ޖުލައި މަހުގެ 18 ވާ އާދިއްތަ ދުވަހާއި 25 ވާ އާދިއްތަ ދުވަހަކީ ސަަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައި ވާތީ އީދު ބަންދާއި، މިނިވަން ދުވަހުގެ ބަންދު އިތުރަށް ދިގުވެ، ބޮޑު ޗުއްޓީއެއް ސަރުކާރު މުވައްޒަފުންނަށް ލިބިއްޖެއެވެ.
ޖުލައި 18 އާއި 25 ބަންދު ވާނެކަން ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހު އިއުލާން ކޮށްފައެވެ.
މިއަހަރުގެ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދެ ދުވަސް ވަނީ ކަނޑައަޅާފައެވެ. ކަލަންޑަރު ބުނާ ގޮތުން ޖުލައި 19 ވަނަ ދުވަހަކީ ހައްޖު ދުވަހެވެ. އެއީ ރަސްމީ ބަންދު ދުވަހެކެވެ. އަދި 20 ވަނަ ދުވަހަކީ އަލްހާ އީދު ދުވަހެވެ. އޭގެ ފަހަށް ތިން ދުވަސް އެއީ އީދުގެ މުނާސަބަތުގައި ބަންދު ދުވަސްތަކެކެވެ. އެހެން ކަމުން ރަސްމީ ދުވަހަކަށް ވަނީ ޖުލައި 18 އާދިއްތަ އެކަންޏެވެ. އެދުވަސް ބަންދު ކުރުމުން އެހަފްތާ އެއްކޮށް ބަންދު ވާނެއެވެ.
މީގެ އިތުރުން ޖުލައި 26 ވަނަ ދުވަހަކީ ރާއްޖޭގެ މިނިވަން ދުވަސްކަމުން އެއީ ސަރުކާރު ބަންދު ދުވަހެކެވެ. 27 ވަނަ ދުވަސް ބަންދު ކޮށްފައިވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައެވެ. އެ ހަފްތާގައިވެސް ރަސްމީ ދުވަހަކަށް އޮތީ 25،28،29 ވަނަ ދުވަހެވެ. އޭގެ ތެރެއިން 25 ވަނަ ދުވަހު ސަރުކާރު ވަނީ ބަންދުކޮށްފައެވެ. އެހެންކަމުން މިނިވަން ދުވަހުގެ ބަންދަށް ފަހު ސަރުކާރުން ދެން ހުޅުވޭނީ 28 ވަނަ ދުވަހެވެ.
ކޮވިޑް-19 އާއި ގުޅިގެން ގިނަ އަދަދެއްގެ މީހުންނަށް މާލެ އިން ބޭރަށް ނުދެވި ދެއަހަރެއްހާ ދުވަހު ތިބުމަށް ފަހު ކޮވިޑްގެ ފިޔަވަޅުތަކަށް ލުއިތައް ލިބުމުންނާއި އަދި ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ގިނަ ދުވަސްތަކެއް ލިބެން ފެށުމުން ގިނަ ބަޔަކު މިހާރު އަންނަނީ ޗުއްޓީއަށް ރަށްތަކަށް ދަތުރު ކުރަމުންނެވެ.
ޖުލައި 28 އަދި 29 ބަންދުކުރިކަމެއް ނާންގާ..
ކޮބާ 28 އަދި 29 ޖުލައި، އެއީ ރަސްމީ ދެ ދުވަހެއްނު
28 29 ކޮބައިތޯ؟
"މީގެ އިތުރުން ޖުލައި 26 ވަނަ ދުވަހަކީ ރާއްޖޭގެ މިނިވަން ދުވަސްކަމުން އެއީ ސަރުކާރު ބަންދު ދުވަހެކެވެ. 27 ވަނަ ދުވަސް ބަންދު ކޮށްފައިވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައެވެ. އެ ހަފްތާގައިވެސް ރަސްމީ ދުވަހަކަށް އޮތީ 25 ވަނަ ދުވަސް އެކަންޏެވެ. ޖުލައި މަހުގެ 30 ވަނަ ދުވަހަކީ ހުކުރު ދުވަހެކެވެ. އެހެންކަމުން މިނިވަން ދުވަހުގެ ބަންދަށް ފަހު އާދީއްތަ ދުވަހު ސަރުކާރު ހުޅުވޭއިރު އެއީ އޮގަސްޓް މަހުގެ 01 ވަނަ ދުވަހެވެ."
28 އަދި 29 ވެސް ބަންދުތަ؟ 1 އޯގަސްޓުގަ ސަރުކާރު ހުޅުވެން؟