ޗައިނާ އިން ހިފާފައިވާ ރާއްޖޭގެ ރަށްތައް އަސްކަރީ ބޭސްތަކަކަށް ބަދަލުކޮށްފާނެ ކަމަށް ވިދާޅުވެ ކުރީގެ ފޮރިން މިނިސްޓަރ އަހްމަދު ނަސީމް (ކެރަފާ ނަސީމް) އަނެއްކާވެސް އިތުރުބާރު ނުހިފޭ ދޮގު ވާހަކަތަކެއް ދައްކައިފިއެވެ.

އިންޑިއާ ނޫހަކަށް ދިން އިންވިއުއެއްގައި ކެރަފާ ނަސީމް ވިދާޅުވީ ރާއްޖެ އާއި ޗައިނާ އާއި ދެމެދު މިހާރު ހިނގަމުންދާ ކަންތައްތަކަކީ ޗައިނާ އިން ބޭނުންވެގެން ހިނގަމުންދާ ކަންތައްތަކެއް ކަމަށެވެ.

އެއްވެސް ހެއްކެއް ހާމަކުރުމެއް ނެތި ކެރަފާ ނަސީމް ވިދާޅުވީ ޗައިނާ އިން ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ބިންތައް ހިފަމުން ކަމަށެވެ.

"ޗައިނާ އިން ދަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ބިންތައް ހިފަމުން. ރާއްޖޭގެ 16 ރަށް މިހާރު ވަނީ ޗައިނާ ހިފާފައި. އެރަށްތައް ޗައިނާގެ އަސްކަރީ ބޭސްތަކަކަށް ބަދަލުކުރުން އެކަށީގެންވޭ. އެއީ އިންޑިއާ ކަނޑުގެ ސަލާމަތައް އޮތް ނުރައްކަލެއް. އެއީ އިންޑިއާގެ ސަލާމަތައް އޮތް ނުރައްކަލެއް." ކެރަފާ ނަސީމް ވިދާޅުވިއެވެ.

ކެރަފާ ނަސީމް ވިދާޅުވީ މިކަންކަން މިހެން އޮތުމުން ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި އިންޑިއާ އިން ބޮޑު ދައުރެއް އަދާކުރަން އެބަޖެހޭ ކަމަށެވެ.

އިންޑިއާ އިން ރާއްޖެ އަށް ފޮނުވާފައިވާ ހެލިކޮޕްޓަރުތައް އަނބުރާ ފޮނުވާލަން އުޅެނީ ވެސް ޗައިނާ އިން ބޭނުންވުމުން ކަމަށް ކެރަފާ ނަސީމް ވިދާޅުވިއެވެ.

"އިންޑިއާގެ ހެލިކޮޕްޓަރުތައް ހުރި އަތޮޅުތަކުގައި މިހާރު ވެސް ޗައިނާ މީހުން އެބަތިބި. އެހެންވެ އެމީހުން ބޭނުންވަނީ އިންޑިއާ ސަރުކާރުން ހެލިކޮޕްޓަރުތައް އަނބުރާ ގެންދަން. ހެލިކޮޕްޓަރުތައް ބޭނުން ކުރަނީ ދިވެހިންނަށް ޚިދުމަތް ދިނުމަށް. ހާއްސަކޮށް ބަލި މީހުން އެއްތަނުން އަނެއްތަނަށް އުފުލަން." ކެރަފާ ނަސީމް ވިދާޅުވިއެވެ.

ކެރަފާ ނަސީމް ވިދާޅުވީ އިންޑިއާގެ 2000 މީހުންނަށް ވޯކް ޕާމިޓް ނުދީ ދިވެހިރާއްޖެ އިން ހިފެހެއްޓުމަކީ އިންޑިއާ އަށް މަލާމާތް ކުރަން ރައީސް ޔާމީން ކުރެއްވި ކަމެއް ކަމަށެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ބިން ހޯދާ އެރަށްތަކުގައި ޗައިނާ އިން އަސްކަރީ ބޭސްތަކެއް ހަދާފާނެ ކަމަށް ކެރަފާ ނަސީމް ވިދާޅުވިއިރު ރައީސް ނަޝީދާއި ކެރަފާ ނަސީމް މިފަދަ ވާހަކަތައް ދައްކަމުން އަންނަތާ މިހާރު ދެތިން އަހަރު ވެއްޖެއެވެ. ނަމަވެސް އެވާހަކަތަކަށް ބާރުލިބޭ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

62 ކޮމެންޓް

  1. Anonymous

    އިންޑިޔާއިން މިގައުމަށް އަރާ މިގައުމުގެ ރައްޔިތުން މަރާފަ މިތަން ނުހިފާހާ ހިނދަކު މިތިބަ ބާޣީން ހުއްޓައެއްނުލާނެ.

    • ސައިނީ

      އަދިވެސް މިމީުންނަށް ތަ ދިވެހިން ވެރިކަން ދޭންވީ މީހކުރަންވީ ސުވާލެއް މިހާރު

  2. Anonymous

    މިގައުމުގެ 200 ރަށުގަ ތިއްބަސް ކަލެއަށް ކީއް. ކަލޭތީ ދިވެއްސެއްނޫނެއްނު. ދިވެހި ގައުމަށް ހަލާކާ ގެއްލުން ލިބޭ ގޮތަށް ނޫނީ އަނގަ ހުޅުވާވެސް ނުލާ މީހެއް ތިއީ. މިގައުމަށް އިންޑިޔާއިން އަރަށް ތި އާދޭސް ކުރަނީ ކަލޭގެ ދަލުހަޔާތް ނެތީމަ.

  3. ކިޔު5

    ހުއް! ޗުސްޗުސް!

  4. އައިމިނަ

    ޗައިނާއާ އިންޑިޔާއާ ޖެއްސުން ނޫންކަމެއް މި ނަސީމާ، ނަޝީދުއާއި، ފަރަހަނާޒްމެން ނުކުރޭ. މިމީހުން މިކަން މިކުރަނީ އެމެރިކާގެ ހައްދުފަހަނައަޅާފަތިބި ޖާހިލުންގެ މަދަދާއެކު.

  5. ދޮންކަލޯ

    ކަލެއަށް އަސަރެއް ކުރާނީ. ދިވެހި ގައުމަށް ކަލެއަކަށް ދެންނޭރޭނެ. ކަލޭމެން ޒާތުގެ ލާދީނީ މީހުން ދުވަހެއް ދުވަހަކަށް ދަނީ މަދުވަމުން. އަލްހަމްދުލިﷲ

  6. ނުރަބޯ

    ޗައިނާއެއްނޫޅޭ އިންޑިއާހެން ނުފުދިގެނެއް. ރާއްޖެއާ ޗައިނާޔާ ދެމެދު އޮންނަނީ އޭގާ އެއްވެސް ނުރައްކަލެއްނެތް ދެފުށްފެންނަ ގުޅުމެއް. ކެރަފާނަސީމު ދައްކާހާ ވާހަކައެއް ގަބޫލުކުރާވަރަށްވުރެ މާ ހޭލުންތެރި ބައެއް ދިވެހިންނަކީ.

    • ޜެއްކާ

      ބޮލުގަ ނުރަހުރިކަމަށް ދައުވާ ކުރާމީހާއަށް މިނިވަންކަމާއި އިސްތިގުލާލޭ ބުނީމަ އެއްޗެއްގެޓްވޭތަ. ކޮންމެ ނިޔަތެއްގަ މިގައުުން ރަށެއް ފަޅެއްދިނަސް 10 އަހަރުތެރޭ ދިވެހިންގެ އިސްތިގުލާލާ ކުޅެންފަށާނެ. ފުރަތަމަ ފިޔަވަހީގަ ފިކުރީ ގޮތުން ދަންޖެއްސުން ދެން ޖެއްސުންކުރުމާ އަރައިގަތުން. ދުނިޔޭގެ އެއްވެސް ގައުމަކަށް އެރިބަޔަކު ފަސޭހަރަހުމަތަކުން ފޭބިތަން ތާރީހް ދައްކާފަނެތް.

  7. ބާޣީ ނަސީމު

    ކެރަފާ ނަސީމްގެ މުޅިއާއިލާވެސް ވަރައްއަވަހައް ޗައިނާ މީހުންނައް ބަދަލު ކުރާނެ ހެންހީވަނީ

  8. ބޮއްބޮ

    ހުތުރު މޫނެއް.

  9. ސަންޑޭ

    ކެރަފާމޮޔަނުވޭ. ކަލޭމެންގެ ބަސް އަހައިގެން މިރާއްޖެގަ ހިނގަހިނގާހުރި ވެރިކަމަކާއިދިކޮޅަށް ވޯޓު ދީ އެކަންބަދަލު ކޮށް ފަ ހަވާލު ކުރ ީމަ އެކަން ނުކުރެވުނީމަ .ދެން އެކަން ކުރާމިހުން ކުރިޔަނުދެން ދަލުބޭރުން ޖެހިގެން ނޫެލެ އަމިއްކަ ކަންކަމުގަ ވަގުރތ ހޭދަ ކޮށްބަލަ. އިން ޑީޔާމިހުން ރުހޭނެ ހުރިހާކަމެއް ތިކުރެވެނީ.ކަލޭމެން ކުރިއެރުިމުގެ ވިސްނު މެއް ހުރީއްޔާ ހިޔާރު ކުރާނި ޗައިނާއިން ފައިދާހޯދަން އަދިފައިސާ ހުރިގައުމުތަށް. އިންޑިޔާއާ އެކު ދެވޭނި ކަރަޝަން ހިފައިގެން ފަހަތަށް.

  10. ކެރަފާ

    ހުސް ދޮގު ހަދާ މީހެއް. ވިސާގެ ވާހަކަ ދައްކަން އަނގަ ހުޅުވިއިރު ނުކުރެނު އިންޑިއާއިން ދިވެހިންނަށް ވިސާ ނުދޭވާހަކަ ބުނެލާކަށް. އެންމެ ފުރަތަމަވެސް ވިސާގެ ކަންތައް ގޯސްކުރީ އިންޑިއާއިން. އިންޑިއާގެ ދެ ހެލިކޮޕްޓަރުން އެކަތި އޮތީ އައްޑޫގަ. ހަމަޔަގީނުންވެސް އެކަމާއި ގުޅުގެން ޗައިނާ މީހަކު އައްޑޫއަކު ނެތް. ތިވަރަށް ދޮގުހެދީމަ ދިވެހިން ކިތައްމެ ގަމާރޭ ބުންޏަސް އެނގޭނެ ދޯ؟ ކެރަފާ މީހުންގެ ޔަހޫދީ ފިކުރުން މިގައުމު ހަލާކުވަމުންދަނީ...

  11. ރަށްދު

    ދެނ ކީއްތަވީ!!!! ރާއްޖެ އޮންނަން ޖެހޭނީ ސަރަހައްދީ ބާރުގަދަ ގައުމެއްގެ އަތްދަށުގަ މިއުޅެނީ ފިސްތޯލައެއް ހިފައިގެން ވެރިކަން ބަދަލު ކުރާކަށް ނޫން

  12. މީރުބަހުރު

    ބޮޑުބާޣީއެއް އިތުރަށް ދައްކާނެ ވާހަކައެއް ނޯންނާނެ. ދެއްކިއަސް ޤަބޫލުކުރާނެ މީހަކުވެސް މިޤައުމަކު ނޫޅޭނެއެވެ. ދެބައޮޑުވުމާއި ދޭތެރެޖެއްސުން ނޫންކަމެއްކުރާކަށް ނޭންގޭނެ. ތެޅިތެޅި ތިބޭވާނެ އެއްކަމެއްވެސް މިހާރަކު ނެތް ވަރަށް ސަލާމް

  13. ބުއްޅަބޭ

    ބޭސްޖަހާ ހުރިހާ ކުރައްޕެއް މަރަންވީ

  14. އަބުރު

    ބޯގޯސް ނަސީމު ހަމަހޭގައިތޯ..އަތުގައި ތިއޮތީހުސްފުޅިއެއް....ހަހަހަހާ

  15. ދިއްދޫ

    ކެރަފާ ނަސީމުމެންގެ އަމިއްލަ ގެދޮރުވިއްކާފަގޮސް ބޭރުގަ ތިއުޅެނިއްޔޯ؟ ކޮންކަމަކާ ތެޅިބާޅަނީ. ރާއްޖޭގަ ހުރެގެންތާ އިންޑިޔާމީހަކަށް ރަށެއްވެސް ދެވޭނީ. ޗައިނާމީހުން ވިއްޔަ މިރާއްޖޭއަށް މިހާރު ކަމެއް މި ކޮށްދެނީ. ދެން ފަޅުރަށްވެސް އަތުލާނެތާ؟ ކާކު ހިލޭ އެއްޗެއްދޭނީ. ދެންތިދައްކަނީ ހެލިކޮޕްޓަރެއްގެވާހަކަ. ތިއެއްޗެއް ބަލަހައްޓަން އިންޑިޔާގެ ވިއްސަކަށް މީހުން ޖާސޫސުކުރަން ތިބޭ. ދިވެއްސަކަށް އެއަށް އަރާކަށް ހުއްދައެއް ނޯވޭ. ކިހިނެއްދީފާ އޮންނަ ބާ ޑަބިޔާގަނޑެއްތައެއީ. ދެން ކީއްކުރަން ބާއްވާ އެއްޗެއް މިރާއްޖެއަކު. ނޮހޮރުއްޕާކުރަން ނޫނިއްޔަ

  16. ކެރަފާ

    ކަލޭ ކޮންތާކުން ތިހިސާބު ހޯދީ، ހިތަށް އެރިހާއެއްޗެއް ތިކިޔާނީ ކާކު ކޮންބަޔަކު އޮޅުވާލަން، ކަލޭމެން ރައްޔިތުން ބޮލަށް ޗިޕްޖެހި ދުވަސް މާޒީވެ ގޮސްފި، ރައްޔިތުން މިހާރު މާހެލުންތެރި

  17. ކެރަފާ

    އަނގަ ކުކުޅު މުންޖެއްހެން ހަދައިގެން އިނދެ ބުހުތާން ދޮގުހަދަނީ މީދެންކާކު.....؟؟؟

  18. ރަޝީދު

    މި ޤައުމަކީ ތާއަބަދު އިންޑިއާއަށް ދަރާވިކިފައި އޮންނަންޖެހޭ ޤައުމެއްނޫން. ރާއްޖެއަށް ތަރައްޤީ ލިބެންއޮތް ކޮންމެ ދިމާލަކަށް ހަށިފޮޅާލާ އަތްދިއްކޮށްލުމަކީ މިޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ކުރަންޖެހޭ ކަމެއް. ކެރަފާ ޢާއިލާއިން މުޅި ދުނިޔޭގައި ދޮގުވާހަކަ ދައްކައިގެން މިޤައުމަށް ދެރަދޭން ރައްޔިތުން ބަނޑަށް ޖެއްސުމަށް ކުރާ މަސައްކަތަކަށް ކާމިޔާބެއް ނެތް. އަދި އަޅާލާނެ ފަރާތެއްވެސް ނެތް. އިންޑިއާ މީހުން ހައްދަން އުޅުނަސް ހަމަ އިނގިރޭސިން ނަޝީދަށް ދިންކަހަލަ ލޮޓީއެއް އިންޑިއާއިން ކެރަފާއަށް ދޭނެ.

  19. އެފްބެ

    ވެރިކަމާހެދި ބޮލުރޮދިކެނޑުނީމާ ދެންގިވޭނީ ކޮސް

  20. މަތާޓޯ

    ކެރަފާ ފޮއްޑެޔާ
    ތިޔަކަހަލަ ބަތާހަރާމީންތަށް ގައުމުގަ އުޅޭތީޔޭ މިހެން މިވަނީ

  21. ކެރީ

    ބޭފުޅާގެ ލޮލަށް ބަލާލީމަވެސް ފެންނަނީ ޝަރާބީގެ މަސްތުން ހަލާކުވެފައިވާ ދެބޯބުރާންޗެއް ހެން

  22. ރިހާކުރާބެހޭ ސައިންސްވެރިޔާ!

    ކަލޯ ބުނަންތަ ވާހަކައެއް! ކޮށި ދަނޑު ގެއްލުނީ! ދަނޑު ކޮށަން ގެންގުޅު ކަތިވަޅި ގެއްލުނީ! އެންމެފަހުން އަނބިގޮއްޔަ މަރިޔަނބުވެސް ގެއްލުނީ! އިޒްރޭލަށް ޤައުމު ވިއްކައިލި ކަލޭގެ އަށް ޖެހުނު ޙާލަކީ އެއީ! ބާޣީ ޝާހިދު އާއި އިޒްރޭލަށް ޤައުމު ވިއްކައިލި ކަލޭގެ އާއި ދެމީހުންވެގެން އިޒްރޭލު ޑޮކަޓަރުންނޭ ކިޔައިގެން އިޒްރޭލުގެ ޖާސޫސުން ގެނެސްގެން އަކުން ބަކުން ކުޅުނުގޮތް ވަރަށް ކައިރިން އަހުރެންދުށިން! ﷲ އިރާދަކުރެއްވިއްޔާ ދެންޖެހޭނީ ތިގޮތަށް ގުދޯގުދޯ ގޮވައި ވައިއަނގަތަޅަން ހުންނާށެވެ. ޔާމީނު ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް ﷲ އިރާދަކުރެއްވިއްޔާ ދެނެއް ކަލޭމެނަށް ލިބޭނެ ވެރިކަމެއްނެތެވެ. ދެންލިބޭނީ އެންމެންނަށްވެސް ލިބޭ ޖނބ ވެރިކަމެވެ.

  23. ބުއްޅަބޭ

    ކުރަފިތަކުގެ އުދަގޫ ހާދަ ބޮޑޭ!

  24. މުރާާދު

    ކެރަފާމެން ތިކަހަލަ ވާހަކަ އިންޑިއަނުން ކަންފަތްބުޑުގައި ދައްކާތީ އެމީހުން ހެލިކަޕްޓަރ ނުގެންގޮސް ރާއްޖެއާއެކު މަޝްވަރާ ބައްދަލުވުން ބާއްވަން އުޅެނީ.ހެލިކަޕްޓަރ ގެންގޮއްސިނަމަ ޖާސޫސް ނުކުރެވޭނެ ވިއްޔަ. އިންޑިއަނުން ޗައިނާދެކެ ގަންނަނީ އަމަށަކު ބިރެއްނޫން. މިހެން ވީމަ ކެރަފާމެން ދައްކާވާހަކަ އަޑުއަހަން މަޖުބޫރުވަނީ. ދެން ކެރަފާމެން ބުނާގޮތަށް ހަދައިގެން ރާއްޖެއާ ކުޅެން އިންދިއަނުން އުޅެފިނަމަ ގެއްލުމާ ހަލާކު އޮތީ ހަމަ އެމީހުންނަށް.

  25. ކަކުނި

    ނަސީމޫ ކަލޭ މޯދީއާ އިނދެގެން އިންޑިއާއަށް ދިރިއުޅުން ބަދަލު ކުރަންވީނު

  26. ޙަބޭސް

    ހުސް ބުހުތާނު ތިއީ ހިޔާލީ ފްލޯ ވޯޓައް އުފެއްދާ ބްރޭންޑެއް ތިއެތި ނުވިކޭނެ ލަލަލާ

  27. މޮޑީ

    މީނަ ކަންނޭގެ ތިރަށްތައް ދިނީ!

  28. މުޙައްމަދު

    ރަނގަޅަށް ވެސް މިބޭފުޅުން މިތިބީ ވެރިކަމާހެދި މޮޔަވެފަ. ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށް ވެސް އެގޭނެ އެއްވެސް ގައުމެއްގަ ބޭރުގެ އަސްކަރީ 16 މަރުކަޒު ނުހަދާނެ ކަން...... ވީހާވެސް އަވަހަށް މުއްދަތު ހަމަވެފައިވާ ހެލިކޮޕްޓަރު ތަކާއި އިންޑިއާގެ ސިފައިން މިވަގުތު ފޮނުވާލުން އެއީ އެއްމެ ރަނގަނޅު ގޮތް. ﷲ ގެ އިރާދަފުޅުން ބޭރުގެ އެއްވެސް ބައެއްގެ ނުފޫޒެއް އޭރުން މި ގައުމުގައި ނޮއޮންނާނެ. ނަސީމު އާއި ނަށީދު ގެ ބޭނުމަކީ މި ގައުމުގެ މިނިވަން ނަގާލާ ބަެއްގެ އަޅުވެތި ކަމުގައި ދިވެހިން ބޭޢްވުން.

  29. ޖިންނި

    ހެވޭ ކުރިޔަސް ކަލެއަށް ކީއްތަ !

  30. ޣާޒީ

    ތިޔަ ބައިގަނޑު ތީ ރާއްޖެއަށް ޖެހިފައިވާ ބޮޑު ވަބާއެއް.. ކެރަފާ މުޅި ދަރިފަސްކޮޅަކީ ދިވެހި ފަސްގަނޑުގެ އަމަންަމާންކަން ނަގާލާ ދިވެހި ވެރިކަމާ ތޮޅެން މަސަތްކަތް ކުރާ ޙާއިނުންތަކެއް .. އަޅެ ކިތަންމެ ކުޑަ މިންވަރެއްގެ ލަދެއް ހަޔާތެއް ނެތީޔޭ ދޯ... މިފަސްގަނޑުގަ ތިބެން ކެރޭތީވެސް ހައިރާންވޭ.. ﷲ ތިޔަ ނުބައި ނުލަފާ ކުއްތާތަކުގެ ކިބައިން މި ޤަޢުމު ސަލާމަތް ކުރއްވާށި...

  31. ރާމިޒު

    މަވަރަށް ކެއްކޮށްފިން އެއްޗެއް ނުބުނެ. އެކަމު ރާއްޖެއާއި އިންޑިޔާ ޖެއްސުމުގަ މުގުލުގަ ހުރީ މިކެރެފާ ނަސީމު. ޗައިނާ ވާހަކަ ތަކުގެ އިތުރުން މީނާ ޖައްސަން އެކަކި އެކި ވާހަކަ ދައްކާ. އިންޑިޔާއިން އިޒުރޭލާ ގުޅުން ބަދަހި ކުރާތީ ރާއްޖެއިން ހިތްހަމަ ނުޖެހި މޯދީ ސަރުކާރާ އިދިކޮޅަށް މަސައްކަތް ކުރާކަމަށް ވެސް ވާހަކަ ދައްކާކަމަށް ވަނީ. އަދި މީނާގެ ޔަހޫދީ ބައިވެރިންވެސް މީނާ ދައްކާ ވާހަކައަކީ ތެދެއްކަމަށް އިންޑިޔާއަށް ވިސްނާދޭކަމަށް ވަނީ. މިފަދަ ނުބައި މީހުން ކިބައިން ރާއްޖެ ސަލާމަތް ކުރައްވާށިއެވެ. އާމީން

  32. މުޙައްމަދު

    ބުއްދި ސަލާމަތުން ހުރި އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ އެއްވެސް ގަުމެއްގަ ބޭރުގެ 16 އަސްކަރީ މަރުކަޒު ނުހަދާނެ ކަން. ދޮގު ހެދުމުގަ ވެސް މިންގަޑެއް އޮންނަން ޖެހޭ. ވެރިކަން ކިތައްމެ ބޭނުމަސް އިންޑިއާ ރުއްސަން ވެސް ދައްކަން ވީ ބުއްދި ގަބޫލު ކުރެވޭފަދަ ވާހަކަ ދެއްތޯ.

  33. ދިވެއްސެއް

    މުސްލިމުންނާއި ޔަހޫދީން ދުވަހަކުވެސް އެއްގަލަކަށް ނޭރޭނެ. ދިވެހިން މުސްލިމިންގެ ގޮތުގައި ތިބިހާ ހިނދަކު ކެރެފާ ނަސީމާ އެއްގަލަކަށް ނޭރޭނެ.

  34. ބެއްޔާ

    މިކެރެފާ ނަސީމުއަކީ ހަމަ ހަގީގަތުގަވެސް ދިވެހި ނަތަންޔާހޫ

  35. ބޭބެ

    މީފަދަ ޣައްދާރުން ޖެހެނީ ހަމަޖެހިފައިވާ އުސޫލުގެތެރެއިން މަރަން!! އެއީ ގާނޫނީ ހަމަތަކުގެ މަތިން!! ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ގައުމުގެ ޣައްދާރުންނާ ދޭތެރޭ ޢަމަލުކުރާ އުސޫލުން!! މިމީހުން ބޭރުގައި ފިލާ ތިބެގެން އަމިއްލަ އެދުން އޮތްލެއް ބޮޑުކަމުން ގައުމުވެސް ހަލާކުކުރަނީ!! ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ގޯސްކުރަނީ ސާބިތުނުހިފޭ މުޅިން ޙަގީގަތާ ޚިލާފް ދޮގު ވާހަކަތައް ދައްކައިގެން!! މިއީ ވަރަށް ނުރައްކާތެރި "މުޖްރިމެއް"!! މިފަދަ މުޖްރިމުންނާ ދޭތެރޭ އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅަން ގޮވާލަން!! ޗައިނާއިން މިގައުމުގެ އެއްވެސް ރަށެއް ހިފައިގެން އުޅޭކަމެއް މިގައުމުގެ ރައްޔިތުންނަކަށް ނޭގޭ!! އެކަމަކު ޗައިނާގެ ވިޔަފާރި ކުންފުނިތަކުން މިރާއްޖޭގައި ޓޫރިޒަމްދާއިރާގައި އިންވެސްޓްކޮށް ފަސް ރިސޯޓެއް ތަރައްގީ ކުރޭ!! މިއީ އިންޑިޔާގެ ކުންފުނިތަކުންވެސް ރާއްޖޭގައި އިންވެސްޓްކޮށްގެން ތިބިފަދައިން ކުރާކަމެއް!! ރާއްޖޭގެ ގާނޫނީ އިމުގެތެރެއިން ކުރާކަމެއް!! ޗައިނާގެ އަސްކަރީ ބަޔަކު ރާއްޖޭގައި ނޫޅޭ!! އެކަމަކު އިންޑިޔާގެ އަސްކަރީ މީހުން ރާއްޖޭގައި އެބައުޅޭ!! ދެ ހެލިކޮޕްޓަރު ހިފައިގެން އައިސް!! ހަތަރު އަހަރުވީ އެމީހުން މިގައުމުގައި އުޅޭތާ!! މީގެން މިއެނގެނީ ކޮން ބައެއްކަން އަސްކަރީގޮތުން ރާއްޖެއަށް އަތްގަދަކުރަން މިއުޅެނީ!!

  36. ޙަމެ

    މަގޭ ހިތައް އަރާ ރާއްޖޭގެ މީޑިއާ ތަކުން މިކަހަލަ މީހުން ބޮއިކޮޓް ކޮޓް ނޫސްތަކުނަ މިފަދަ މީހުން ސުރުހީތަކައް ނާރުވާނަމަ އޭ.

  37. މުޙައްމަދު/ މާލެ

    ފޭދޫފިނޮޅު ފަދަ ރާއްޖޭގެ ވެރިކަންކުރާ ސިޓީއާ އެހާކައިރީގައި ޗައިނާމީހުން ގެބާރު އޮތީމަ މީހުން ޝައްކުކުރަނީކަމަށްވެދާނެ! ވަﷲއަޢުޡަމް:

  38. އދ

    މިނުލަފާ މީހާ ހިފާ ހައްޔަރުކުރުމަށް ގޮވާލަން
    މީނަގެ ދޮގުވާހަކަށް ތަހްގީގުކޮށް ހަރުކަށި އަދަބު
    ދިނުމަށް ގޮވާލަން

  39. ނާސިދު

    ނަސީމު ތިހިރީ ނީލަމުގަ އެއްވެސް ގައުމަކުން ބޭނުމެއްނޫ ނީލަމުގަ ބައިވެރިވާކަށް ހުރިހާ ގައުމަކުންވެސް ބުނަނީ ތިއަކުއެއްވެސް ބޭނުމެއްނެތޭ އެހެންވެ ނުވިކިފަތިހުރީ ،،ފަހަރެއްގަ ކުނިގޮނޑު ހާވަންއުޅޭ ބޮންދުން ގަނެފާނެ ،، ޗައިނާއިންބުނީ ބޭނުން ނުކުރާނަމޭ ހިލޭދިނަސް ...........

  40. ރެޓޭ

    އެންމެ ޅަ އިރުއްސުރެ މުސްކުޅި ބުއްޑާ އަކަށް ވީއިރުވެސް ބާޣީ އެއްގެ ގޮތުގަ! ބާޣީ ޢާއިލާގެ ބޮޑު ބާޣީ!

  41. ނަން ހާމަ ނުކުރުމަށް އެދެން

    މީގެ ކުރިން އެތަށް ފަހަރަކުވެސް މަނިކުފާނު ވަނީ ދިވެހިންގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމުގެ ޝަރަފު ހޯއްދަވާފަ ކަން ނުރުހުމާއި އެކު ފާހަގަ ކޮއްލަން . ދެން އަހަރުމެން މިތިބީ އެފުރުސަތު މަނިކުފާނަށް ނާރުވަން ނިންމައިގެން ކަން މިފުރުސަތުގައި ބުނެލަން

  42. އިއްބެ

    މީނަ ޕޮލިހައްހާޒިރުކޮށް ތަހުގީގުކުރަންޖެހޭ.

  43. ހުސޭނުބޭ

    ކެފަފާ ޢާއިލާގެ 16 ސިކުނޑިއެއް އެއްފަޅި ވާވެ މޮޔަވެއްޖެ!!

  44. ސަޢީދު

    މި ފަދަ ޚާއިނުން ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ނަގާލަން އުޅޭ އިރު ވެސް މި ފަދަ ޣައްދާރު ޚާއިނުންނަށް ހެއްލޭ ބަޔަކު ވެސް މި ރާއްޖޭގައި އުޅޭކަމާމެދު ޚައިރާންވޭ. މި ފިތުނަވެރި ބައިގަނޑަކީ ދިވެހި ތާރީޚު ދުށް ނުވަވަނަ ޙަސަން ރަސްގެފާނަށްވުރެ މާ ނުރައްކާތެރި ޚާއިނުން. މި ފަދަ ޚާއިނުންގެ އަތް މައްޗަށް މި ރާއްޖެ ގެންގޮސް އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކާރެއް މިތާ ގާއިމުކޮށް މިތަން ތަރައްގީ ވިޔަ ނުދޭން ގާސިމާއި ޑރ. ޖަމީލު ވެސް ފޫގަޅަިގެން އުޅޭތީ ހަމަ ހައިރާންވޭ. އަމިއްލަ އެދުން ބޮޑަސް އެ ބަޔެއްގެ ގައުމު ދެކެ މިހާ ރުޅިއަންނަ ބަޔަކު މުޅި ދުނިޔޭގައިވެސް ނެތް. ފިތުނަފަސާދަ އުފައްދައިގެން މުޅި ގައުމު ސުންނާފަތިކުރެވޭތޯ މި ޚާއިނުންތައް މި އުޅެނީ މި މީހުން މަރުވީމާ އަލުން ދިރުއްވާނެކަން ގަބޫލު ނުކުރާތީބާ!!

  45. މޯލްޑިވިޔަން ޕެޓްރޮއިޓް

    ކަލޯ އިންޑިޔާ ސަރުކާރުން ކުރާ ކަންކަން ބަލާބަލަ. އެންމެ ފަހުން ޔޫ އެން އިން އެނެރުނު ރިޕޯޓުގައި އެއޮތީ ކަސްމީރުގައި އިންޑިޔާއިން އިންޑިޔާ އެތަށް ހާސް ރައްޔަތުން މަރާ އަދި 6000 އަށްވުރެ ގިނަ މީހުން ނަށް ބޮނޑެތި އަނިޔާތަށް ދީ ލޯކަނު ކުރިވާހަކަ. މިނުބައި ގައްދާރު ހިތަށް އަރަކާހަލަ ދިތައްކާ ވާހަކައިން އިންޑިޔާއިން މިގަުމަށް އަރާފާނެ އޭ. ހަމަހިލާ މިގައުމުގެ އިސްތިގުލާލާ ނުކުޅެވޭނެ. ނަސީމޫ މިގައުމަށް ތީ އަބަދުވެސް ގައްދާރެއް.

  46. އަފީފު

    16 ކީއްކުރަން 61 ރަށް ޗައިނާއަށް ދީގެން ނަމަވެސް، ކެރަފާ ނަސީދުގެ ކިބައިން މި ގައުމު ސަލާމަތްކުރަންޖެހޭ

  47. ޝަމްސުއްދީން

    ޗައިނާއަށް ރަށްތައް ދިނުމަކީއިންޑިޔާ އާއި އިންޑިޔާކަނޑަށްއޮތް ނުރައްކަލެއްނޫން. އެއީ ކެރަފާ ނަޝީދަށާ ކެރަފާ ނަސީމަށްއޮތް ނުރައްކަލެއް.

  48. އަހްމަދު

    ނަސީމު މިހިރަ ކޮމެންޓްތައް ކިޔާފާ އަދިއެއްފަހަރު އިންޑިޔާގެ ނޫހަށް އިންޓަވިއުއެއް ދީބަލަ. އޭރުން އިންޑިޔާމީހުންނަށް ނަސީމު ރަނގަޅަށް އެނގޭނީ.

  49. ސަޒާ

    އަދިވެސް އިތުރު ރަށް އެބަހުރި ކީއްވެ އަދަދު އިތުރުކޮށްނުލީ. ކެރަފާ ނަސީމުއާތަ ޗައިނާއިން ވާހަކަދައްކަނީ

  50. ޒާ

    ތިޔަ ފޮޓޯއިންވެސް ދޭހަވޭ ތިމާހުރީ ކޮން ހާލަތެއްގައިކަމާއި ދެން ދެއްކޭނީ ކޮންކަހަލަ ވާހަކައެއްކަން.

  51. މިލިޓަރީ

    މި ނަޝީދުމެންނަ ވެރިކަން ދިނުމަކީ މިރާއްޖެ ފުޑާލުން.

  52. ހުށޭނު

    ކަލޭ ތީ ފާދިރީ އެއްތަ؟ ފާލު ބަލާ މީހެއްތަ؟ މާ ގިނައިން އިނގިރޭސި ފިލުމު ބެލެނީ ދޯ؟ ނޫނީ ބޮވޭ ކެވޭ އެއްޗިސް މަދީ ދޯ؟ ނޫނީ މާ ބޮޑަށް މުސްކުޅިވީ ދޯ؟ ތި ދެން ކާކުތަ މާ ރައްޖެއަށް ހެޔޮ އެދޭ މީހަކަށް ވެގެން އުޅެން؟ ބްލަޑީ ފެއިލިއަރ!!!!!

  53. Anonymous

    އަހަރުމެންނަށް ހެޔޮ 100 ރަށުގައި ޗައިނާ މީހުން މިލިޓަރީ ބޭސް އެޅިޔަށް. އެކަމަކު ކަލޭމެންގެ ބަލާއިން އަޅަމެން ސަލާމަތަް ކުރައްވާށި. އާމީން

  54. އަބްދުއްލާ

    ކެރަފާ ނަސީމާ ކެރަފާ ނަސީދާ ދެމީހުންގެ މައްޗަށް މާއިދާސޫރަތުގެ 33 ވަނަ އާޔަތުގައިވާ ހުކުމް ގާއިމުވާން އެބަޖެހޭ

  55. ޏަމްޏަމް

    މީނަ މިހުރީ ޖިންނި ބަލި ޖެހިފަ އަވަހައް އިޒްރާޢީލަށް ފޮނުވައިގެން އަނގަޔަށް ސޮލީބު ލައްވާ އެއިރުން މީނަ ކިރިޔާވެސް ރަނގަޅު ވާނީ ....އަވަސްކުރޭ އެމްޑީޕީ ފަހުލަވާނުންނޭ.

  56. އިންމަބެ

    ޗައިނާގެ ދިފާއީ ބާރު މާ ވަރުގަދަ.. އަހަރުންނަށް އޯކޭ.. މާރަންގަޅު.. ދިފާއީ ބާރު ވަރުގަދަވީ

  57. ކައުންސެލަރު

    ކަލެއަށްކީއްތަ؟ ކަލެއަށް އެކަމެއްވެސް ނުތްވެއްނު

  58. ައަބުއާ

    ވަޓް އަ ޖޯކް.

  59. ޑޮންލު

    ޢޭރުވެސް ކެރަފާ ނަސީމުމެން ވި ޤައުމަށް ޤައްދާރު ، މިހާރުވެސް ބަސްމަގު ހުރީ ޤައްދާރުންގެ ސްޓައިލަށް.. 3 ނޮވެމްބަރު މަތިޖަހާ ފޮރުވަން އުޅުނަސް ނުފޮރުވޭނެ.

  60. ނައީމް

    ކިތައްފުޅި އެތެކޮށްލާއިގެންތޯ؟