ކޯޓު އަމުރު އިނގިރޭސި ބަހުން ނެރުމަށް ހުރަހެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު، ފްރެކްޓިސް ޑައިރެކްޝަނެއްގައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދެއްގައި ނުވަތަ ރާއްޖޭގެ ސަރަހައްދުން ބޭރުގައި ހުރި މީހަކު ނުވަތަ އުޅަނދެއް ނުވަތަ އެއްޗަކާ ގުޅިގެން ދޫކުރަން ޖެހޭ ކޯޓު އަމުރު ނެރުމުގެ ބާރު ލިބިގެން ވަނީ ކްރިމިނަލް ކޯޓަށް ކަން ފާހަގަކުރައްވާފައެވެ.

ސުޕްރިމް ކޯޓުން ވިދާޅުވި ގޮތުގައި ބައިނަލްއަޤުވާމީ ފަރާތެއްގެ މައްޗަށް ރައްދުވާ ގޮތަށް ނުވަތަ އެފަރާތުގެ ބޭނުމަށް ނެރޭ އަމުރުތަކާއި ބިދޭސީއެއްގެ މައްޗަށް ނެރޭ އަމުރުތައް އެ ފަރާތްތަކަށް ދޭހަ ވާނެ ފަދަ ބަހަކުން އޮތުމަކީ މުހިންމު ކަމެކެވެ.

"ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ޖަދުވަލުތަކުގައިވާ ނަމޫނާގައި ބަޔާން ކޮށްފައި ހުރި ކަންކަން ހިމެނޭ ގޮތަށް އިނގިރޭސި ބަހުން އެ އަމުރުތައް ނެރުމަށް ހުރަހެއް ނެތް" ސުޕްރީމް ކޯޓުން ނެރުނު ފްރެކްޓިސް ޑައިރެކްޝަންގައިވެއެވެ.

ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބުނާ ގޮތުން ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތީން ކޯޓު އަމުރު ނެރުމުގެ ބާރު ލިބިގެން ވަނީ ކްރިމިނަލް ކޯޓަށެވެ.

ކްރިމިނަލް ކޯޓުން ނެރޭ އަމުރަކާއި މެދު ހިތްހަމަ ނުޖެހޭ ނަމަ އެ އަމުރެއް ހައި ކޯޓުގައި އަދި އެންމެ ފަހު މަރުހަލާއެއްގެ ގޮތުގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ އިހުތިޔާރު އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސސ

    ދުނިޔޭގެ ހުރިހާ މީހުން ވާހަކަ ދައްކާ ހާބަހަކުން ނެރެންވީ ނުންތޯ ދުނިޔޭގެ އެންމެން ވާހަކަ ދައްކާ ބަހެއް ނޫން އިގިރޭސި ބަހަކީ !

    2
    2
    • ކަތުރު

      އެހެން ނުނެރެވޭނެ! އެންމެނަށް އިނގިރޭސިން ވާހަކަ ދައްކަން ނޭންގުމުގެ މާނައަކީ އިނގިރޭސިން ކޯޓު އަމުރު ނެރުމަށް ކުރިމަތިވާ ހުރަހެއް ނޫން! އިނގިރޭސި ބަަހަކީ ކޮންމެ ގައުމަކަށް ދިޔަ ނަމަވެސް އެބަަހަކުން ވާހަކަ ދައްކަން އިނގިއްޖެ ނަމަ ސަވައިވް ވާނެ ބަހެއް! އަދި އަޅުގަނޑުމެން ކިޔަވާއިރުވެސް ދިވެހީގެ އިތުރުން ކިޔަވަމުން އަންނަ ބަހަކީ އިނގިރޭސި! ބަޔަކަށް އިނގިރޭސި ނޭންގުނަސް ހުރިހާ ބަހަކުން ކޯޓު އަމުރުން ނެރުން ހުރިހާ ބަހަކަށް ބަދަލެއް ނުކުރެވޭނެ! ކޮންކަހަލަ ވިސްނުމެއް ތި ހުންނަނީ؟ ދުނިޔެ ތަހުޒީބު ވިޔަސް ސިޔާސީ ވިސްނުންގަނޑާ ހުރެ ރާއްޖެ މީހުންގެ ސިކުނޑިތައް ތަހުޒީބެއް ނުވޭ! އަބަދުވެސް ސިޔާސީ ކޮންމެވެސް ކަންތައްގަނޑަކައިގެން!