ފިޝަރީޒް މިނިސްޓްރީގެ ނައިބުގެ މަގާމަށް މ. މޭގަ ހަސަން ނާޝިދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަންކޮށްފިއެވެ.

ނާޝިދަކީ ހޮރިޒޯން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އެޑިއުކޭޝަންގެ ދަށުން ކޮންޓްރެކްޓް މުވައްޒަފެއްގެ ގޮތުގައި ސްކޫލުގެ ޕްރިންސިޕަލެއްގެ މަގާމުވެސް ނާޝިދު ވަނީ އަދާކުރައްވައިފައެވެ.

އޭނާ ވަނީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި އެޓޭޗް ކޮންސިއުލަރ އެފެއާޒްގެ މަގާމާއި، ފޮރިން އެފެއާޒްގެ ޕްރޮޓޮކޯލް އޮފިސަރެއްގެ މަޤާމުވެސް ފުރުއްވައިފައެވެ.

ސްކޮޓްލޭންޑްގެ އެޑިންބަރގްގެ މޮރޭ ހައުސް ކޮލެޖް އޮފް އެޑިއުކޭޝަން އިން ބެޗްލަރ އޮފް އެޑިއުކޭޝަން އިން އިންގްލިޝް ލެންގުއޭޖް ހާސިލްކުރައްވާފައިވާ ނާޝިދު މިހާރު ދަނީ ޔުނިވަސިޓީ އޮފް ކޭޕް ޓައުންއިން ޕޯސްޓް ގްރެޖުއޭޓް ޕްރޮގްރާމް ކިޔަވާ ވިދާޅުވަމުންނެވެ.