްއެއް ހަދާނެއެވެ.

ހަތް މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދޭ ގޮތަށް ތަރައްގީ ކުރާ އިރު، އެންމެ ބާރު ސްޕީޑުގައި ކުރިޔަށް ދަނީ އާ ޓާމިނަލްގެ މަސައްކަތެވެ. އަދި ރަންވޭ، އޭޕްރަން، ފިއުލް ފާމް، ސީޕްލޭން ޓާމިނަލް އަދި ވީއައިޕީ ލޯންޖް ފަދަ ގިނަ ތަންތަނުގެ މަސައްކަތް ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ނިމިފައެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޔު

    ފައިސާ ރަނގަޅުގޮތުގައި ބޭނުންކުރާނެކަމަށް އުންމީދު ކުރަން 2018 ގައި 970 މިލިއަން ޑޮލަރުގައި ހުރި ރިޒާވެއް މިއަދު 235 މިލިއަން ޑޮލަރަށް ތިރިވެ ހުސްވެގެންދާއިރު ޚަރަދު ކުޑަކުރުމުގެ އެއްވެސް ސިޔާސަތެއްނެތް އޭރު ހިޓަކަށްވި ބޮރޯ އޯ ސްޓީލް ރައީސް ޔާމީން ބުނުމުން ގޯސްވީ. މިއަދު ކީއްތޯ މިކުރަނީ ޤައުމެއްނެތް އުތުރުފަޅުގެ ޑީލުން އެކަނި ބަޖެޓްގެ ދަރަނި ފިލުވާލެވޭނެ ކަމަށް ހީކުރުމަކީ ގޯހެއް

  2. ޑައެލޯގް

    އިތުރު ލޯނެއްނަގާކަށްނުޖެހެއެވެ. ޔާމީންދިޔައީ ތިހުރިހައިކަމެއްގެ ފައިސާއާއި އާލާތްތައްހޯދާފައެވެ. ތިއުޅެނީ އިންޑިޔާއަށް އަނެއްކާވެސް ބައެއްއަޅާށެވެ.