ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެކު ސިޔާސީ މަސައްކަތް ކުރައްވަން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ޝައުގުވެރިކަން ފާޅުކުރައްވާ އަދި ރައީސް ސޯލިހާއިއެކު ސިޔާސީ މަސައްކަތް ކުރެވެން ނެތްކަން އިއުލާން ކުރެއްވުމާއިއެކު ޔާމީން ޖަލަށް ގެންދިއުމުގެ މަޝްވަރާތައް ކަރެކްޝަނަލް ސާވިސް އިން ކުއްލިއަކަށް ފަށައިފިއެވެ.

ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ނަމަވެސް މިހާރު ވަގުތީގޮތުން ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމީން އީދު ބަންދަށް ފަހު ޖަލަށް ބަދަލު ކުރުމުގެ މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިރޭ ވަނީ ވިދާޅުވެފައެވެ.

ކަރެކްޝަންގެ މިންމުން އިއުލާން ކޮށްފައި މިވަނީ ނަޝީދު ޔާމީނާއި އެކު ސިޔާސީ މަސައްކަތް ކުރަން ޝައުގުވެރިކަން ފާޅުކުރިތާ ދެތިން ގަޑިއިރު ފަހުންނެވެ.

މާފުށީ ޖަލުގެ އޮފިސަރުންތަކެއް ކޮވިޑް-19 އަށް ފައްސިވެ ޖަލުގައި ކޮވިޑް ފެތުރެން ފެށުމާއި ގުޅިގެން ޖަލުގައި ތިބި ހައިރިސްކު މީހުން ގެއަށް ބަދަލުކުރީ މީގެ ދެމަސްކުރިންނެވެ. އޭގެ ތެރޭގައި ޔާމީން ވެސް ހިމެނިވަޑައިގަންނަވައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިރޭ ވިދާޅުވީ ޖަލުގެ ހާލަތު ރަނގަޅު ކަމަށެވެ. މިހާރު ޖަލުގައި ކޮވިޑް ޖެހިފައި އެއްވެސް މީހަކު ނެތް ކަމަށާއި ނަމަވެސް ކަރަންޓީންގައި ހަމީހަކު އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ. އާންމު ހާލަތަކަށް ޖަލު ގެނައުމުގެ ކުރިން ވަކިތަރުތީބެއް ނެތި ސުންކު ނެގުމަށް ވެސް ވަނީ ނިންމާފައެވެ.

އަހުމަދު މުހައްމަދު ވިދާޅުވީ، ޖަލުގެ ހާލަތު ރަނގަޅުވުމާ ގުޅިގެން ގެއަށް ބަދަލުކުރި ހައި ރިސްކު ގައިދީން އަނބުރާ ޖަލަށް ބަދަލުކުރުމުގެ މަޝްވަރާތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އީދު ބަންދަށް ފަހު އެކަމަށް ގޮތެއް ނިންމަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ައަނިޔާވެރި ސަރުކާރު

  މިއަނިޔާވެރި ސަރުކާރު ވައްޓާލާ

  57
  9
 2. މޯޑު

  ޖަލަށް ލިޔަސް 2023 ގަ ان شاء الله އިބުުޫ. ޞޯލިހް ނުހޮވޭނެ

  71
  6
 3. ސސސ

  ޖަލަށް ގެންދިޔަސް ހިންނަވަރަށް އަރުވާލިޔަސް ރައީސްޔާމީން ދެންއަންނަދައުރަކަށް ގެރަންޓީ 2023 ޔަގީން .

  47
  15
 4. ހުސޭނުބެ

  ހެހެހެ ޔާމިނު އޭނަގެ ގެކޮޅަށް ފޮނުވާލީދޯ. ސަޅި!

  15
  25
 5. Anonymous

  ހުންނާނެ އަދުރޭއަށް ރާކަނިމަ ސް ކެވިފަ

  19
  29
 6. ނުރަބޯ

  2023 ވެ ސް އެއީ އެމްޑީޕީ ފަހަރެއް ދެން ލަލަލާ

  4
  8
 7. ަަަަަަަަަައަބުދު

  ޔާމީނު ނަސީދު ސާލިހު ގާސިމް މައުމން އަކީ މިގައުމު ފަސާދަކޮއް ތަޢައްޔަރުކޮއް ކާންކަމުނުދާ ކުނިވަސްދުވާ އެއްޗަކައްހެދި މީހުން އެމީހުންނައް ބަސްކުޔޭ ލެވަލައް އާދެވިގެން ނުވާނެ.

  1
  2
 8. ވަރިހަމަ

  2023ގަ ކޮންމެ މީހަކު އެމްޑީޕީން ނުުކުތަ ސް ވޯޓު ދޭނަން ޕީޕީއެމް ބަލިކުރާނަން

  15
  34
 9. ތުއްޓެ

  ކުށް ސާބިތުވެގެން ހުކުމް ކޮށްފައި ހުރި މީހެއް. އެފަދަ އެހެން މީހުންނެކޭ އެއްފަދައިން ހުންނަން ޖެހޭނީ ޖަލުގައި. އުމުރުގެ ދޮށީކަމުން ޖަލުގައި ހުއްޓައި ކޮވިޑް ޖެހިދާނެތީ އިންސާނީ ހައްޤުތަކާއި އެއްގޮތް ވާގޮތުގެ މަތީން ގެޔަށް ބަދަލުކުރުން އެންމެ ރަންގަޅު. ނަމަވެސް ޖަލުގެ ކޮވިޑް ހާލަތު ރަނަގަޅުވުމުން ހުކުމް ތަންފީޒު ކުރަން ޖެހޭނީ ކޯޓުން ހުކުމް ކުރި ގޮތަށް ޖަލުގައި ހުރެ.

  5
  3
 10. މޯދީ

  ފުޅުގެ ނިމުން ވެ ސް އަންނާނެ.

  3
  1
 11. މެކުނު

  ކިތަންމެވަރެއް އެރުވިޔަސް ދުނބުރިއެއް އަނބަކައްނުވާނެ
  2023 ގަވެސް އޮންނަންޖެހޭނީ ޖަލުގަ

  7
  6
 12. ނިހާނު

  ޖަލު ހުކުމެއްގައި ހުރި މީހަކު ޖަލަށް ގެންދިއުމަކީ އެންމެ ރަނގަޅު ކަމެއް

  7
  3
 13. އަބްދޫ

  އަޅުގަނޑު ނަސީދަށް ތާއީދު ކުރުމެއްނޯންނާނެ. ނަސީދާއި ބައިވެރިވާ ބަޔަކަށް ވެސް ތާއީދެއްނެތް. މިގައުމަށް ބޮޑެތި ގެއްލުންތަކެއް ނަސީދު ގަ ކިބައިން ވަނީ ލިބިފަ.އިސްތިއުފާދެމުންވެސް ބުނި.ވަރިކަމުގާ ދެމި ހުރެއްޖެ ނަމަ ގައުމަށް އިތުރަށް ގެއްލުންދެވިދާނެ ކަމަށް. ވީމާ ނަސީދުގެ ފުށުން ދިވެހިގައުމަށް ފައިސާއެއް ނާންނާނެ. އޭނާ ލަންޑަނަށް އަރުވާލައްވާ. އޭނާ ރާއްޖެ އަޔަނުދޭން ސާލިހުއަށް ދަންނަވަން.