އައްޑޫ ސިޓީ މަރަދޫން ވަކި ތަރުތީބެއް ނެތި ނެގި ސުންކެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މީގެ ތިން ދުވަސް ކުރިންވެސް މަރަދޫން ވަނީ ވަކި ތަރުތީބެއް ނެތި ނެގި ސުންކެއް ކޮވިޑަށް ފައްސިވެފައެވެ. އަދި އެ ފައްސިވި މީހާއާ ގުޅުން އޮތް ކަމަށް ބެލެވޭ 11 މީހަަކު އިއްޔެ ކޮވިޑަށް ފައްސިވެފައި ވެއެވެ.

މިއާއެކު މިހާރު އައްޑޫން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 524 އަށް އަރާފައެވެ. އޭގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 60 މީހަކަށެވެ. އޭގެ ތެރެއިން ތިން މީހަކަށް ފަރުވާދެމުން ދަނީ ކޮވިޑް ފެސިލިޓީގައެވެ. އެރަށުން ކޮވިޑް ޖެހުނު ދެ މީހަކު ވަނީ އެ ބަލީގައި ނިޔާވެފައެވެ.

އައްޑޫން މިއަދު ވަކި ތަރުތީބެއް ނެތި ނެގި ސުންކެއް ކޮވިޑަށް ފައްސިވެފައިވާއިރު، އެ ސިޓީގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަަށް ވަނީ ލުއި ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު