ފަހުން ފައިސާ ދައްކާނެކަމަށް ބުނެ ހިކި ކިރު ޕެކެޓްތަކެއް ފިހާރައަކުން ނެގި މީހަކު ހޯދަަން ފުލުހުން މަސައްކަތް ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ހޯދަމުން އަންނަނީ ހުޅުމާލެ، ބިގް ސީ ފިހާރައިން މިދިޔަ މަހު 9 ވަނަ ދުވަހުގެ ވަގުތެއްގައި، ފަހުން ފައިސާ ދައްކާނެކަމަށް ބުނެ 6 ޕެކެޓް ހިކި ކިރު ގެންގޮސް، ފައިސާ ދައްކާފައިނުވާ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަނީ މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާ މީހެއް ކަމަށެވެ.

އެމީހަ ފިހާރާގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުން ވަނީ ހިއްސާ ކޮށްފައެވެ. އަދި އޭނާ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަބަރޭ

    ތިޔައީ ވަގަށްނެގި އެއްޗަ ކަށް ނުވާނެ ލޯ ނު ނަގާ
    އުސޫލު ން ފަހު ންލާރި ދޭގޮތަށް ގެއްދިޔަ އެއްޗެއް
    ކޮބާތަ އެމްއެމްޕީއާރުސީގެ ލާރިގަ ނޑު ވަގަށް ނެގި މީހު ން