ހުޅުމާލޭ ފަޅުތެރެއަށް ރަހީނުކޮށް މަރާލާފައި މަރާ އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމެއް ހެދުމަށް ފަހު އެކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.

ފުލުހުން ވިދާޅުވީ، އެކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމަށް ކަމަށާއި ހަށިގަނޑު މާލެ ގެނެސްފައިވަނީ މިއަދު ކަމަށެވެ. ހަށިގަނޑު މާލެ ގެނައުމުގެ ކުރިން ޕޯސްޓްމޯޓަމްގެ ރިޕޯޓް ވެސް އޮތީ ލިބިފައެވެ. އެހެން ނަމަވެސް ފުލުހުން ރިޕޯޓާއި ގުޅޭ މައުލޫމާތެއް ހިއްސާ އެއް ނުކުރެއެވެ.

ކުޑަކުއްޖާ ރަހީނު ކޮށްގެން ގެންގުޅުމަށް ފަހު އޭނާ މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު އެވެ. އޭނާގެ މަރާ ގުޅިގެން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ ތެރެއިން 17 އަހަރުގެ ކުއްޖާގެ ބަންދަށް މިމަހު 7 ވަނަ ދުވަހު ވަނީ 13 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އަދި 27 އަހަރުގެ މީހާއަށް ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.