ޖުމްހޫރީ ޕާޓީ އޮތީ މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ވެރިކަމަށް އައުމަށް ތައްޔާރުވެފައި ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް ދެވަނަ ފަހަރަށް ހޮވި ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ނިމިގެން ދިޔަ ޖޭޕީގެ ތިން ވަނަ ކޮންގްރެސް ނިންމުމުގެ ހަފުލާގައި މިއަދު ވާހަކަ ދައްކަވަމުން، ޑރ. ހުސައިން ވިދާޅުވީ ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ހުށަހަޅާ މެނިފެސްޓޯ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ޖޭޕީ އަކީ އެހެން ޕާޓީއެއްގެ ފަހަތުން އިންތިޚާބުތަކުގައި ވާދަކުރަން އުފެއްދި ޕާޓީއެއް ނޫން ,ހިސާބު ޖަހާއިރު ޖުމުހޫރީ ޕާޓީއަކީ ދެވަނަ ޕާޓީއެއް ނޫން، ބަޔަކާއެކު ކުރިމަތި ލިޔަސް، ކޮންމެ ގޮތަކަށް ވާދަކުރިޔަސް ރައީސް ޔާމީން ބަލިކުރާނަން،" ހުސައިން ރަޝީދު ވިދާޅުވި އެވެ.

ދާދިފަހުން ޖެޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވީޑިއޯ މެދުވެރިކޮށް ދެއްކެވި ވާހަކައިގައި ވިދާޅުވީ އަންނަ މަހުގެ 10 ގެ ކުރިން އިދިކޮޅު ކޯލިޝަން ކެންޑިޑޭޓެއް ނުދެއްކިއްޖެ ނަމަ ޖުމްހޫރީ ޕާޓީން ވަކި ކެންޑިޑޭޓެއް ކަނޑައަޅާނެ ކަމަށެވެ.

ކުރީގެ ރައީސް ނަޝީދާއި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށްވެސް ޖުމުހޫރީ ޕާޓީން ބޮޑު ދައުރެއް އަދާކުރިއެވެ. ނަަމަވެސް އެދެ ސަރުކާރުގައިވެސް މާކަގިނަ ދުވަހަކު އެޕާޓީއަކަށް މަސައްކަތެއް ނުކުރެވުނެވެ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެ ކަމުގެ އިޝާރާތެއް ކޮށްފައިވާއިރު އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދަވައިގެން ރައީސް މުހައްމަދު ނަޝީދު އަންނަނީ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުންނެވެ.

ނަޝީދު އިންތިހާބުގައި ވާދަ ކުރާނެ ކަން އިއުލާން ކުރިނަމަވެސް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ވަނީ ބަންދުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުހައްމަދު

    ޟޮޔަނުގޮވާތިބޮބަލަ.

  2. ޙުސެންއެކޯމީ

    ޑޜ ހުސެން ކޭ ކީއްވެޔޯ ވެރިކަން ނުކުރާންވީ ކޭ ތީ ޤާސިމް ގެ ލާރިގަނޑާ ހެދި އުޅޭ ރޯނުއެދުރެއްނު

  3. މުހައްމަދު

    ވެރިކަމާހުރެ ހަމަ ރީއްޗަށް މޮޔަވެފައި!!

  4. ބުރުމާ

    އެކަމު ދިވެހި ރައްޔިތުން ބޭނުމެއްނުވޭ ކަލޭމެންނަށް ރާއްޖޭގެ ވެރިކަން ޙަވާލު ކުރާކަށް، ރައްޔިތުންނަށް އެގޭ ތިއީ ކޮންބައެއްކަން، ވިޔަފާރި ކުންފުން ފުނިތަކުން ކުރާނީ ވިޔަފާރި

  5. މަހަމޫދު

    ހާދަވަރަކައް ކަލެއައް ކަލޭ ފެނިފައޭދޯ ތިހިރީ ކިޔޭނުކިޔޭ އެބައެގޭތަ ބަލަގަ ކަލޭމެން ހީކުރަނީ މިގައުމުގަ ތިބީ ހުސް ބުރާންތިން ކަމައްތަ އެންމެނައްވެސް އެނގޭ ތިޔައުޅެނީކީ ގައުމައްށާ ރައްޔިތުންނައް ހެވެއް އެދިގެން ނޫންކަން ތިއުޅެނީ ސޭޓުގެ ދަރަނި ފިލުވާނެ ގޮތެއް ނެތިގެން

  6. ކެރެޓް

    އެހެންވެ ދޮއްތޯ އެމް.ޑީ.ޕީން ނާޖާއިޒް ގެސްޓްހައުސްތަށް ހޯދާ ހުޅުމާލޭގައި ތިޔައުޅެނީ