އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ވަށައިގެން ހުރި ބަންޑާރަ ގޯތިތައް އެހެން ސަރަހައްދަކަށް ބަދަލު ކުރަން އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، އޭއީއެޗް ހިމެނޭ ސަރަހައްދަކީ އެސިޓީގެ އިގްތިސާދީ ކަންކަމާއި އަދި އިޖުތިމާއީ ކަންކަމާއި ގުޅުންހުރި ކަންކަން މުސްތަގްބަލުގައި ފުޅާ ދާއިރާއެއްގައި ހިނގާނެ ކަމަށް ބެލެވޭ ސަރަހައްދެއް ކަމަށެވެ.

އެ ސަރަހައްދު ގުޅިފައިވަނީ އައްޑޫގެ އެންމެހާ ރައްޔިތުންގެ މަސްލަހަތާއި ކަމުގައި ވާތީއާއި، އައްޑޫ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ އެ ސަރަހައްދުގައި އާއްމުވެގެންދާ މަންފާއަކަށް ބިން އެލޮކޭޓް ކުރެވިފައި ނުވާތީ، އެސަރަހައްދު ތަރައްގީ ކުރެވޭއިރު، ހޮސްޕިޓަލްގެ ބޭނުމަށާއި އާއްމު އެހެން ބޭނުންތަކަށް ބިން ބޭނުންވާކަން ފާހަގަ ކުރެއްވިފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އެހެންކަމުން އެތަނުގައި މިހާރު ހުރި ބިންތައް އެހެން ތަނަކަށް ބަދަލުކަން ނިންމާފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

"މި ސަރަހައްދުގައި ހުރި ބައެއް ބަންޑާރަ ބިންތައް ހިތަދޫގެ ބިން ރަނގަޅު އެހެން ސަރަހައްދަކަށް ޤާނޫނުގައިވާ ގޮތުގެ މަތިން ބަދަލު ކުރުމަށް ކައުންސިލް ވަނީ ނިންމާފައި" ބަޔާނުގައި ބުނެފައިވެއެވެ.

އެ ނިންމުމާއި ގުޅިގެން ހުސްކުރެވޭ ބްލޮކްތަކުގައި ދިރިއުޅުމަށް ދޫކޮށްފައި ހުރި ގޯތިތަކުގެ ބަދަލުގައި ދެވޭ ގޯތިތައް ވަގުތުން އެގޯތީގެ ވެރި ފަރާތާއި ހަވާލު ކުރެވޭނެ ކަމަށާއި އެކަމާއި ގުޅިގެން ކައުންސިލުން ކުރަން ޖެހޭ އިދާރީ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ކައުންސިލުން ވަނީ އާއްމުންގެ ފައިދާއާއި ލާބައަށް އެފަރާތްތަކުން ކުރަމުން އަންނަ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާލުން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދޮންރަހާ

    ހެއި ކެޑެނީ ތިބެ. ރައްޔިތުން އެތައް ބުރަ މަސައްކަތުން ބިން ސައުފުކޮށް ބިމެ މަސައްކަތް ފަށަގެއް ތަނާ ތެފަށަގަތީ ބިން ވިއްކުމުގެ މަސައްކަތް. ތަފިރިންނަށް ވޯޓުދެރެ ހޮވަފެއި ތެތިބީ މީހުންގެ ވިންދާއި ކޮޅޮނަކައްނުން. ބިން ރަގަޅަ ތަންތަނުން ރައްޔިތުންނަށް ބިން ދޭށުމާއު ނިކެއި ތަފިރިޔެ ތެ ރަގަޅަ ތަންނަތނުގެ ބޭނުން ހިފަފެލެ. ދެން ގޮސް ރަށި އެތެރެ ބަލަފެއި ރައްޔިތު މީހާއް އެޅެގަޑުން ބިން ދެރެފެއި ހޮސްޕިޓަލި ކަވަރިޔެ ތިބި ބިން ތެވެރިން ކައުންސިލަރުންނާއި ތެވެރިންގެ ޢައިލި މީހުންނަށް ބެހެލައު. އެކަން ކެރާއް ތެވޭޑެނީ.

  2. ސަމާ

    ތި ހޮސްޕިޓަލްވަށައިގެންވާ ސަރަހައްދުގައި އޮތް ގްރީންޒޯން ބަހައި ހުސްކޮށްފި.
    ކެރެކްޓަރ ޖަމީލްގެ އާއިލާއަށް 3 ގޯތި ލިބުނު އިރު އެއިގެ ކުރިން ގޯއްޗަށް އެދުނު މީހުންނަކަށް ގޯތި ނުލިބި އެބައޮތް.
    ޕްރައިމް ލޮކޭޝަން ބަހައި ހުސްކުރީ ކީއްވެ ؟

  3. އަހްމަދު

    ނިމިދިޔަ ކައުންސިލުންދޫކޮށްފަހުރިގޯތިތައް މިހާރުގެކައުންސިލުންއަތުލަން ނިންމާއިރު އެތަންތަނަށްމީހުންކޮށްފަހުރިޚަރަދު ކިހިނެއްބާވާނީ ގާނޫނީގޮތުން މިއީކުރެވިދާނެކަމެއްބާ؟

  4. ސސ

    ކޮރަޕްޓު ކައުންސެލުން އެއުޅެނީ އެމީހުން ވިޔަފާރި ކުރަން ބިން ހޯދަން މަކަރާވާލާ !