ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެކު އިދިކޮޅު ކޯލިޝަނުން ޑީލަކަށް ނުދާނެ ކަމަށް އެކޯލިޝަން ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިގޮތަށް ވިދާޅުވެފައިވަނީ ރައީސް ނަޝީދު އެމްޑީޕީ ވަޓްސްއެޕް ގްރޫޕުގައި ކުރައްވާފައިވާ މެސެޖުތަކާއި ގުޅިގެން "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

އެގޮތުން އަދުރޭ ވިދާޅުވީ، ރައީސް ނަޝީދު އާއި އެކު އިދިކޮޅު ކޯލިޝަނުން ޑީލަކަށް ނުދާނެ ކަމަށާއި މިހާތަނަށް ރައީސް ނަޝީދުގެ ފަރާތުން ޑީލެއް ވެސް ލިބިފައި ނުވާ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގައި ބޮޑެތި ބައިބައިވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި ނަޝީދު ކުރައްވާފައިވާ މެސެޖުތަކެއްގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އާއި ޕީޕީއެމްއިން މެދު މިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އެމަނިކުފާނު އެބޭފުޅުންގެ އެހީއަށް އެދިލައްވާނެ ކަމަށެވެ.

އަދި އެމްޑީޕީގެ ތެރޭގައި ހަރުކަށި ފިކުރުގެ ވިސްނުން އެބަ އުޅޭ ކަމަށާއި އެކަމަށް ރާއްޖޭގައި ތަމްރީނުތައް ހަދަމުން އަންނަ ކަމަށާއި ރައީސް ސޯލިހް މިވަގުތު ހުރީ ތާށިވެފައި ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮވިޑް

    ޑީލް ހަދާ މައުމޫނާ ރައީސް ޔާމީން ތިކަމުން ސަލާމަތްކޮށް މައުމޫނު ތިޔަ މަޅީގަ ޖައްސާ، ދެން މަހުޖަން ތިމަޅިއަށް ފައްތާ އޭނަ އަށް އޯކޭވާނެ ކިތައްމެފަހަރަކު ކަށިޖެހިޔަސް،

    11
    1
  2. ދިމާ އިދިކޮޅޫ

    އެހެން ބުނެފިޔާ އެކަމެއް ކުރާނެ

    8
    3
    • Anonymous

      މީ އަންނި އެއް ނޫނޭ. ސާބަސް ރީނދޫ ބޮޓުންނަށް

      1
      1
  3. ޡކށކި

    ދެން އިތުރު މީހަކު އެބަހުރިތަ

    4
    2
  4. ޒާ

    އަދުރޭއަކީ ސިޔާސީހޮތުން ކުފޫހަމަވާ މީހެއްނޫން

    9
    8
  5. ރަނގަޅު

    ސާބަސް، ކެއްތެރިކަން ދެއްވާށި.

    14
    1
  6. ޢބދ

    މިގައުމައް ކަލޭމެންދިން ގެއްލުންހަނދާން ކޮއްފަ ދެގުރޫޕް މިގައުމު ދޫކޮއްފަ ލަންކާއށް ނަމަވެސް ކޮންމެވެސް ތާކައް ހައެއްކައަހަރަށް ގޮއްސިއްސިއްޔާ އެކޮއްފެވުނީ ވަރައް ބޮޑު ހެޔޮކަމެއް!!!!!!!