ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ހުރިހާ ފޯކަސްއެއް ހުރީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
މަބްރޫކް މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފޮނުވާފައިވާ މެސެޖުތަކާއި ގުޅޭގޮތުން "ވަގުތު" އިން ސުވާލު ކުރުމުންނެވެ.
މަބްރޫކް ވިދާޅުވީ، "ރައީސްގެ ފޯކަސް ހުރީ ވައުދުތައް ފުއްދަން" ކަމަށެވެ. އަދި އެމެސެޖުތަކާއި ގުޅިގެން އިތުރު އެއްވެސް އެއްޗެއް މަބްރޫކު ވިދާޅެއް ނުވެއެވެ.
އެމްޑީޕީ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު ވަނީ ގިނަ މެސެޖުތަކެއް ފޮނުއްވާފައެވެ. އެ މެސެޖުތަކުގެ ތެރޭގައި އެމަނިކުފާނު ވަނީ ރައީސް ސޯލިހާއި އެކު ސިޔާސީ ގޮތުން ނުހުރެވޭނެ ކަމަށް ބުނެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީއަށް އެދޭނެ ކަމަށް ބުނެފައެވެ.
އަދި "ދުވަހަކު ވެރިކަން ނުހޯދުނަސް މި ވެރިންނާއެކު އުޅެން ބޭނުން ނުވާ" ކަމަށާއި "ރައީސުލްޖުމްހޫރިއްޔާ އެ ހުރީ ތާށިވެފައި" ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދު މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ އެތެރޭގައި ބޮޑެތި ބައިބައިވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ކަމަށްވާއިރު އެކަމާއި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން އަންނަނީ ދެކޮޅު ހަދަމުންނެވެ.
ނަޝީދު ކަލޭތީ މިހާރު އެކްސްޕަޔަރ ވެފައިހުރި ސިޔާސީ ހުސްގޯންޏެތް.......އިބޫ ޒިންދާބާދު
ރައީސްގެ ހުރިހާ ފޯކަސްއެއް ހުރީ ވައުދުތައް ފުއްދަން ކަމަށް ރައީސް އިބޫ ވިދާޅުވާއިރު ކޮން ވައުދެއްތޭ ފުއްދީ މާލެ ސަރަހައްދުގައި ގޯތި ބޭނުވްވާ ކޮންމެ މީހަކަށް 10 ހާސް އަކަފޫޓްްގެ ގޯއްޗެއް ހިލޭ ދޭނަމޭ ވިދާޅުވެ އެކަން ނުކޮށް ދެން ކޮން ވައުދެއް ތޭ ފުއްދީ ކުޑަ އާބާދީ އޮންނަ ރަށެއްގައި ކައްޕަޅި ބަނދަރު ގަނޑެއް ހަދާ އެއީ ވައުދު ފުއްދީ ކަމަށް ބުނެ އިންޑިއާ ގެ ވަގުންނާއި ގުޅިގެން ކަޓް ޖައްސާ އިންޑިއާގެ ވަގުންނަށް ރާއްޖޭގެ މިނިވަން ކަން ވިއްކާލާ ދެން ކޮވިޑް ވެންޓިލޭޓަރުން ވައްކަން ކޮށްފައި އެއީތޭ ތަމެން ވައުދު ފުއްދާ ގޮތަކީ ތަމެން ތިޔާ ގޮތަށް ފުއްދާ ވައުދު ތައް ތަމެން އޮޅާަލަބަލަ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ..
ކޮންވައުދެެއްތޯ ފުއްދޭނީ؟؟ ރައީސްކަމު އައީ ދިވެހިންނަށް ގޯތި ގެދޮ ރު ހަދާން %6 ގައި ލޯނުދޭން ހުވާކޮއްފަ ލޯނު މިލިބެނީ އެއްވެސް ތަނަކުން ލޯނެއް ނުނަގާއޮތް މީހަކަށް އެވެސް ގެ މޯގޭޖުކޮއްގެން މައުލޫމާތު ސާފުކު ރަން ގުޅީ ރުން މިއެގެނީ ވާނުވާ ދެންކޮބާ ރިސޯޓް މިއައްޒަފުންގެ ހައްގުތައް ތޮޅިޔަށް ދިޔައީ ދެން ޓާޓާ
ވަޢުދު ފުއްދަން، ހިޔާ ފުލެޓުގެ ކުލި -/5600 އަށް ހައްދަވައިދެއްވުން އެދެން.
އަލަށް އުފަންވާ ކުއްޖާއަށް ދޭންބުނި ހަދިޔާ ފޮށީގެ ވައުދުވީ ކޮންތާކުތޯ މަބުރޫކު ވިދާޅުވެދެއްވާ
ރަނގަޅު އެެއް ގޮތެއްވެސް ނެތެއްނު.
ބަލަ ކަލޭ ދޮގުނުހަދާ އޭނަ ފުއްދި 1 ވައުދު ބުނެބަލަ
އޭނައަށްފުށްދުނުވައުދަކީ ރައީސްޔާމީނުޖަލަށްލުން ބާކީ ހުރިހާވައުދެއްއަންބޮނޑީގަ! ޢަދިދުވާތީފެންނާނެ މަރާލެވުނު މީހުންގެއާއިލާގެފަހަތުން އަންނަމަހު( އެއީކޮންމަހެއްކަންނޭ ދަންނަމީހަކުނޫޅޭ) މަރުތަކުގެމައްސަލަނިންމާ ޝަރީއަތަށް ފޮނުވާމަމޭގޮވަމުން! އެމީހުންގެހިތުގައަޅާވޭނާތަދު ވިސްނާލަންވެސްބޭނުމެއްވެސްނުވޭ ބޭނުމީ އެކަނިވޯޓުކޮޅު ދެންޓާޓާ ބޮޑުމުސާރަދީފަހެދިމަރުތައްބަލާކޮމިޝަން އޮތީ ކޯމާގަ މުސާރަބަރާބަރަށްލިބޭތީނިދާލާފަ އޯކޭތާދޯ؟
ޥިހުރިހާ ވައުދުތަކެއް ހަނދާނެއްވެސްނެތް! ވައުދެއްނުފުއްދެ!
ގައުމު އިންޑިއާ އައް ވިއްކާލުން ވެސް ވައުދު ތަކުތެރޭގަވޭ ދޯ؟
ސޯލިހު އައް ފުދުނު ވައުދަކީ ޔާމީނު ޖަލައް ލުން އެހެން އެއްވެސް ވައުދެއް ނުފުދޭ..
މަބުރޫކް ރައީސައް ދަންނަވާލަބަލަ ކޮބާތޯ 1 އަހަރުން ނިންމަން ވިދާޅުވި ފުލުހުންނާއި ސިފައިންގެ ފްލެޓްތައް،
ހާލަތަށްބަލައި ރަގަޅު ކަންކަން ކުރެވިފައިވެ ސް އެބަހުރި ކޮންވެރިއަކަށްތަ ރަގަޅު ހާލަތުހައިވެ ސް ހުރިހާ ވަޢުދެއް ފުއްދައިދެވުނީ މި ގައުމުގަ ނޫނަ ސް ވެރިކަމަށް އަންނަވާ ގިނަ ވަޢުދުތުތަކަކީ ހަމަބިލާހަކަށްވަނީ 5 އަހަރުގެ ދައުރަކަށް ފުރުދެއްވާ.
އެއީ ހަމަތެދު. އިންޑިޔާއަތުން ލާރި ބޮނޑި ހޯދަިގެން ގަނެފައޮތްވެރިކމެއް މިއީ. އހެންވީމާ އިންޑިޔާމީހުންނަށް ހުރިހާކަމެއްކޮށްދޭނެކަމށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި . ހަމަ ދިވެހި ރައްޔިތުން ފެންނާނެ އަނެއްކާވެސް ވޯޓުކައިރިވިމާ. ކަލޯލަދެއް ނުގަނޭތަ ޔިޔައަނގަ ފުޅާކުރަން. އެންމެބޮޑުވަޢުދަކީ ދިވެހިންއަޅުވެތިކުރަން އިންޑިޔާބޭނުންވާހާގޮތަކަށް ހާނޫނުތަކަށް ބަދަލުގެނައުން. ޝާހިދަށްވެސް އދ ގެ ގޮނޑިގަނެދިނީ އެހެންވީމާ.
ސައިޒު އޮޅިގެން ނޫޅޭ... ސޯލިހު އައް ހީވަނީ ލައްކަ އެކޭތަ.؟
ފޯކަސް ހުރީ ޜައްޔިތުން ފެލަން..ތިޖޫރު ހުސްކުރުމުގައި
ރާއްޖޭގައި އޮތްވެރިކުގެ ނިޒާމެއް މިބެޔަކަށް ކަމަކުނުދެއެވެ. ޜާއްޖޭގައި އޮތްދީނެއް ކަމަކު ނުދެ. ޢޭނަޔަށް ފެންނަގޮތަކަށް އޭނައަށް ފައިދާ ބޮޑުގޮތައް ހުރިހާކަމެއް ބަދަލުކުރަން ފައިނަގަމުންދަނީ .
ފޯކަސް ހުއްޓަސް ވައުދު އަތަށް ގޮވަމުންދަނީ. ފޯކަސް ހުރުމަކީ ވައުދު ފުއްދުމެއްނޫން. 100ދުވަސް ގުނިހެން ހުރިހާކަމެއް ތިދަނީ. ގުނަގުނާ ޢަދަދު ހަމައެއްނުވޭ ފޯކަސްކޮށްކޮށް ކަމެއް ވާކަމަކަށްނުވޭ.
ކަލޭމެންނަށް ގައުމުގެ ބަޖެޓްކާން ދެވޭތޯ ފޯކަސްގަ ހުރީ
ގައުމް ވިއްކާލާފަ ވައުދު ނުފުއްދިޔަސް އަޅުގަނޑައް އޯކޭ ރައްއިތެއްގެ ހައިސިއްޔަތުން މިބުނެލީ
ބޯޅަދަނޑުގައި ކުރި އެއްވެސް ވައުދެއް ނުފުއްދޭ މަބުރޫކު ދޮގުނަހަދާ ސޯލިހުވީ ވައުދު ވަނީ އޮޔާލާފަ ރަށްޔަތުންނަށް ގައްދާރުވެފަ ދެން ފައިބާ ނުވިއެއްނު..
ފުއްދުނީ ކޮން ވައުދެއްތޯ؟
ޜ. ޢިބޫ ގެ ކަމަކީ ގާތްމީހުނަށް މިލިޔަނުން ލާރިބެހުން!
ޕާކިންގް ސްޓިކާނުޖަހާނަމޭކިޔާ ވައުދުވިއެވެ. ހަރާންވީކަމެއް އަހަރެން ސައިކަލުގަ އިންދާޖެހީސްޓިކާ
އައްޑޫގެ ދެރަށް ގުޅާލުމަށް ކަނޑުހުރަސްކޮށް ހަދަން ވަޢުދުވި ދެމެއިލް ބައިގެ ބްރިޖް! ހުވަދުއަތޮޅުގައި 8000 ޓޫރިސްޓް އެނދު! ވިހޭފޮށި! ގެދޮރުލޯނު 3 ޕަސެންޓް އިންޓެރެސްޓާއެކު! ނައިފަރާ ހިންނަވަރު ގުޅާލާ ބްރިޖް! އަލަށް ނެރެންބުނި 100 ރިސޯޓް! މުދައްރިސުންގެ މުސާރަ ދެގުނަކޮށް އޯވަރޓައިމް ލިމިޓް ކަނޑާލުން! ޔާމީން ޖަލަށްލުން! ފެނާއި ކަރަންޓް ބޮޑުތަނުންއަގުހެޔޮކުރުން! ލޯނު ނެގުން ހުއްޓާލުން! ސްޓިކާކުޅި ހުއްޓާލުން! ވިލިމާލޭ ބްރިޖް! ގޭދޮށު މަސްފެކްޓަރީތައް! 100 މޭލް ބޭރުގައި ހަރުކުރާ މަސްކިރާ 10 ޕްލެޓްފޯމް! 6 ސަރަހައްދެއްގައިއަޅާ ޓާޝެރީ ހޮސްޕިޓަލްތައް! އަދިވެސް އަދިވެސް!!!!!! މިތަނުން ފުއްދުނީ ކޮން ވަޢުދެއް؟