ވެރިކަން ކުރާ މައި ޕާޓީ ކަމުގައިވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ތެރޭގައި ވެސް ހަރުކަށި ވިސްނުން އެބަ އުޅޭ ކަމަށް އެ ޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ތިބޭ "ޖަޒީރާ" ވަޓްސް އެޕް ގްރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައެވެ.

އެ ގްރޫޕުގައި އެމަނިކުފާނު ގިނަ މެސެޖުތަކެއް ލިޔުއްވާފައިވާއިރު، އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެކީ ދިން ސިޔާސީ ގޮތުން ކުރިއަށް ނުދެވޭނެ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެހީ ހޯދާނެ ކަމަށް ވަނީ ބުނެފައެވެ.

ނަޝީދު ވިދާޅުވީ، ދުވަހަކު ވެސް ވެރިކަން ނުހޯދުނަސް މިހާރު ތިބި ވެރިންނާއި އެކީ އުޅެން ބޭނުން ނުވާ ކަމަށެވެ.

"އެ ވެރިންގެ ތެރޭގައި ވަނީ ހަނގުރާމައެއް. އަޅުގަނޑުމެން ކޯލިޝަންއަށްޓަކައި މީހުން ރުއްސަނީ. އެމްޑީޕީގެ ތެރޭގައިވެސް ހަރުކަށި ވިސްނުން އެބަ އުޅޭ،" ނަޝީދުގެ މެސެޖެއްގައި ވިދާޅުވެފައެވެ.

ހަރުކަށި ފިކުރު އެމްޑީޕީގެ ތެރޭގައި އުޅޭ ކަމަށް ބުނެ ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ބޭރުގެ އެޖެންސީތަކުން ލިބިވަޑައިގަންނަވާ މައުލޫމާތުތަކުން އެނގޭ ގޮތުން ހަރުކަށި ފިކުރުގެ މީހުން ތައްޔާރުވަމުންދަނީ ހަނގުރާމައަކަށް ކަމަށާއި އަފްގާނިސްތާނުން އެމެރިކާ ސިފައިން ފައިބާ އެތަން ތާލިބާނުންނަށް ދިނީމަ އެކޮޅާއި މިކޮޅާ މާ ގުޅޭނެ ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ، ރާއްޖޭގައި އެމީހުންގެ 1000 މީހުން އުޅޭ ކަމަށާއި އެމީހުން ތަމްރީނުތައް ހަދަނީ އެކި ކަހަލަ އުޅަނދުތަކުގައި ފަޅުރަށްތަކަށް ގޮސްގެން ކަމަށެވެ. އަދި ވެރިކަން ބޭނުން ނުވާ ކަމަށާއި އެއްފަހަރު ވެރިކަން ކުރައްވާފައި ހުރުމުން އެއިން އެނގެނީ ނުކުރެވޭނެ އެއްވެސް ކަމެއް ނެތްކަން ކަމަށް ވަނީ ފާހަގަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. Happy 345

    ޥެރީ ޓްރޫ!

    4
    5
  2. ސޯލިހު

    ނަޝީދު ދެން ވަކި ޕާޓީއެއް ހަދަންވީނުން.

    12
  3. ޙަސަނާ

    ތިހިރީ ހަމަރަގަޅައްވެސް މޮޔަވެފަ ކަލެއައްހަރުކަށިކަމައްތިވަނީ މޑޕ ގަވެސް ނަމާދުކޮއް އިސްލާމްދީނުގެ ރިވެތިއަހުލާގުގެ މަތީ ތިބި އެތަކެއްމެމްބަރުން އެމެމްބަރުންނެއްނޭދޭ މިގައުމު އަޅުވެތިވާކައް އެހެންދީންތަކުގެ މީހުންމިތާ ވަޒަންވެރި ކުރުވާކައްވެސް އެފަދަ ހުރިހާ މެމްބަރުން އެއްބަސްކިއުއްވާފަ އެތިބީ ސޯލިހު ގެ ފަހަތްޕުޅުގަ އިސްލާމީ މޑޕ ން ވެތިކަމައްއައުމައް ދެން ކިތަންމެ ރުޅިއަޔަސް މަނިކުފާނު ޖަރުމަނާ އިގިރޭސިވިލާތުގަ ހުރޭ..

    24
  4. ބަޅ

    ވެ ރިކަން ބޭނުންވާލެއް ބޮޑުކަމުން ހަމަ.ތެޅި ފޮޅެނީ މި ބުއްޅަ ލާދީނީ. ވެ ރިކަން މަތިން ހަނދާން ނައްތާލާ...

    22
  5. ހައިރާން

    ނަޝީދު މޮޔަފުޅު ވީތޯ؟ ހަރުކަށި މީހުން ދެކެ ނަޝީދު ތިހާވަރަށް ބިރުގަންނަން ޖެހެނީ މާޒީގަ ތިކަހަލަ ކޮސް ގޮވާފައި ވާތީ. ދެންވެސް ހަމަމަގަށް އެނބުރި ރުޖޫއަވެ ބަލަ..

    25
  6. ލޮލް

    މައިގަނޑުގޮތެއްގައި އެމްޑީޕީގައި ގިނައީ މުޖުރިމުން.

    28
    1
  7. އަލީ ރަމީޒު

    އިސްލާމް ދީނަށް އުޅޭ މީހަކީ ގޯސްމީހެއް ކަމަށް ނިންމާ އެމީހުން ރުޅި އެރުވުމަކީ މަނިކުފާނުގެ އާންމުކަމެއް. އަދި އިސްލާމް ދީނަށް ފުރައްސާރަ ކުރާކޮންމެ މީހެއްގެ ބޮލުގަ ފިރުމާ އުގައް ލައިގެން އުނދޯލީގަ އެމީހުން ގެންގުޅުމަކީ މަނިކުފާނު އުފާފުޅުވާ ކަމެއް. އެމްޑީޕީގެ ކޮންމެވެރިކަމަކީ ވެސް މިކަހަލަ މައްސަލަ ބޮޑު ވެރިކަމެއް. ފަހަރުގަ މީ ވަކިމީހެއްގެ ސަބަބުން ވާކަމަކަށް ވެސް ވެދާނެ

    20
  8. ލލ

    ތިޔަބުނާ ކަށި ހަރު މީހުން ނާއި ކަށި މަޑު މީހުން އުފައްދާ ފެކްޓަރީ އަކީ ތިޔަ ޕާޓީ އެކަމުގެ ލީޑަރަކީ ތިޔައީ ނުންތޯ؟

  9. އަބްދޫ

    ދިވެހިރާއްޖޭގަ ހުރި އެންމެ ހަރުކަށި ވިސްނުމުގެ ހުރި މީހަކީ ނަސީދު. އޭނަބުނި ކޮށްފަ ނުކުރާނެ ކަމެއް އެކަކަށް ވެސް ނޭގޭނެ ކަމަށާ ކަނާތުން ކުރާކަމެއް ވާތަކަށް ވެސް ނޭގޭނެ ކަމަށް އަދި ބުނި ޕާތީ ކުއްކު ކަމަކު އަތުވެއްޖެ ނަމަ އެކަން ކޮށްދޭނެ ކަމަށާއި އެހެން ޕާތީގެ މީހަކު ކަމަކު އައސްފިނަމަ ހުރި ނުލަފާކަން ދައްކާނެކަމަށް މީނަ ދެއްކި ނުލަފާކަމުގެތެރޭނެން އަފްރާސިމާއި ރިޒްވާނު އަށް ވަނީ ބިރުދައްކާފަ. މީނަގެ ބާރު ނެތިގެން ދާހެން ހީވެއްޖެނަމަ ކޮންމެ ކަމެއްވެސް ކޮށްފާނެ ކަން އިބުރާ އައި މުނައްވަރާއި ދީދީ އަލްހާނައި މޫސަޔަށް ހެދިގޮތުންވެސް އަދި ފަހުން ފައްޔާޒާ ދިމާކުރި ކުރުމުންވެސް އެގިގެންދޭ. ދިވެހިގައުމުގަ އަމާން އޮމާން ރައްޔިތުންނަށް ފައިދާހުރި ވެރިކަމެއްކުރާތަން ދެކެން ބޭނުންނަމަ މިކަލޭގެ ގައުމުން ބޭރަށް އަރުވާލައްވަ. ނާސިރަށް އެގިވަޑައިގެންފި އޭނާގެ ބޮޑު ބޭބެ މާޖެހިގެ އިބްރާހިމް ދިދީ ގެ ސަބަބުން ނާސިރަށް ވެސް މުހަންމަދު އަމީނަށް ދިމާވި ފަދަ ދެރަ ގޮތް މެދުވެރި ވެދާނެ ހެން އެހެންވެ ބޮޑުބޭބެ ބެހެއްޓެވީ ނާއިބު ރައީސްކަމުގަ ސިލޯނަށް އަރުވާލައްވާފަ. ސާލިހްވެސް ކުރައްވަންވީ ކަމަކީ މަޖިލީހުގެ ރައީސް ކަމުގަ ބަހައްޓަވާފަ މިކަލޭގެ ލަންޑަނަށް އަރުވާލާފަ ބެހެއްޓުން.

  10. އަސްތާ

    ކަލޯގަޔާ ހާދަ ހަޑި ވާހަކައޭ ތިޔަދައްކަނީ
    ވ ބިރުގަނެފިތާ ސައިޒްވީތާ ދެންވެސް ތިޔަ އަނގަ މައިތިރިކުރޭ.

  11. ޜަސް

    ކަލެޔާ ދެކޮޅަށް އެއްޗެކޭ ބުނާކޮންމެ މީހަކީ ހަ ރުކަށިމީހެއް ކަމަށް ލޭބަލްކުރަނީ...ވެރިކަމާހެދި އުޅެނަސް ތީބޮޑުވަ ރު...

  12. ޏޫމް

    ވެރިކަމާ ހެދި މޮޔަވަނީ ބޮޑުވަޒީރު. ޢިބްރާހިމް ދެއަހަރު ބައިކޮށްފަ ވެރިކަންނުދިނީމަ ރުޅިވީދޯ.

  13. ޗަބީ

    ނަޝީދޫ ތިޔަ ޕާޓީ ހަލާކުކޮށް ނިންމައިފި ...މަ ސަލާމް...އަދިވެ ސް އާއިލާ ކުދިންނާ ހިންނަވަރު މީހުނާ ދެވާ....5 ކުޅަނދު މަދިވާނޭ ބުނަނީ މިހިންވީމަ...

  14. ހުސެން

    އެއްޗެއް ބޮއިބަލަ ....

  15. Anonymous

    ސާބަހޭ މަނިކުފާނު އެބައިގަނޑު ބޭރުކުރޭ

  16. ނފ،ެ،ދ

    މޮޔަފުޅު ވީކީ ނޫން؛ ހިނދުކޮޅު އައިއްސަ އެހުރީ.ދެން ހަމަހޭވެރިކަން ވީމަ ބުނާނެ އައިޑީ ހެކްކުރީއޭ،ނޫނީ ބޮލުގަ ބަޑި ޖައްސާފަ ތިމަންނަ ލައްވާ ބުނުވި އެއްޗެކޭ

  17. އަހުމަދު

    ގިނަމީހުން ތުހުމަތު ކުރާގޮތުގަ ތިނަދޫ މެންބަރަކީ ހަރުކަށި ފިކުރަށް ހަރަދު ކުރާމީހެކޯ އެއީ ތެދެއްތޯ؟

  18. ސސ

    ދިވެހިންތިބީ ދެން މަނިކުފާނަކަށް ބޮޑުވަޒީރުކަން ދޭގޮތަކަށް ނޫން އެއްފަހަރު ބޮޑުވަޒީރުކަން ދިނީމާ މުލިޔާގެއިން ތޯލާ ފެނުނީމާ ދެން ބޮޑުވަޒީރުކަން ހަދާން ނައްތާލަ !

  19. ބޮޑުކަތީބު

    މަނިކުފާބޭނުންވިކަހަލަ ޕާޓީއެއް އެމްޑީޕީއަކީ. މަނިކުފާޖައް ސަންބޭނުންވިކުލަ. މަނިކުފާނަށް އަދިކިޔާތިޔަވި ސްނުނީ މަނިކުފާނަށް ދިވެހިފަ ސްގަނޑުގައިންދުނީ ރަނގުގަހެއްނޫންކަން. ދިވެހިންގެ ހުރިހާކައްޓެއް އޭގެކުރިން ވަރަށްމަޑު. ހުރިހާދިވެހިންގެ ކަށި ހަރުކުރީއަމިއްލައިން. އެންމެފަހުން އަތުންފޭނުއިލޮށިގަނޑު ތިއޮތީ ތިމާގެލޮލަށްހެރިފަ !! ދެން ލަލަލާ