މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ހެނދުނު ފައްޓަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ރައީސް ޔާމީންގެ މިދަތުރުފުޅުގައި މާލެ އަތޮޅު ތުލުސްދޫ އާއި މާފުށި އަދި ގުރައިދޫ އަށް ވަޑައިގަންނަވާނެ ކަމަށެވެ.

މިދަތުރުފުޅުގައި ރައީސް ޔާމީން ތުލުސްދޫ އާއި ގުރައިދޫގެ ބަނދަރު ހުޅުއްވައިދެއްވާނެ ކަމަށާއި އަދި މާފުށީ ރަށްގިރުން ހުއްޓުވަން ކުރިއަށް ގެންދެވި މަޝްރޫޢުގެ ނިމުން ފާހަގަ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މީގެ އިތުރުން ގުރައިދޫ ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަޝްރޫޢު ވެސް ރައީސް ފައްޓަވައިދެއްވާނެއެވެ.

ރައީސް ޔާމީންގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެމަނިކުފާނު މިއަދު ހަވީރު މާލެ ވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަނާ

    އަހަރެމެން ފަހުރުވެރިވާ ރައީސް. ﷲ މަނިކުފާނަށް ކާމިޔާބާއި ނަސްރު މިންވަރު ކުރައްވާށި. އާމީން

  2. Anonymous

    މިއީ ދިވެހިންގެ ނަސީބު، މިވެރިކަމުގައި ދިވެހިން ދުނިޔޭގެ ކުރިމަތީގައި އިސްޖެހިފައި ތިބެންޖެހޭ ޖެހުމަށް ނިމުމެއް ގެނެސް ދެއްވައިފި. ޝުކުރިއްޔާ ރައީސް ޔާމީން.

  3. އައިމިނަ

    ރައީސް ޔާމީނަކީ، މިހާރު ދުނިޔޭގައި ހުރި އެންމެ ކެރޭ އެންމެ ކާމިޔާބު ލީޑަރ. 2018 މަނިކުފާނަށް ކާމިޔާބު ކޮށްދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދުއާ ދަންނަވަން.

  4. ޖަމޭ

    ގަދަކަނޑެއްގައި، ދެދުވަހުން އެއްދުވަހު ބަޔަކު ބަޣާވާތް ކުރަން ނުކުތް އިރުވެސް މަނިކުފާނުގެ ހިތްވަރު ގަދަކަމާއެކު، މިގައުމު އަމާން ބަނދަރަކަށް ގެނެސްދެއްވައިފި. އިދިކޮޅު ޕާޓީއޭ ކިޔައިގެން ނުކުމެ ގައުމުގެ އިޖްތިމާއީ ފޭރާންވީދާ، ގައުމަށް އެއްވެސް ތަރައްޤީއެއް ގެނުވިއަނުދޭން މަސައްކަތް ކުރި ހާއިނުންގެ ނުބައިކަމާއެކުވެސް މަނިކުފާނުގެ ހިތްވަރު ގަދަކަމުން، ގައުމުގެ މަގުތައް އަމާންކޮށްދެއްވައި، ގައުމަށް ގެނެސްދެއްވި ތަރައްޤީއަކީ ކޮންމެ ދިވެއްސަކުވެސް ފަހުރުވެރިވާން ހައްޤު ކަންކަން. ޝުކުރުން ފުރިފައިވާ ހިތަކާއެކު، މަނިކުފާނަށް 2018 ކާމީޔާބު ކޮށްދެއްވުން އެދެން. އާމީން.

  5. ާަފިރާސާ

    ސާބަހޭ ރައީސް ޔާމީން