ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ޑިމޮކްރަސީ ރަނގަޅަށް ފަހުމުވެލައްވާ ޑިމޮކްރަސީއާ ރައްޓެހި ލީޑަރެއް ކަމަށް ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި ޑރ. އަބްދުﷲ މައުސޫމް ރޭ ވިދާޅުވެއްޖެއެވެ.

މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބު ބާއްވަން ދެ އަހަރާއި ދެ މަސް ދުވަސް އޮއްވައި، ރިޔާސީ ކެންޑިޑޭޓުން މިހާ އަވަހަށް، ބައިބަހާ، ބޯކޮށް ތިލަވާން ފެށުމަކީ 2023 ގެ ރިޔާސީ އީދުގެ ފޯރީގެ ކޮޅުމަތި ކަމަށެވެ. އަދި ޑިމޮކްރަސީ ފައްކާވީމާ ރިޔާސީ އީދުގައި ރައްޔިތުން އަތްޖަހާނީ މީހާއަކަށް ނޫން ކަމަށާއި މެނިފެސްޓޯއަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވި ގޮތުގައި، ރައީސްގެ ހުރިހާ ފޯކަސްއެއް ހުންނެވީ އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގެ ވައުދު ފުއްދާށެވެ. ރައީސް ސޯލިހަކީ ޑިމޮކްރަސީ ރަނގަޅަށް ފަހުމުވެލައްވައި، ޑިމޮކްރަސީއާ ރައްޓެހި ލީޑަރެއް ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ މެދުތެރޭގައި ޓޫރިޒަމް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި މައުސޫމް އެގޮތަށް ވިދާޅުވި އިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބެއް ބާއްވާ ނަމަ، އެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާނީ އެމަނިކުފާނު ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ސޯލިހްގެ އެންމެ ގާތް އެކުވެރިޔާ ނަޝީދު ވަނީ ރައީސް ސޯލިހާ އެކު ސިޔާސީ ގޮތުން ދެން މަސައްކަތް ކުރެއްވެން ނެތް ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީއަށް އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން، ސިޔާސީ ގޮތުން ވަރުގަދަ ބައެއް ބޭފުޅުން ޕާޓީތައް ހަދައިގެން މަސައްކަތް ކުރުމުގެ ވިސްނުން ގެންގުޅެން ވަނީ ފައްޓަވައިފައެވެ. ސިޔާސީ ބައެއް ތަޖުރިބާކާރުން ފާހަގަ ކުރާ ގޮތުގައި އެ ބޭފުޅުންގެ އަމާޒަކީ ވެސް 2023 ގައި އޮންނަ ރިޔާސީ އިންތިޚާބެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި ކޮވިޑް-19 ބަލިމަޑުކަމާ ކުރިމަތިލާން ޖެހުނު އިރު، އެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތައް ދަނީ ހިންގަމުންނެވެ. އަދި ބޮޑެތި ބިޔަ މަޝްރޫއުތަކެއް ފެށުމަށް ވަނީ ތައްޔާރުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރާނީ

    މަޤާމު ދިފާޢުކުރާތި އެކޮޅުކޮޅުން އޮންނަންޖެހުނަސް! ހުވަފެނެއްގައިވެސް ދެން ތިފަދަކަމެއް ނުލިބޭނެ!

    10
    1
  2. އައުފު

    ސސޯލިހު އައް ވެރިކަން ލިބުނީމަ ހަނދާން ނެތުނީތޯ މަނިކުފާނަށް ރިޔާ ސީ ޓިކެޓް ލިބުނީ އުކުޅަހު ގައި އޮތް ކޮންގްރެ ސްގައި އަންނި ދިނީމަކަން. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

    6
    1
  3. ހަމް

    ހަހަހަ ވަޓް އެ ޖޯކް. އާ ކަލޭގެ ބޮޑު ވަޒީފާގަޑު ގެއްލެނީވިއްޔަދޯ!

    10
    1
  4. ޒާ

    މައުސޫމް ތިހެން ބުނި މައުމޫންގެ ވެރިކަމުގައި ތިމަގާމުގައި ހުރެވެސް މައުމޫނާ ބެހޭގޮތުން.

    9
    1
  5. Anonymous

    ކަލޭ ވަޒީފާގެ ދަހިވެތިކަމުގަ އިރުދައްކާފަ ހަދޭ ނުވަތަ ކިބުލެއް ދައްކާފަ ބުޅަލެކޭ ނުކިޔަާ މަިތިރިވެ ހުރެވެޭތޯބަލަާ