ޖުމްހޫރީ ޕާޓީގައި ހުންނަވައިގެން އަޑީ ރޭވުމެއްގެ ތެރެއިން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ކުރެއްވި މަސައްކަތަކީ އެނާގެ އިހުލާސްތެރިކަމާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ބުނެ، އެ ޕާޓީއާއި ނުގުޅޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕުން ވިދާޅުވެއްޖެއެވެ.

ނާޒިމް އާއި އޭނާގެ އެކުވެރިޔާ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ގެންދެވީ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެ ކަމަށް ބޭނުންވާ 3،000 މެންބަރުންގެ ސޮއި ހޯދެވޭ ވަރު ވުމަށް ފަހު ދެ ބޭފުޅުން ވެސް ވަނީ ޖޭޕީން ވަކިވެވަޑައިގެންފައެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވަނީ ނާޒިމްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުންނަށް ހިދުމަތްކުރަން ކަމަށް ބުނެ ޖޭޕީގައި ހުންނަވައިގެން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވީ ފޮރުވިފައިވާ އެހެން އެޖެންޑާއެއްގެ ދަށުން ކަމަށް ޝިޔާމް ތުހުމަތުކުރެއްވިއެވެ.

އަދި ޕާޓީއަށް ގައްދާރުވި މީހަކު ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށް ބުނެ ސިޔާސީ އާ ޕާޓީއެއް އުފެއްދުމަކީ ޖޯކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޝިޔާމް ގޮތުގައި ކާނަލް ނާޒިމާއި ރިޔާޒާ ދެ ބޭފުޅުންނަކީ ރައީސް ސޯލިހްގެ ވަރަށް އަރިސް ދެ ބޭފުޅުންނެވެ. ސަރުކާރާއެކު ބައެއް ވިޔަފާރީތައްވެސް އެ މެމްބަރުން ކުރައްވަމުންދާ ކަމަށް ޝިޔާމް ވިދާޅުވެއެވެ. އަދި މިއީ އެމްޑީޕީީގެ ޕްރައިމަރީ ޓިކެޓު ނުލިބެއްޖެ ނަމަ އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށްޓަކައި ރައީސް ސޯލިހް އުފައްދަވާ ޕާޓީއެއް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

ދާދި ފަހުން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެކަން އިއުލާނު ކުރައްވައިފައެވެ. އެމަނިކުފާނު ވާދަކުރައްވާ ނަމަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރައްވަން ރައީސް ސޯލިހަށް ދަތިވާނެ ކަމަށް ޝިޔާމް ގަބޫލު ކުރައްވައެވެ. ނާޒިމް ޕާޓީއެއް އުފައްދަނީ މި ސަބަބާއި ގުޅިގެން ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މި ޕާޓީގެ ފަރާތުން ރައީސް ސޯލިހް ދެވަނަ ދައުރަކަށް ވާދަކުރުމަކީ ގާތް ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ގޮތުން ޕާޓީއެއް އުފެއްދޭނީ މަދުވެގެން 3،000 މެންބަރުންގެ ސޮއި އީސީއަށް ހުށަހަޅައިގެންނެވެ. އޭރުން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބާއްވަން އީސީއިން ހުއްދަ ދޭނެއެވެ. އެ ޖަލްސާގައި މަދުވެގެން 300 މެންބަރުން ބައިވެރިވާން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މައިކް

    ތީހަމަ ތެދެއް ގަސިމް ޟިނަގެ އަތުގަހިފައިގެން ގޮސް ގޮޑިހޯދާދިނީމާ މިއަދު ގާސިމްގެ އައް ލަޑުދިނީ ދަގެތީމީހުން ގަސިމައް ވޯޓްދިނީވެސް ޟިނަޔަކައް ނޫން މީކާކުދެްން

    12
    1
  2. ޙުސޭ...

    ކޮބާއިތޯ އިޙުލާސްތެރި ބަޔަކީ.؟

    8
    4
  3. އަލްޖިބްރާ

    ތިޔަތާކު އިޚްލާސް ތެރިކަމޭ ކިޔާ ސިފަހުރި އެކަކުވެސް ނެތް !

    5
    9
  4. Anonymous

    ޢެއްވެސް އިޚުލާސްތެރިކަމެއް ހުރި ބޭކަލެއްނަމަ ރ. ޔާމީންގެ ވެރިކަމުގަ އެމަނިކުފާނު މި ނާޒިމު ބެހެއްޓީ އެމަނިކުފާނުގެ އެއްމެ އަރިސް އެއްމެ އިތުބާރު ބޭފުޅާކަމަށް ޔަގީންކޮށް، އެކަމަކުވެސް ކޮރޮޕްޓް އަދީބުއާއި ގުޅިގެން ރ.ޔާމީނުގެ ބުރަކަށީގައި ފިސްތޯލަ ވިއްދާލީ، މިފަދަ ޖަރީމާއެއް ހިންގީމަ ޝަރީޢަތްކޮށް ޙުކުމްކުރީމަވެސް ނުބައިމީސްވީ ރ.ޔާމީން، މިހާވަރުން މުޅި ގައުމަށް އޮތީ އިޚްލާސްތެރި މިންވަރާއި ޢައްދާރުވި މިންވަރު އެނގިފަ،

    14
    2
  5. ލުޓޭރުންގެ ސަރުކާރު

    ބަރާބަރު...ގުޅިގެންވެސްނުވާނެ... ތިއީ ރޔާމީނަށްގެ ދުޝްމަނުން..