22:25

ކޮވިޑް ޖެހިގެން ފިރިހެނަކު ނިޔާވެއްޖެ.

20:44

ގދ. ތިނަދޫން މިއަދު އިތުރު އަށް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

20:02

ގދ. ނަޑެއްލާއިން ކޮވިޑް-19 އަށް ޓެސްޓު ކުރި %90 އިންސައްތަ ސުންކު ފައްސިވެއްޖެއެވެ.

18:46

ކަރަންޓީންވުމަކާއި ނުލާ ރަށްރަށަށް ދެވޭ ގޮތް ވަނީ ހަމައެކަނި ވެކްސިން ފުރިހަމަކޮށް، 14 ދުވަސްހަމަވެފައިވާ އާއިލާއާއެކު ދާ ކުޑަކުދިންނަށް އެކަނި ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވެއްޖެ.

17:11

ކޮވިޑް-19އާ ދެކޮޅަށް ވެކްސިން ޖެހޭ، އާބާދީގެ %50 މީހުން ދެ ޑޯޒް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވެއްޖެ.

11:48

ވެކްސިން ޖަހާ ފަހުން ކޮވިޑް ޖެހިއްޖެނަމަ އަލާމާތްތައް ތަފާތު!

09:36

08:49

ކޮވިޑް-19: އެމެރިކާ އިން ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފަށައިފި.

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންތަކެއް އުފެއްދި، ވެކްސިންތަކުގެ ސަބަބުން ބަލިން ދިފާއު ވުމުގެ ކަށަވަރުކަން ލިބުނު ނަމަވެސް ވެކްސިން ބޭނުން ވަރަށް ފޯރުކޮށް ނުދެވުމުގެ ސަބަބުންނާއި އަދި ވެކްސިން ލިބޭ ގައުމުތަކުގައި ވެސް އެތައް ބަޔަކު ވެކްސިން ޖަހަން ބޭނުން ނުވާތީ ކޮވިޑްގެ ނުރައްކަލުން އަރައި ގަނެވޭނެ މަންޒަރެއް އަދި ގާތުން ފެންނާކަށް ނެތެވެ.

މިހާރު ގިނަ ގައުމުތަކަކުން ވެކްސިން އުފައްދަމުން ގެންދިޔަ ނަމަވެސް އަދިވެސް ވެކްސިން އެކަށީގެންވާ މިންވަރަށް ނުލިބޭ އެތައް ގައުމެއް އެބައޮތެވެ. ގިނަ ގައުމުތަކަކަށް ވެކްސިން ނުލިބިގެެން އުޅެނިކޮށް މިހާރު ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުން މިވަނީ ވެކްސިންގެ ތިން ވަނަ ޑޯޒެއް ދިނުމަށް ވެސް އޯޑަރު ދޭން ވިސްނަން ފަށާފައެވެ. މިއީ މެދުފަންތީގެ އަދި ފަގީރު ގައުމުތަކަށް ވެކްސިން ލިބުމަށް އަނެއްކާވެސް އެޅިގެން ދާނެ ހުރަހެކެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ވެކްސިން ޖެހުމުގެ މުހިއްމުކަން އިތުރުވެފައި ވާއިރު، ވެކްސިން ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް ފަސޭހަ ވެގެން އަންނަ މަންޒަރެއް ނުފެނެއެވެ.

ކޮވިޑްގެ ހާލަތައް ބަލާއިރު ގިނަ ގައުމުތަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަނެއްކާވެސް އަންނަނީ އިތުރުވަމުންނެވެ. ރާއްޖެ އިން ވެސް މިއަދު 170 މީހުން ކޮވިޑަށް ފައްސިވިއެވެ. ނަމަވެސް މާލެ އާއި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރާޖާ

    ވެކްސިން ތިބުނާ ގައުމު ތަކުން ހޯދަން ނޫޅެނީ. މިވެސް އޭގެ ގައުމެއް. ރައްޔިތުން އަތުން ޓެކްސް ނަގާ ވެރިން އެބޭނުން ކޮށް ތަނަވަސް ދިރިއުޅު އުޅެ، ނުހައްގުން އެފައިސާ ބޭނުން ކުރަމުން ދާ ކަމީ ފެންނަން އޮތް ކަމެއް. ތިބުނާ އެފްރިކާ ފަގީރު ކަމަށް ބުނާ ގައުމު ތަކަކީވެސް މައުދަން ތަކާ އެނޫން މުއްސަނދިކަން ހުރި ތަންތަން. ގިނަ ވެކްސިން އުޅެނީ 10 ޑޮލަރާ 30 ޑޮލަރާ ދެމެދުގައި. މި ގައުމުތަކަށް އެތަކެތި ވިއްކަން ގެނައިނަމަވެސް ޖަހަން ބޭނުންވާ މީހާ ޖަހާނެ. އެކަމު ސަލާން ޖަހާ ހިލޭ ސާބަހަށް ލިބޭތޯ. ހިލާ ލިބޭ އެއްޗެހިތަކަށްވެސް ގިނަފަހަރު އޮންނާނީ ގަންނަން ހިގާ ޚަރަދަށްވުރެ ޑަބަލް ގެނައުމަށް ކޮންމެވެސް ނަމެއްގަ ޚަރަދުކޮށްފަ.