މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު އޭނާ އެދޭ ވެރިކަމެއްގައި ދެކެން ބޭނުންވާ ކަންތަށްތަށް ޓުވިޓާގައި ހިއްސާކޮއްފިއެވެ.

އެގޮތުން ހުސްނުއް ސުއޫދު ވުދާޅުވީ އެނާ އެދޭ ވެރިކަމެއްގައި ރާއްޖޭގެ ސުޕުރީމް ކޯޓުގައި ކުރިއަށްދާ އާއްމު މަސްލަހަތާ ގުޅުން ހުރި މައްސަލަތަކުގެ އަޑުއެހުންތައް ޓީވީން ލައިވް ކުރާނެކަމަށެވެ.ސުއޫދު ވިދާޅުވީ ޝަރީއަތް ކުރަން ޖެހޭނީ ހާމަކަމާއި އަދުލުވެރިކަމާއި އެކު ކަމަށެވެ.

https://twitter.com/hsuood/status/1010402644827914240?s=19

ނިރުބަވެރި ގާނޫނަށް އިޝާރާތް ކުރައްވާ ރާއްޖޭގެ ޝަރީއަތްތައް މިހާރު ކުރިއަށްދާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަންނަ ކުރިން ބަންޑާރަ ނައިބު ކަންވެސް ކުރެެއްވި ސުއޫދު ވަނީ މީގެ ކުރިން އޭނާ އެދޭވެރިކަމެއް އަންނަތާ 90 ދުވަހުގެ ތެރޭގައި ނިރުބަވެރިކަމުގެ ގާނޫނު އުވާލާނެކަމަށްވެސް ވިދާޅުވެފައެވެ.އޭނާ ވިދާޅުވި ގޮތުގައި އެ ގާނޫނު ނެތަސް، ނިރުބަވެރި ކުށްތަކަށް އަދަބު ދޭން ގާނޫނުލްއުގޫބާތު ފުދެ އެވެ.

https://twitter.com/hsuood/status/1010411288554434560?s=19

ސުއޫދު ވިދާޅުވީ ނިރުބަވެރިކަމުގެ ގާނޫނުގެ ބޭނުން ހިފަނީ ނިރުބަވެރި އަމަލުތަކަކަށް ނޫން ކަމަށެވެ. އެ ގާނޫނުގެ ބޭނުން ހިފަނީ، ހަމައެކަނި ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުންވެސް ސުއޫދު ވިދާޅުވީ "އަހަރެން އެދޭ ވެރިކަމެއްގައި" މީހުންގެ މުދަލާއި ވަސީލަތްތައް ވިއްކައި ކުއްޔަށް ދޭނީ އާއްމުކޮށް ހުޅުވާލެވޭ ބީލަމެއްގައި އެންމެންނަށް ފުރުސަތު ލިބޭ ގޮތަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢާދިލު

    ވެރި މީހާތަ ޤާނޫނު ވެސް ހަދާނީ ސުޢޫދުގެ ވެރިކަމުގައި؟ އެހެންވީމާ ތީތި ސަޅިއޭ

  2. އިސްމާޢީލް

    ދެންބުނޭ ކަލޭ އެދޭ ވެރިކަމެއްގައި ޖަލުގައި ތިބި އެންމެން މިނިވަން ކުރާނަމޭ. އަދި ޝަރުއީ ނިޒާމްވެސް އުވާލާނަމޭ. ވަރަން ސަލާމް. ފޭލިވި ބަންޑާރަ ނާއިބު.

  3. މުހައްމަދު

    ސަޅި???.
    މަވެސް ތިކަމަށް ތާއީދު.

  4. ކަރުންމަތީގެ ޑޮކްޓަރު

    ހާމަ ކަމާއި އަދުލުވެރި ކަމާއެކު ޝަރީއަތް ކުރުމަކީ ޓީވީތަކުން ލައިވް ކުރާނަމަ ސުއޫދުގެ ބޯހަމަޖެހޭ ހެނެއް ހިޔެއްނުވޭ. މަށަށް ހީވަނީ ކަލޭ ތިހުރީ މޮޔަފުޅު ވެފަހެން.

  5. ދިވެއްސެއް

    ސޫދުމެން ތިބުނާ އޭދޭވެރިކަމެއް ލިބުނު. އެޅުވީ ސުޕްރީމް ކޯޓުގަ ތަޅު. ޝަރުއީދާއިރާ އަށް ދޫކުރީ ވެލިޒިނީ ކިޔާ *** (ބުނެވޭކަށް ނެތް) ވަރަށް ސަލާމް ސޫދުއަށް

  6. ބަހަބަހަ

    ފުރަތަމަ ކަލޭގެ ލޯފާމްއިން ކޮއްފަހުރި ކަންތައްތައް ޓީވީން ދައްކަން ވާނީ