ރަހީނުކޮށް، މަރާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ވަޅުލައިފިއެވެ.

އެކުއްޖާ މަރާލާފައި އޮއްވާ ފެނިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދުން މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ ހާދިސާއާއި ގުޅިގެން ކުއްޖާގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމުން ޕޯސްޓްމޯޓަމް ހެދުމަށްފަހު މިއަދު ވަނީ ރާއްޖެ ގެނެސްފައެވެ.

އެ ކުއްޖާގެ ހަށިގަނޑު މިއަދު މަޣްރިބް ނަމާދަށް ފަހު ވަނީ އާ ސަހަރާގައި ވަޅުލާފައެވެ.

ފުލުހުން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނައިރު، މިހާތަނަށް ތަހުގީގަށް ހޯދިފައިވާ ކުރިއެރުންތަކަށް ބަލާއިރު، ފުލުހުން ވަނީ މި ހާދިސާއާއި ގުޅިގެން 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައެވެ.

އޭގެ ތެރެއިން 17 އަހަރުގެ ކުއްޖާގެ ބަންދަށް މިމަހު 7 ވަނަ ދުވަހު ވަނީ 13 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އަދި 27 އަހަރުގެ މީހާއަށް ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  މި ކުއްޖާއަކީ ނިކަމެއްޗަކަށްވީމަތަ މި ކުއްޖާގެ މައްސަލަ އެންމެން ހަނދާން ނެތުނީ. މަރްހޫމަށް ސުވަރުގެ މިންވަރު ކުރައްވާށި. އިންޝާﷲ އަދި އިންސާފު ލިބޭނެ.

  43
  1
  • ގުރަހަ

   އަސްލުވެސް ރަނގަޅަށް ތިބުނި،،، އަންނިޔަށް ހުރިހާކަމެއް ނިންމަންހޭލާ ...މަސްދުވަސް ވީއި ރަށް ގެވެސް ހަމަޖައްސާ ނިމުނީ އެފަކީ ރު ބޭ ރަށް ފު ރުވާ ނުލެވި އެހާ ދުވަސް..ނިކަމެތި މ

 2. ހުސެން

  ތިނެގި ޑީ.އެ ންއޭ އިންވީކީއްތޯ އިންޑިއާއަށް ފައި ސާތަކެއް ދިނުންނޫން....ބައި އެޅީ ކާކައްބާ..

 3. Anonymous

  މައްސަލާގައި ހައްޔަރުކުރި 17އަހަރުގެ މުޖުރިމަށް އަދިވެސް ކިތަނީ 17 އަހަރުގެ ކުއްޖާއޭތަ؟؟ މިހެންމިބުނީ އެމީހުން ހައްޔަރުކުރި ފުރަތަމަ ދުވަހު ނޫސްތަކުގައި ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުންނަމަ އެދުވަހަކީ އެ 17 އަހަރުގެ ކުއްޖާއަށް 18އަހަރު ފުރޭ ދުވަހެވެ. ދެން އެއިގެފަހުންވެސް އަބަދަށް 17އަހަރުގެ ކުއްޖާއޭ ކިޔަންޖެހެނީ ކީއްވެގެންބާއޭ ހިތަށްއަރާ؟؟؟