މިއަދު ރާއްޖެ އިން އިތުރު 170 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މުޅި ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު އިތުރުވި ނަމަވެސް މާލެ އިން ކޮވިޑަށް ފައްސިވީ 19 މީހުންނެވެ. މިއަދު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ބޮޑުތަނުން އިތުރުވީ ތަރައްގީ ކުރަމުންދާ ރިސޯޓަކުން 60 މީހުން ފައްސިވުމުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ވެސް މިއަދު 78 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން ހަތް މީހުން، ސަފާރީއަކުން އެކަކު އަދި އިންޑަސްޓްރިއަލް ރަށްތަކުން ފަސް މީހުން މިއަދު ފައްސިވިއެވެ.

މިއަދު 6750 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %2.22 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއަދު ފައްސިވި މީހުންގެ އަދަދު %2 އަށް އަރާފައި މިވަނީ ކޮވިޑަށް ފައްސިވާ މީހުންގެ ނިސްބަތް %1 ގައި ހުންނަތާ ހަތަރު ދުވަސް ފަހުންނެވެ.

މިއަދަކީ ޖޫން މަހުގެ 29 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު ފައްސިވި މީހުންގެ ޖުމްލަ އަދަދު އިތުރުވި ނަމަވެސް މިއަދަކީ މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އިން ދަށުގައި ހުންނަތާ 28 ވަނަ ދުވަހެވެ. އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އިން ދަށުގައި ހުންނަތާ އަށް ވަނަ ދުވަހެވެ.

މިމަހު ރާއްޖެ އިން އެވްރެޖްކޮށް ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ހުރީ 118 ގައެވެ. ޖޫން މަހު އެއަދަދު ހުރީ 313 ގައެވެ. ޖުލައި މަހު އެއަދަދު ހުރީ 1115 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިވެހި ދިދަ

    ބޯން އުޅުނު ބޮޑި އަނެއްކާ މިބޮވެނީ... މީވަރަށޤ މޮޅު މީހުން އުޅޭތަނެއް އެޗްއިއޯސީ އަކީ..އަސްލު ިޗުއްތީގަ ހަމަ ހިފަހައްޓާލަންވީ ފުރައިގެން ނުދެވޭގޮތަށް ..ދެން ނަގާ ރާޅު ވަރަށް ބޮޑުވާނެ... ތިބޭ އަތްޖަހާ ހެވިފަ..ދުއާއަކީ މިކަން އިތުރަށް ގޯސްނުވުން.
    އެޗްއިއޯސީގަ އުޅޭ ބައެއް މީހުން ހިތްފުރިއްޖެ..މިކަން ހުއްޓާލައިފިނަމަ ހިތް ހަލާކުވެދާނެ އެކިގޮތްގޮތުން.