ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ ރޮލެކްސް ގަޑި އާއި ލަގްޒަރީ އެޕާޓްމެންޓާއި 70 މިލިއަން ރުފިޔާ ދައުލަތަށް ނަގަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.
މިދިޔަ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ނިހާންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ހިމެނޭ ގޮތަށް ހަ ދައުވާއެއް އުފުލާފައިވެއެވެ. މިއަދަށް އެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލު ކުރި ނަމަވެސް ފަހުން ވަނީ އަޑުއެހުން ކެންސަލް ކޮށްފައެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލާގައި ދައުލަތަށް ނަގަން އެދިފައިވާ މުދަލުގެ ތެރޭގައި ހިމެނޭ ނިހާން ގަތް ރޮލެކްސް ގަޑިއާއި އެޕާޓްމަންޓްގެ އިތުރުން، 70،745،291 ރުފިޔާ ހިެނޭ ކަމަށެވެ.
އެ ތަކެތި ދައުލަތަށް ނެގުމުން ޚިޔާނާތުގެ ފައިސާއިން ދައުލަތަށް ގެއްލުނު ބައިން އެ އަދަދު އިއާދަ ވާނެ ކަމަށް ޝަމީމް ލިޔުއްވާފައިވެއެވެ.
އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ވިލިމާލެ ދާއިރާ ތަމްސީލް ކުރެއްވި ނިހާންގެ މައްޗަށް ވެސް ޚިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި ކަމުގެ ތުހުމަތު ކުރެވޭއިރު، އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ. ނިހާން މި ތުހުމަތުތަކައް އިންކާރު ކުރައްވައެވެ.
ނިހާނަށް ލިބުނު ފައިސާގެ ތަފުސީލުތައް އޭނާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މާލީ ބަޔާންތަކުގައި ވެސް ހިމަނާފައި ނުވާ ކަން ޕީޖީ އޮފީހުން ފާހަގަކުރައްވައެވެ.
އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސާލަގައި މިހާތަނަށް ހުކުމަކާ ހަމައަށް ގެނެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އެކަންޏެވެ.
ޚިޔާނާތުގެ ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި އޭގައި ބައިވެރިވެވަޑައިގަތް ކަމަށް އެއްބަސްވެވަޑައިގެންފައި ވަނީ އެ ކަމުގެ މޭސްތިރިންގެ ގޮތުގައި ތިއްބެވި އަދީބާއި ޒިޔަތު އެކަންޏެވެ. ރައީސް ޔާމީންގެ ވެސް ޚިޔާނާތުގެ ތުހުމަތަށް އިންކާރު ކުރައްވައެވެ.
ޒިޔަތުގެ މުދަލާއި އަދީބުގެ މުދަލާއި ޔާމީންގެ މުދާވެސް ދައުލަތަށް ނަގަން އެދެންވާނެ
ވަކިމީހަކަށް ވަކި ގޮތަކަށްތަ ތި ދައުވާ ކުރަނީވެސް
ޔާމީނު އެކައުންޓައް އަދީބު ވަގު ޖަމާކުރި ފައިސާ އެހެރީ ދައުލަތުގެ ބެލުމުގެ ދަށުގަ ދެން ކޯއްޗެއް ތިހާވަނީ
އެމްޑީޕީ އިން ތިވައްކަން ކުރިމީހުންގެ ޝަރީޢަތް ކުރަންނުކެރިގެން އުޅެނީ ކީއްވެ؟ތީގައި އެމްޑީޕީ އަށް ނިސްބަތްވާ އެތައްބަޔަކު ތިބި އިރު އެމީހުންނާ މެދު ޝަރީޢަތް ނުކުރެވިގެން އުޅޭޝަރީޢަތުގެ ހުރަހަކީ ކޮބާ؟
ހުރަހަކީ އުންސުރު ޝަމީމު. އުންސުރު ގެއްލެނީ އެމްޑީޕީ ވީމަ،
ޕީޖީން ކޯޓް ކޭސްތަށް ބިޑް ކޮށްގެން ގެންދާ އުސޫލެއް ނެއްތޯ ؟
ކެޔޮބެގެ ޒަ މާން ދިއައީ ތި
އަދީބު ވަގު ގިނަބަޔަކަސްފައިސާދީ ޤައުމު ހަލާކުކޮލައިފައި ގޭގަ މެޝިނުތެރޭ ބާއްވަން ލަދެއްނުގަނޭތަ އަދީބުވަގު ވަނީ މިފައިސާއިން ދިޔާއެއްޗިއްސާ ކާރާ، ސައިކަލާ ލޮލުއަޅާ އަނދުން ގަނެދީފައި އެމީހުން ކުއްވެރިނުވާނެ އިންސާފުކޮބާ
ކޮބައިތޯ ލިސްޓްގައި އޮތްހާގާތް ރައްޓެހިން
އެމްޑީޕީން ޢަލީ ވަޙީދަށް ދިން ގޯތީގެ މައްސަލަވެސް ބެލެންވާނެ. ބަލާނެ ދުަވަހެއް އަދި އަންނާނެ. ޕީޖީ ޝަމީމަށް އަދީބު ދިންފައިސާވެސް ބެލެންވާނެ. ޝަމީމު މާލީ ބަޔާން ހުށަނާޅާ މައްސަލަވެސް ބަލަންވާނެ. ބަލާނެ. ވައްކަންކޮށްގެން ވަކި ބަޔަކަށްތަ އަރާމު އުޅެވެނީ.