ބިރަށް ނޫނެކޭ ބުނެ "ބިރު" ފަހަނައަޅައި ދާންޖެހޭކަމަށާ މިއަހަރު މިވެރިކަން ނިމޭނެކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ 3 ވަނަ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތަށް އިނގިރޭސިވިލާތުގައި ހުންނަވައިގެން ޑރ.ޖަމީލު ފޮނުއްވާފައިވާ ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައިވަނީ ރާއްޖެއަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގައުމުގެ ވެރިކަންކުރައްވަން ވަޑައިގަންނަވާ ވެރިން ރައްޔިތުން ދެކެ ބިރު ގަންނަ ގަތުންކަމަށެވެ.
ޑރ.ޖަމީލް ވިދާޅުވީ ގާނޫން އަސާސީ ނެގެހެއްޓުމާއި ކޯޓުތަކުންކުރާ ހުކުމްތައް ދެމެހެއްޓުމާއި، މިނިވަން މުއައްސަސާތައް ހިމާޔަތްކުރުމަކީ ސިފައިންގެ މަސްއޫލިއްޔަތެއްކަމަށެވެ.
ޑރ.ޖަމީލް ވިދާޅުވީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި، ބަލާލި ކޮންމެ ދިމާއަކުން މިއަދު ފެންނަމުންދަނީ ބިރުގެންފައި ތިބި މަންޒަރުކަމަށެވެ.
"އަދުލްއިންސާފަށް ގަންނަ ބިރު، މި ބިރުގެ ތެރެއިން މުޅި ގައުމު މިވަނީ ބިރު ގަންނަވާލާފައި، ޝަރުއީ ނިޒާމު ވަނީ ބިރު ގަންނަވާލާފައި، މިބިރުގެ ތެރޭގައި ސިފައިންނާއި، ފުލުހުން ވަނީ ބިރުގެންފައި، ގާނޫނު ނެގެހެއްޓުމަށް ފުރަގަސްދީފައި" ޑރ.ޖަމީލް ވިދާޅުވިއެވެ.
ރައްޔިތުން މިއަދު ބިރު ފަހަނައަޅާ ދާންޖެހޭކަމަށާ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުން ހިތްވަރުދައްކާ ކާމިޔާބު ހޯދާނެކަމަށާއި މިހާތަނަށް ރާއްޖޭގައި ވެރިކަންކުރެއްވި ހުރިހާ ވެރިންނަށްވެސް ދިމާވި މައިގަނޑު މައްސަލައަކީ ރައްޔިތުންގެ ހައްގުތައް ދިނުމަށް ފަސްޖެހުން ކަމަަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ޝައްކެއްވެސް ނެތް ގޮތުގައި ކާމިޔާބު ލިބޭނެ. ދިވެހިންނަކީ ކުޅަދާނަ ބައެއް، ދިވެހިންނަކީ ހިތްވަރުގަދަ ބައެއް" ޑރ.ޖަމީލު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބަށް ގާސިމް އިއުލާން ކުރެއްވި ޖުމްހޫރީ ކޯލިޝަންގެ ރައީސްގެ މަގާމަށް ގާސިމް ހަމަޖެއްސެވި އިރު ނައިބް ރައީސްގެ މަގާމަށް ހަމަޖައްސަވާފައިވަނީ ކުރީގެ ނައިބް ރައީސް ޑރ.ޖަމީލެވެ.
ޖަމީލު ކަލެ މުރުތައްދު ވާ ކަހަލަ ވަހަކަ ނުދައްކާ މަޑުން ހުރޭ
ކަލޯ ރަމަޟާން މަސްވެސް ނިމިއްޖެ. ވެރިކަންނުވެއްޓުނު. ދެން އޮތީ މިއަހަރު މިއަހަރު މިވެރިކަންނިމި އާދައުރަކަށް ޔާމީން ހޮވޭނެވާހަކަދޯ ތިނުބީ
ޑރ ޖަމީލަކީ ސިޔާސީ ފާއިރާގައި އެއްވެސް
އުރައްޕެއް ހުރިމީހެއްނޫނެވެ ދޭތެރެއަކުން މީޑިއާގައި ކޮންވެސް ވާހަކައެއް ދައްކާލުންފިޔަވާ ކުރެވުނު އެއްވެސް ކަމެއްނެތެވެ މުޅިން ފޭލްވެފައިވާ މީހެކެވެ
ސިޔާސީ ހައްޕުނޑު
ކޮންކަމާ ބިރު ފަހަނައަޅާ ދާންޖެހެނީ!! ރާއްޖޭގެ ރައްޔިތުން ބިރުން ނޫޅޭ!! ބިރުން އުޅެނީ ކުށްކުރާ މީހުން ނުވަތަ މުޖްރިމުން!! ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ތަރައްގީ އާއި ތަމައްދުން!! އެކަން މިސަރުކާރުން އެބަކުރޭ!! ކުށްކުރާ މީހުން ޖަލަށްވެސް އެބަލާ މިސަރުކާރުން!! އެއީ މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި!! ޖަމީލު ތީ ނަޝީދު ވެރިކަމަށް ހޮވުނަސް ވެރިކަން ޙަވާލުނުކުރާނަމޭ ބުނެ ޑިމޮކްރަސީއާ ދިމާ އިދިކޮޅަށް ނާތަހުޒީބު ވާހަކަ ދައްކާފައި ހުރި މީހެއް!! އެހެންވީމަ ޑިމޮކްރަސީ އޭ ކިޔައިގެން ވާހަކަ ދައްކަން މާކަ ތާހިރެއްނޫން ޖަމީލު!! އަމިއްލަ އެދުމާއި ޒާތީ ޙަސަދަ ފިޔަވާ އިތުރު އެއްޗެއް ޖަމީލު ތިދައްކާ ވާހަކައިގެ ފަހަތުގައި ނެތް!!
ކަލޭ ނުބުންޏަސް އެނގޭ މި އަހަރު މިވެރިކަން ނިމޭނެކަން! އެހެންވެ އާ ދައުރަކަށް ވޯޓު ލާން ތައްޔާރު މިވަނީ!
ކަލޭކަހަލަ ފިނޑި ހައެއްކަ މީހުން ބިރުން ފިލާ ތިތިބީ! ދިވެހި ރައްޔިތުން މިތިބީ އުފަލުން ފޮޅިފަ!
ބިރު ފިލާ ދާންޖެހޭ އެކަމު އަޅުގަޑު މިހިރީ ބިރުން ފިލާގޮސް އިނގިރޭއްސިވިލާތުގަ. ދެން މީނާ ދައްކާ ވާހަކަ ގަބޫލު ކުރާނީކާކު؟
ދެންފިލާ ނުހުރެ ނުކުންނަވާ. މިވެރިކަމުން ލައްކަ ގިނަ ނަފާކޮށްފި. ޓިބޭފުޅުންގެ ވެރިކަމެއްގާ އޮތީ ކޮންކަމެެއް ރައްޔަތުންނަށް. ގާސިމަށް ރައްތައް ހޯދުމާ ޓެކްސް މަޢާފުކުރުމާ ދެން އެހނބޭފުލުން ނަފާ ހޯދެވުން. ޜައީސް ޔާމީން ފަރާތުން ލިބޭ ކަމަށް ބުނާ އަނިޔާެއަކީ ސިޔާސީވެރިން ބަޣާވަތްކޮށް އަމިއްލއަށް ހޯދާ އަނިޔާ. ޢެއްވެސް ޢަައްމު ރަައްޔަތަކަށް ކުރި އަނިޔާއެއް ދައްކާބަލަ. ޅިބުނީ ނަފާ. މާލެ ފައްކާ ކުރައްވައިފި. ާބުރިޖު އަޅުއްވައިފި. ބަނދަރުތައް ހައްދަވައިފި. ޢެއަރޕަޮރޓްތައް އަަޅުއްވައިފި. ޢާސަންދަ ހުސްނުވޭ. މަބޭނުމީ ޔާމީނު. ޞޯޓުދޭނީވެސް ޔާމީނަށް. ޖަމީލު ނައިބުކަމުގަ މަސްދަތުރު ކުރެއްވީވެސް އެއަރޓެކްސީ ދައުލަތުން ޗާޓަރު ކުރަައްވައިގެން.
ޖަމީލުއެވެ، ފުރަތަމަ ތިމާ ހެއްދެވިފަރާތަށް ބިރު ގަނެބަލަ، އަދި މިދުނިޔޭގެ އަރާމާ ލައްޒަތައް އުމުރު ދުއްވާނުލާ އާޚިރަތް ދުވަހަށް ބިރުގަނެބަލަ. ބިރުވެތި ވާންޖެހޭގޮތަށް ހެއްދެވި ފަރާތަށާއި އާޚިރަތް ދުވަހަށް ބިރުވެތިވާ މީހަކު ތިކަހަލަ ފިތުނަ އުފެދޭ ވާހަކަ ދައްކަން ބިރުވެތިވާނެ
ތިހެން ބުނާ މީހާ ތި އޮންނަނީ އިގިރޭސި ރާނީ ބޮނޑިބަތްތެލި ދަށުގައި ފިލާ! ކެކެކެކެކެކެ
މިއަހަރު ތިވާގޮތުން ބޮޑިބަތް ވެސް ކައްކާނެތާދޯ
ކަލޭވެސް ފޫގަޅައިގެން ތިޔަ އުޅެނީ މިތަން އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކާރެއްގެ ދަށަށް ގެންގޮސް މިރާއްޖެ ތަރައްގީވިޔަނުދީ ބާއްވަން އުޅޭ ކެރަފާ ގުރޫޕްގެ އަވައިގައި ޖެހިގެން ދޯ؟
ބިރުން ގޮސް ފިލާ އޮވެ އެނެން މީހުން ބިރުން ތިބިވާހަކަ ގޮވަނީ ހަމަ ރަގަޅަށްވެސް މޮޔަ ވީމާ ކަން ކޮއްމެ މީހަކަށްވެސް އެގޭނެތާ ދޯ!?
ބިރުފަހަނަ އަޅައިގެން ގޮސް ފިލާހުރި ބޮނޑު ފިނޑިޔެއްތީދޯ؟
ޣައިބުގެ ޢިލްމަށް ދައުވާ ކުރެވޭއިރުވެސް ނޭންގޭ ބޮޑު ޖާހިލު ޑޮކްޓަރު "ޖަމީލު"ހިތުން ވަރަށް ނުސްލިމުދޯ!؟
މީނާގެ ފެންވަރު ނިކަން ދެކިބަލާ.
ޣައިބުގެ ޢިލްމަށް ދައުވާ ކުރެވޭއިރުވެސް ނޭންގޭ ބޮޑު ޖާހިލު ޑޮކްޓަރު "ޖަމީލު"ހިތުން ވަރަށް މުސްލިމުދޯ!؟
މީނާގެ ފެންވަރު ނިކަން ދެކިބަލާ.
ކަލޭ ތިއީ ފެއިލަރުންގެވެސް އައްޕަ. މައިތިރިވެ ހުރޭ. ކަލެއަކަށްނޭނގޭ ބޮއްޅަބެ ކައިރިގަކަމެއް ނޫނީ ގާސިމްބެ ކައިރީގަ ކަމެއް ހުންނަންވީ. ދެފުށަށް ކެނޑިކެނޑި ހުރެ އުމުރު ހުސްކޮށްލާ
ވެރިކަން ނިމުނަސް ކަލެއަކާ ވެރިކަމެއް ހަވާލެއްނުކުރާނަށް.
ހިތްވަރުގަދަކަން ވާއެނގޭތާ؟ އިތުބާރުނެތްކަމުގެ ވޯޓް ނަގާވާހަކަ ބުނާއިރަށް ބިރުންގޮސް ދެކަމުއެކީ ހާޖަތައްދެވި ތިޔައޮތީ އިނގިރޭސި ވިލާތުގެ ވަލަށްވަދެފިލާ. އަޅެފަހެ މިލުއްޗާގެލަދުކޮބައިބާވައޭ ހިތައްއަރާ.
ދެން ކޮންވާހަކަ އެއް ދައްކާކަށް! އެއްވެސް މީހަކާ އެއްކޮށް އުޅެން އެނގޭ މީހެއް ނޫން! މައުމޫނާ، ނަޝީދާ، ވަހީދާ، ޔާމީން މީން އެއްވެސް ވެރިއަކާ އެއްކޮށް ނޫޅެވުނު މީހެއް ކޮން ބައިސާ އެއް ކަނޑާ ކަށް! ނުވާނެ އެއްވެސް ކަމެއް ތި ކަހަލަ ވިސްނުން ހުންނަ މީހުންނަކަށް! އުމަރު ނަސީރު އެއީ އޭގެ އަނެކަކު! މީހުންނަށް ޒާތީ ހަސަދަ ލައިގެން އުޅޭ މީހުންނަށް ކޮން ވެރިކަމެއް ކުރެވޭނީ!
ކަލޭ ބިރު ނުގަންނަ ނަމަ ބިރުގެ ވާހަކަ ތިޔަދައްކަނީ ކޮންކަމަކާތޯ؟ އަދި ނައިބް ރައީސް ކަންދިނީމަ އެވަރުމަދުވެގެން ބަގާވާތް ކުރަން އުޅެ ނާކާމިޔާބުވެ އެކަން ފަޅާއެރީމާ ފިލައިގެން ބޭރުގައި އަރުވާލެވިގެން ހުރީ ފަހެ ކޮން ކަމަކާތޯ؟ ބަލަ ގައުމު ދެކެ ލޯބިވާ ރަށްޔިތުން ނޫޅޭ އެވެރިންގެ ކުރިއެރުން ކަފުންކޮށް ގުރުބާންވެގެން ބޮނޑިބަތް ކާން. އެވެރިންނަށް މިހާރު ޓެކްސް ބޮނޑިބަތާއި ގޮށްރީނދޫ ބޮނޑިބަތް ކަމަކުނުދޭ. މިހާރު ހުރި ގައުމުގެ ހުރި ވެރިޔަކީ އާދައިގެ ވެރިޔެއް ނޫންކަން ކަލޭމެން ޔަހޫދީވިސްނުން ހުންނަ މީހުން ދަންނާނެ. އެމަނިކްފާނު ކަލޭމެން ދައްކާ ކޮސް ބޭކާރު ވާޙަކަ އަޑު ނައައްސަވާ މިހާރުވެސް މަޝްރޫއު ތަށް އިފްތިތާހު ކުރުމުގައި ޔާއި ކެންޕޭނުގައި އަވަދިނެތި އެއުޅއްވަނީ. ކަލޭެންނަކީ ސިޔާސީ ކުނިބުނި. ފުރުސަތު ލިބި ކަމެއްނުކޮށްދެވުނީ ރަށްޔިތުން ގެ މައްސަލައަކުން ނޫން އެއީ ކަލޭމެންނަށް ސިޔާސީ ތަންދޮރު ވަކިނުވާތީ.
ހަމަތި އަގައިން ނެއްނޫންތަ ބުނީވެރިކަން ލިބުނަސް ހަވާލު ނުކުރާނަމޭ އެއީ ކޮން އަސާސަކައް ކޮންގާނަކައް ބަލާފަ ދެއްކިވާކައެއް އަގަނުހުޅުވިއްޔާ މާރަގަޅު ވާނެ
މިތިބީ ބިރު ފަހަނައަޅާގޮސް.. ރައީސް ޔާމީނާއެކު.. ދެން ކިހިނެއް ހަދަންވީ..؟
މަށެއްބޭނުމެއް ނުވޭ މިވެރިކަން ނިމޭކަށް ޔާމިން ބަރާބަރު އަދިވެސް ޔާމީނައް މިގައުމް ހިންގޭނީ ކޮންމެވެރިކަމެއްގަވެސް ކަޓްނަގާނެކަމައް ބަލަންވާނީ އިހުލާސް ތެރިން ނަކައް ވެރިކަމެއް ނުކުރެވޭނެ ކަމައް މަގަބޫލް ކުރަނީ
އަހަރުމެން ނުގަނޭ ކަލޭދެކެ ބިރެއް ވަރަށް ވާހަކަ މިބުނީ
ރައީސް ޔާމީންގެވެރިކަމަކީ މިހާތަނަށް ދިވެހިންދުށް ދިވެހިންނަށް އެންމެ ސާދާ ، އެންމެ ކަންކޮށްދޭ ، ކަންކުރާ ، އެންމެ އަމާންކަންލިބުނު ، އެންމެ މުއްސަދި ، އެންމެ ތަރައްޤީވި ، އެންމެ ފައިދާވި ވެރިކަން! މާތްﷲގެ ރަޙްމަތްފުޅާއެކު ބޮޑިބަތޭމެން ތިގޮތަށް ފެލިފެލިތިއްބާ 2018 ގެ އިންތިޚާބުން ރައީސްޔާމީން ހޮވާފަ ދައްކާނަށް! ދަށްވެގެން 60 ޕަސެންޓް އިންޝާއަﷲ!
ޖަމީލޫ އަދިވެސް ބިރުންދޯ ތިހިރީ؟ އަހަރެމެން ނޫޅެން ކަމަކާ ބިރަކުން. ތިމާ ބިރުގަންނަވަރުން އަދިވެސް ބިރޭ ބިހޭ ކިޔަނީ.
ބިރު ކަނދާލާފަ ނާދެވިގެން އުޅެނީ ކީއްވެބާ!
ޖަމީލްގެ ނަމުގެ ކުރިޔަށް ޑރ. ކިޔަން ލަދުގަނަންޖެހޭ.. ސަބަބަބީ ރައްޔިތުން ބިރުފަހަނަޅާ ދަން ބުނާއިރު ޖަމީލް ތިޔަގަންނަ ބިރު ފަހަނާ ފުރަތަމަ ޖަމީލް ދާންވީނު. ޖަމީލް ދެކޭގޮތުގަ ބަޔަކަު ގާނޫނާ ޚިލާފަށް ޖަމީލް ބޭރުކުރިއްޔޯ.. ދެން ބޭރު ކުރީމަ ހަމަ ސާފު މީހެއްނަމަ އެސާފުކަން ދައްކައިގެން މި ގައުމުގަ ނުހުރެވުނީ ކީއްވެ؟ ސިޔާސީމީހަކަށްވެގެން މިފަސްގަނޑުގަ ރައްޔިތުންނާއެކު ހުންނަން ނުކެރިގެން ތިއުޅެނީ ކީއްވެ؟ ދެންވެސް ރައްޔިތުން ބިރުފަހަނަޅާގޮސް ގޭނި ހަލާކުވެގެން ބޮޑު ހޫނު މާތްގޮޑި ހޯދާފަ ޖަމީލު އޭގަ ބައިންދަންވީ އުތަ؟ ތިޔައީ ޑރ. ޖަމީލެއްނޫން. ތިޔައީ ބކ. ޖަމީލް .ބކ ކިޔަން ޖެހުނީ އެއްވެސް ސަބަބެއްނެތި އަބަދު ބިރުން ފިލައިން އުޅޭތީ ބިރުކުޑަ ޖަމީލް ތިޔައީ.
ތި ހީކުރަނީ އަދިވެސް މަމެން ގުނބޯ ހެއްދޭނެ ކަމަށްތަ؟ ބިރު ފަހަނަ އެޅީމަތަ ގޮސް ލަންޑަނުގަ ތިހުންނަނީ.
ފުރަތަމަ ޖަމީލު ބިރު ފަހަނައަޅައި ދާންވީނު ކީއްވެ ރައިއްޔަތުންނަށް ބިރުފަހަނައަޅައި ދާންގޮވަނީ މިހާރުވެސް ތިހުރީ ބިރުން ސިހި ސިހި ރ ޔާމީން ހޮވޭނެކަން ޔަގީންވެގެން އަހރުމެން ބޭނުމީ ތަރަށްގީ މިހާރު މިދެކޭ ތަރަށްގީގެ ބާނީ ރައީސް ޔާމީން ހޮވަން .
ރުންކުރުޖަމީލަށްފުރުސަތެއްނެތް
މާތްﷲގެއިރާދަފުޅުންޖަމީލުއެދޭހާކަމެއްނުވާނެ
ބޮނޑިބަތޭ ތިޔަބުނީ ތެދެއް މިއަހަރު މިވެރިކަމުގެ ފުރަތަމަ ދައުރުނިމޭނެ އަދި ދެވަނަ ދައުރަކަށް މިހާރު މިހުންނެވި، ހަލުވިތަރައްގީގެ ބާނީ ރައީސް ޔާމީން އިންޝާﷲ ހޮވިގެންދާނެ. ބޮނޑިބަތޭ ބުނާކަށް ބިރު ފަހަނައަޅައެއް ނުދެވޭނެ އެއްވެސް މަޚްލޫގަކަށް. އަބަދުވެސް ހުންނަންޖެހޭނީ މާތްﷲގެ ޙަޡްރަތުން ޢަފޫ ނުލިބިދާނެކަމުގެ ބިރުވެރި ކަމުގެ ތެރޭގައި. އެއީ އިންސާނުންނަކީ (މާތްﷲ މަޢުޞޫމްކުރަށްވާފައިވާ ބޭކަލުންފިޔަވައި) އަބަދުއަބަދު ފާފަތަކަށް އަރައިގަނެވިގަނެވި ތިބޭ ބަޔަކަށްވާތީ. މިސާލަކަށް ޚުދު ތިމާމީހާ ގެ އަމިއްލަ ނަފްސާމެދު ވިސްނާލަބަލަ. އަމިއްލަ އެދުމަށްޓަކައި އިސްލާމްދީނުގެ ދުޝްމަނު ކެރަފާ ނަޝީދުގެ ފަހަތަށްގޮސް ތިޔަހުރީ. ކިހާބޮޑުގޯހެއްތޯ؟ އަނެއްކާ ބޮނޑިބަތޭ އަކީ ނައިބުރައީސް ކަމުގެ ޒިއްމާވެސް ހިންގުންތެރިކަން ނެތުމުގެސަބަބުން އަދާނުކުރެވުނުމީހެއް. ސިފައިންލައްވާ ބޫޓުގެ ނާޑުވާ އައްސައިގެން ތިމާގެ އަރިހުބޭކަލުން ގޮވައިގެން ސަރުކާރުގެ ލޯންޗްކޮޅުގައި ކެޔޮޅުކަމުދިޔުން ކަހަލަ މުނިފޫހިފިލުވުމާ މަޖާކުރުމުގެ ތެރޭގައި އުޅެނިކޮށް މަގާމު ގެއްލުނީވެސް.
ޖަމީލު ނުުބުންޏަސް އެނގޭ މިއަހަރު ނިމޭކަން..
ބިރުފަހަނަ އަޅާ އެންމެ ފުރަތަމަ ޖަމީލު އާދެބަލަ ރާއްޖެ. ޢެއިރުން މަވެސް ބިރުފަހަނަ އަޅާ ޖަމީލު ފަހަތުން ނިކުންނާނަން