ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެކީ ސިޔާސީ މަސައްކަތް ކުރަން ސަރުކާރު ހިންގާ ކޯލިޝަންގެ މެމްބަރުން ބޭނުމެއް ނުވާނެ ކަމަށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަދި ގައުމީ މަޖިލިސްގެ މަޑުއްވަރީ ދާއިރާގެ ރައީސް، މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

މޫކޭ މިގޮތަށް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައީސް ސޯލިހާއި އެކީ ސިޔާސީ ގޮތުން ނުހުރެވޭނެ ކަމަށް ބުނެ ޔާމީންގެ އެހީއަށް އެދޭނެ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާއި ގުޅިގެން މޫކޭ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ރައީސް ޔާމީނާއި އެކީ ސިޔާސީ މަސައްކަތް ކުރާކަށް އެމްޑީޕީ މެމްބަރުން ބޭނުމެއް ނުވާނެ ކަމަށައި އެކަމަކީ އެއީ މި ގައުމަށް ރަނގަޅެއް ފެންނާނެ މަގެއް ވެސް ނޫން ކަމަށެވެ.

އަދި އެއީ އިންސާފު ހޯދާނެ ގޮތެއް ވެސް ނޫން ކަމަށް މޫކޭ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ ވަޓްސްއެޕް ގްރޫޕުގައި ނަޝީދު ވިދާޅުވީ، އެމަނިކުފާނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި އެއްވެސް ޒާތީ މައްސަލައެއް ނެތް ކަމަށާއި އެހެން ނަމަވެސް، ފިކުރީ ހިޔާލު ތަފާތު ކަމަށެވެ.

އެހެންވިޔަސް ރައީސް ސޯލިހްއާއެކު ދެން ސިޔާސީ ގޮތުން ނުހުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެކަމުގައި އެމްޑީޕީގެ ބައެއް މެންބަރުން ހިތްހަމަނުޖެހޭނަމަ ކުރެވޭނެ ކަމެއް ވެސް ނެތް ކަމަށް ނަޝީދު ލިޔުއްވާފައިވެއެވެ.

"ރައީސް ޔާމީންއާއި ޕީޕީއެމްއިން މެދު މިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އަޅުގަނޑު އެ ބޭފުޅުންގެ އެހީއަށް އެދޭނަން،" ޔާމީންއާ ވެސް އެންމެ ވާދަވެރި ނަޝީދު ލިޔުއްވާފައިވެއެވެ.

މިކަމާއި ގުޅިގެން އިދިކޮޅުން ބުނެފައިވަނީ ނަޝީދު އާއި އެކީ އެކޯލިޝަނުން ޑީލަކަށް ނުދާނެ ކަމަށާއި އެފަދަ އެއްވެސް ޑީލެއް އަދި ލިބިފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކޮވިޑް

    މޫކޭ ތިހެންބުނި މައުމޫނާ ދިމާ އަށްވެސް. އެހެން ނޫނަސް ރައީސް ޔާމީން ނޫޅޭ ހޭބަލިވެގެންނެއް. އިންޝާ ﷲ ދެން މި ޤައުމުގާ ރައީސް ޔާމީން ވެރިކަން ކުރާނީ ހަމަ އެކަނި ޕީޕީއެމް ޕީއެންސީ އެކުވެގެން އެކަނި، މޫކޭމެން ދުވޭ ކޯލިޝަން ހަދާނެ މީހުން ހޯދަން ރައީސް ޔާމީން ދޫކޮށްލާފަ.

    24
    1
  2. Anonymous

    މީދެން ކާކުތަ؟ ތަނެއްގަ ހުރި ދޮޅު ރޯނާއެއް.

    8
    1
  3. ޙަސަނާ

    މިދެން ކާކުތަ މާވެގެންމިއުޅެނީ ނަފުރަތު އުފައްދާ ސަލާމަތީބާރުތަކައް ހަމަލާދީ ހެދި މަރުމޯލެއްތީ އަންނިގެ ހިޔަނީގަ ތިހިސާބަެްއައިސްތިހުރީ

    7
    1
  4. 😒

    ޔާމީން އަށް ފުރަތަމަ ނުވެސް އެނގޭނެ ތީ ކާކު ކަންވެސް.. މިދެން ކާކުތަ.. ދޭތެރެ ދޭތެރެ އިން ތޮފަޅަ އެއްގަ އޮވެފާ މި ބޯ ދިއްކޮއްލަނީ ކޮންމެސް އެއްޗެކޭ ކިޔައިގަނެފަ.. މައިތިރި ވެގެން ހުރެބަލަ..

    7
    1
  5. Anonymous

    މީނަ އިންޑިޔާ މީހަކާ ވަރަށް ވައްތަރު

  6. އިބުރާހީމު

    ކަލޯ ރައީސް ޔާމީނަކީ ތިކަހަލަ ކޮހެއް ނޫން. އެމަނިކުފާނަކީ ނުލާހިކު ތޫނިފިލި ހައިބަވެތި ސިޔާސަތެއްގެ ވެރިއެއް. ތަނަކުން މީހަކު ފޮޑިއެއް ޖަހާއިރަށް އެއީ ކާކުތޯ ބައްލަވާކަށް ޔާމީނު ވަޑައެއްނުގަންނަވާނެ. ކަލޯގެ އަމިއްލަ އޮފީސް ކިތައް ފަހަރު ފަޅައިފިތޯ. މާނަޔަކީ އިދާރީގޮތުން ހަރުދަނާކަން ނެތްކަން އެއިން ފެންނަނީ. މިއަދު އަމިއްލައަށް ނިގުލަށް ފައިން އެރެން ފެށީމާ ޔާމީނޭ ކިޔަކަސް ދިވެހި ރައްޔަތުން ނުސިހޭނެ.

    6
    1
  7. Happy 123

    ބޭނުން މޫކޭއަކށް ނޭގޭނެ!

  8. އަހުމަދު

    ތީބުރޯގެ ޕަޕެޓެއް