ދިރުވާލައިގެން ރާއްްޖެއަށް ރަން އެތެރެ ކުރި އިންޑިއާ މީހަކު ދޮޅު އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

އެ މައްސަލާގައި ހުކުމްކޮށްފައި ވަނީ ކަލަންޑާ ނަވަސްޚާން ޕަގުރުއްދީން ނަމަކަށް ކިޔާ އިންޑިއާ ފިރިހެނެއްގެ މައްޗަށެވެ.

އެ މައްސަލައަކީ މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ ފަސް ވަނަ ދުވަހުގެ 14:20 ހާއިރު، ސްރީލަންކަން އެއާލައިންސްގެ ފްލައިޓް ނަންބަރު UL115 އިން ރާއްޖެ އައި އެ މީހާގެ ހަށިގަނޑުގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް ރަން އެތެރެ ކުރި މައްސަލައެކެވެ.

އެ މައްސަލާގަައި ވަނީ، ކަސްޓަމްސް އޮފިސަރުން އޭނާ ހަށިގަނޑު ބަލާފާސްކޮށް ސްކޭންކުރިއިރު، އޭނާގެ ހަށިގަނޑުގައި އެއްޗެހިތަކެއް ފޮރުވާފައި ހުރިކަމަށް ފާހަގަކުރެވިގެން، އޭނާއާ ސުވާލުކުރުމުން ރަން ހުރީ އޭނާގެ ހަށިގަނޑުގެ އެތެރޭގައި ކަމަށް ބުނި ކަމަށެވެ.

އަދި އެއީ 05 (ފަހެއް) ބުލެޓުކަމަށް އޭނާ ބުނެފައިވާއިރު، އައިޖީއެމްއެޗްއަށް އޭނާ ގެންގޮސް ކެވިޓީ ހެދުމުން، އޭނާގެ ހަށިގަނޑުގައި ފޮރިން ލެޓަލިކް ބޮޑީސް ހުރިކަމަށް ސްކޭނުންދެއްކުމުން އޭނާ ފުލުހުންނާއި ހަވާލު ކުރިއެވެ.

އޭނާގެ ހަށިގަނޑުގައި ފޮރުވައިގެން، ސިއްރުން ރާއްޖެއަށް އެތެރެކުރި ނޫކުލައިގެ އިންސިއުލޭޝަން ޓޭޕް އޮޅާފައިވާ 05 (ފަހެއް) ބުލެޓެވެ.

އެ ތަކެެތޮ ކޯޓު އަމުރެއްގެ ދަށުން ނަގައި، އެތަކެތީގެ ފިޒިކަލް އެގްޒަމިނޭޝަން ހެދިއިރު އެތަކެތީގައި 763 (ހަތްސަތޭކަ ފަސްދޮޅަސްތިނެއް) ގްރާމް ރަން އަދި އެހެނިހެން މާއްދާތައް ހިމެނޭ މިކްސްޗަރއެއް ހުރިކަމަށް އެތަކެތީގެ ތަޙުލީލު ރިޕޯޓުން ދައްކާ ކަމަށް ކްރިމިނަލް ކޯޓުގެ ގަައިޒިއްޔާ ނިންމި ގޮތުގެ ހުލަސާގަައި ވެއެވެ.

އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދައުވާ އެެވެ.

އަދި އޭނާ އެކަން ކޮށްފައި ވަނީ ޑިއުޓީ ދަައްކަން ބޭނުންނުވާތީ ކަމަށް ތަހުހީގަށް އެއްބަސްވި ނަމަވެސް އޭނާ ފަހުން ވަނީ ކޯޓުގައި އެކަމަށް އިންކާރުކޮށްފައެވެ. ނަމަވެސް ދައުލަތުން ހުށަހެޅި ހެކިބަހުން އެކަން ސާބިތުވާ ކަމަށް އެ ހުކުމްގައި ވެއެވެ.

އޭނާ ދޮޅު އަހަރަށް ޖަލަށް ލާން ހުކުމް ކުރި ނަމަވެސް، އޭނާ ޖަލުގައި އެއް އަހަރާއި ފަސް މަހާއި ހަތަރު ދުވަސް ވަންދެން ހޭދަކޮށްފައިވާތީ، އޭނާ ދެން ޖަލުގައި ހޭދަކުރަން ބާކީ އޮތީ 25 ވަރަކަށް ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލޫޓުވާ

    އިންޑިޔާ މީހުން ވަގުތުން ދޫކޮށްލާ

    10
    1
  2. ާއަޖައިބު

    ފޮޓޯގައި އެވަނީ ދިރުވާލިހާ ރަނެއް ދެއްތޯ