ޖުލައި މަހުގެ 28 އަދި 29 ވަނަ ދުވަހަކީ ސަަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ސަރުކާރުން ހަމަޖައްސަައިފިއެވެ.

މިއާއެކު އީދު ބަންދާއި، މިނިވަން ދުވަހުގެ ބަންދު އިތުރަށް ދިގުވެ، ބޮޑު ޗުއްޓީއެއް ސަރުކާރު މުވައްޒަފުންނަށް މި ވަނީ ލިބިފައެވެ.

ރައީސް އޮފީހުން ބުނީ، ރައީސް އެގޮތަށް ހަމަޖައްސަވައިދެއްވާފައި ވަނީ އަޟްޙާ ޢީދާއި، މިނިވަން ދުވަހާ ގުޅިގެން ޗުއްޓީގައްޔާއި އަދި އެނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނާއި، ބަންދު ދުވަސްތައް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމުގެ ގޮތުން ކަމަށެވެ.

އަދި މިގޮތަށް ހަމަޖެއްސެވުމުން، ބަންދު ދުވަސްތަކަށްފަހު ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ރަށްތަކަށް ދަތުރު ކުރުން މަނާކޮށްފައި އޮތުމަށް ފަހު މިހާރު ވަނީ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ދަތުރު ކުރުމުގެ ހުއްދަ ދީފައެވެ. ދަތުރު ކުރުމުގެ ހުއްދަ ދިނުމުން މިހާރު ވެސް ގިނަ ބަޔަކު ވަނީ ރަށްތަކަށް ފުރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. އައްމަޑޭ

  ވަރަށް ބޮޑަށް ޝުކުރިއްޔާ ރައީސް އިބޫ.

  16
  17
  • ހުސައިން

   ރައީސް އަކީ ހަމަ ބެސްޓް ވެރިއެއް!

   7
   11
 2. ހަބީބު

  ވަރަށްއުފާވެއްޖެ ރައީސް އަށް ވަރަށްބޮޑަށް ޝްކުރިއްޔާ

  9
  9
 3. ނަސީ

  ބެންކްތައް ހުޅުވަން އެބަޖެހޭ

  8
  1
 4. ޙުސައިން

  ރައީސް އަކީ އަބަދުވެސް ހިތްހެޔޮ ހިތްތިރި ވެރިޔެއް! މައްސަލައަކީ މިއުޅޭ ވެރިކަން ބޭނުންވާ އަންނި!

  14
  5
  • ާައާދަމުގެ ދަރި

   ހަ މަ ފައްކާ އިފްރީތެއް ދޯ

   3
   1
 5. ޙުސައިން

  ރައީސް އަކީ އަބަދުވެސް ހިތްހެޔޮ ހިތްތިރި ވެރިއެއް. މައްސަލައަކީ އަންނި!

  12
  6
 6. ސެންޗޯ

  ރައިސް ވަރަށް ބޮޑަށް ސުކުރިއްޔާ ﷲ ރައިސް އަށް ހެޔޮރަހުމަތް ލައްވާށިއެވެ އާމީން

  3
  1
 7. ޔ

  ޕްރައިވެޓް ތަންތާގައުޅޭ މީހުންނަށް އެއްވެސް އުފަލެއްނެތް

  4
  1