މި މަހު ދިހަ ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ވޯޓާސް ލިސްޓަށް ލިބުނު ޝަކުވާތަކާ ގުޅޭ މައްސަލަތައް އިސްލާހު ކުރުމަށްފަހު އާ ލިސްޓު އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު އާންމު ކުރާނެ ކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިމަހުގެ ހާމަކުރި ވޯޓާސް ލިސްޓަށް ޖުމްލަ 1778 ޝަކުވާއެއް ހުށަހަޅާފައިވެއެވެ.

"ވަގުތު" އާއި ވާހަކަ ދައްކަވަމުން އީސީގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ކުރިން ނެރުނު ލިސްޓަށް ހުށަހެޅި ޝަކުވާތައް އިސްލާހު ކުރުމަށްފަހު ޖުލައި އެކެއް ގައި ނެރޭނެ ކަމަށެވެ.

"އާ ލިސްޓަށް ވެސް ޝަކުވާ ހުށަހަޅަން ދިހަ ދުވަހުގެ މުއްދަތެއް ދޭނެ. އެގޮތުން އެލިސްޓަށް ޝަކުވާ ހުށަހެޅުން އަންނަ މަހުގެ 02 އިން 12 އަށް ހުޅުވާލާނެ" އަކްރަމް ވިދާޅުވިއެވެ.

އިންތިޚާބާއި ބެހޭ އާންމު ގާނޫނުގައިވާ ގޮތުން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ހިމެނިފައިވާ ނުވަތަ ހިމެނިފައިނުވާ މައުލޫމާތުތަކާ ގުޅޭ ގޮތުން، ނުވަތަ އެ ރަޖިސްޓަރީ ސައްހަ ކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނި އިތުރަކާ ގުޅޭ ޝަކުވާ އުފުލުމުގެ އިހުތިޔާރު ކޮންމެ ރައްޔިތަކަށް ލިބިގެންވެއެވެ.

ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހުއެވެ. އިންތިހާބު ބޭއްވުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާ ކުރަމުންނެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ޖަމިއްޔާތަކާ އެކު ވެސް އަންނަނީ ބައްދަލުވުންތައް ބާއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުންޏޭ ބުންޏޭ

    ޝަރީފުބުނި މިހާފައްކާ ފުރިހަމަ ލިސްޓެއްދުވަހަކުވެސް ބަޔަކުތައްޔާރުކޮށްފަ ނުނެރޭނެއޭ އަދި ބަޔަކަށްނުވެސްނެރެވޭނެއޭ ،،، އަބަދުވެސް ކުޑަކުދިންކައިރީގަދައްކަކަހަލަވާހަ އަރާތިބެދައްކާނެ . ވަރަށްފޫހި ... ވަރަށްކަޑަ

  2. ހަސަން މ

    އިއެއްޗެ ނެރޭއިރު ތަންކޮޅެއްބަލައި ލާނަމަ މހެނެއްނުވީސް ލަދުން ބޯ ހަލާކު ތަންކޮޅެއް ސިސްޓަމިޓުކޮއް މިކަންކުރާނަމަ މިހެނެއްނުވީސް