މާލެއިން ގިނަ އަދަދެއްގެ ބަނގުރާ ދަޅު އަތުލައިގަނެފިއެވެ.

ފުލުހުން ވިދާޅުވީ ގަވާއިދާ ހިލާފަށް މާލެއަށް ބަނގުރާ އެތެރެކޮށް ބަނގުރާގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި 732 ދަޅު ބިޔަރު އަތުލައިގަނެފައިވާ ކަމަށެވެ.

އެތަކެތި އަތުލައިގަނެފައިވަނީ މާލޭގެ ގެ އަކާއި ގަރާޖެއް ބަލައި ފާސްކުރުމުގެ ތެރެއިންނެވެ.

މި މައްސަލައާ ގުޅިގެން 35 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.