ހިފަމުން ދިޔަ ހަނދުކޭތަކަކަށް ފަހު އައި ކަޅުފޮއެ މޫސުމަށް ފަހު މިހާރު އަލިވިލިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ތުލުސްދޫ ބަނދަރު ހުޅުވުމަށް މިހާރު ބާއްވަމުންދާ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ތަރައްޤީގެ ކޮންމެ އުފަލެއްގައި ބައިވެރިވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ބޮޑެތި މަޝްރޫޢުތައް ނިންމުމުގެ ރަސްމިއްޔާތުތަކުގައި ވަރަށް ގިނައިން ބައިވެރިވާން ޖެހިފައިވޭ. އަޅުގަނޑު ފަށާފައިވާ މަޝްރޫޢުތައް ނިންމައިދޭން އަޅުގަނޑު ބޭނުން." ރައީސް ވިދާޅުވިއެވެ.

ނަމަވެސް ހިފަމުން ދިޔަ ހަނދުކޭތަތަކުގެ ސަބަބުން މަޝްރޫޢުތައް ނިންމުމުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވުން ލަސްވި ކަމަށް ރައީސް ވިދާޅުވިއެވެ.

"މިކަންކަމަށް ފަހު ހައެއްކަ މަސް ހިނގައްޖެ ކަންކަން ހަމައަކަށް އަޅުވަން." ރައީސް ވިދާޅުވިއެވެ.

ކަންކަން ރާވާ މީހުން ރާވާ ގޮތައް އެކަންކަން ކުރިއަށް ނުދިޔައީ ﷲ ގެ ހެޔޮ މިންވަރުފުޅުގެ ސަބަބުން ކަމަށެވެ.

ރައީސް ވިދާޅުވީ ލޯނު ނަގައިގެން ވެސް ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް އެމަނިކުފާނު ކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަނޑު އަދިވެސް ލޯނު ނަގާނަން. ލޯނު ނަަގައިގެން، ނެތް ފައިސާ ހޯދައިގެން ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް އަޅުގަނޑު ކޮށްދޭނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލޯނު ނަގާ ވާހަކައާއި ނަގާ ލޯނު ނުދެއްކޭނެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކަނީ އުއްމީދެއް ނެތުމުން ކަމަށެވެ.

ރައީސް ކ.އަތޮޅުގެ ތިން ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ދެން ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އެ އަތޮޅު ގުރައިދޫ އަދި މާފުއްޓަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ހަމަ

    ކަޅުފޮއެ މޫސުމޭ މިހާރު ހިގަމުން މިދިޔައީބާ

  2. Anonymous

    ރައީސް ތިވިދާޅުވީ ވަރަށްބޮޑު ތެދުފުޅެއް. 1 ފެބްރުއަރީއަކީ، ނޮވެމްބަރ 3 އަށްވުރެ ބިރުވެރި ދުވަހެއް. ގައުމުގެ ވެރިކަން ވެއްޔާ މޮޑެލާ، ގައުމު ސަރަހައްދުގެ ބޮޑު ބާރަކަށް ވިއްކާލަން ރާވާ، ގައުމުގެ ހާއިނުން ގައުމަށް ވެރިވެގަންނަން ކުރިމަސައްކަތެއް. ﷲ ގެ ހެޔޮ ރަހުމަތްފުޅުން އެދުވަހު ދިވެހި ގައުމު ސަލާމަތްވީ. އެއީ، މިގައުމުގެ ރައްޔިތުންގެ އުޅުމާ ހެޔޮ އަޚްލާޤުގެސަބަބުން ﷲ ތައާލާގެ ދީލަތި މަދަދެއްކަމަށް އަޅުގަނޑު ގަބޫލުކުރާނީ.

    • ާަފިރާސާ

      ތިޔައީ ވަރަށް ބޮޑުތެދެއް

    • ޔޫސުބު

      ހެޔޮކޮށް ތިބުނީ....އެކަމު އިދިކޮޅޭމެން ބުނަނީ އެއީ ރައީސް ޔާމީންގެ ނުބައިކަމުން ވީ ކަންކަމޯ....ހުވާމިބުނި

  3. ދޮންކަލޯ

    ގައުމުގެ އަދުލްއިންސާފުގެ އެންމެ މަތީގައި ތިބި ބައެއް ގައުމަށް ގައްދާރުވެ ދުނިޔޭގެ ޖާހަށް ދީލާލުމުގެ ސަބަބުން 1 ފެބްރުއަރީ ވެގެންދިޔައީ ދިވެހި ގައުމުގެ މިނިވަންކަން ގެއްލިގެންދިއުމަށް ދިމާވި އެންމެބޮޑު ކާރިސާއަށް. އަލިރަސްގެފާނު ޝަހީދުކޮށް ގައުމު ޕޯޗްގީޒުންގެ ބާރުގެ ދަށަށް ދިޔަ ދުވަސްފަދަ ދުވަހެއް އެއީ. އެދުވަހު މިގައުމަށް ނަސްރު ދެއްވީ ﷲ ތައާލާގެ ރަހުމަތްފުޅުން. އަލްހަމްދުލިﷲ

  4. ނަޖްވާ

    ހޫން ތިޔެއް އިނގޭނީ ސެޕްޓެމްބަރަށް ފަހު!

    • Anonymous

      ކޮން ހޫން ބޫން އެއްލައްވާކަށް. ސެޕްޓެމްބަރ މަހަށްފަހުވެސް ކަލޭމެން ތިއެދޭގޮތަށް މިގައުމު ވިއްކައެއްނުލެވޭނެ. މިގައުމުގެ 80 ޕަސެންޓަށްވުރެ ގިނަ ރައްޔިތުންނަކީ ގައުމަށް ދެރައެއްދޭން ބޭނުންނުވާ މީހުން.

  5. ނަޒީރު

    ސެޕްޓެމްބަރ އަށް ފަހު ތިހެން އަހަރުމެން ތިކޮޅަށް ތި ބަސް ރައްދު ކުރާނަން އިރާދަ ކުރެއްވިއްޔާ

  6. ޔޫސުފް

    ޤައުމުގެ ޢަދުލްއިންސާފުގެ އެންމެ މަތީގައި ތިބި ބަޔަކު، ޤައުމަށް ގައްދާރުވެ ދުނިޔޭގެ ޖާހަށް ދީލާލުމުގެ ސަބަބުން 1 ފެބްރުއަރީ ވެގެންދިޔައީ ދިވެހި ގައުމުގެ މިނިވަންކަން ގެއްލިގެންދިއުމަށް ދިމާވި އެންމެބޮޑު ކާރިސާއަށް. އަލިރަސްގެފާނު ޝަހީދުކޮށް ގައުމު ޕޯޗްގީޒުންގެ ބާރުގެ ދަށަށް ދިޔަ ދުވަސްފަދަ ދުވަހެއް އެއީ. އެދުވަހު މިގައުމަށް ނަސްރު ލިބިގެންދިޔައީ ﷲ ތައާލާގެ ރަހުމަތްފުޅާއެކު ތިޔަ މަނިކުފާނުގެ ކެރިވަޑައިގަތުގެ ތެރެއިން ވަރަށް ވިސްނުންތެރިކަމާއެކު ކުރެއްވި މަސައްކަތުން. އަދި މިފަދަ ނަޞްރެއް ލިބުމަކީ، މިގައުމުގެ ރައްޔިތުންގެ އުޅުމާ ހެޔޮ އަޚްލާޤުގެ ސަބަބުން ﷲ ތައާލާގެ ދީލަތި މަދަދެއްކަމަށް އަޅުގަނޑު ގަބޫލުކުރަން.... އަލްޙަމްދުލިﷲ

  7. ޠޔޔ

    ކޮންމެސް ގޮތަކައް މޮޅުވާހަކަޔަކުން ހިތްހަމަ ޖައްސާލާ ބާކީ މަދު ދުވަސްކޮޅެއް މަނިކުފާނު ދައުރު ނިމެނީ...ސައިބޯނި ބޮކި

  8. ޙަފްޞާ / މާލެ

    އިރާދަކުރެއްވިއްޔާ 2018 ގެ އިންތިޚާބު ފުރަތަމ ބުރުން ރައީސް ޔާމީން ކާމިޔާބުކުރައްވާނެ!

  9. ހަނދުވަރު

    މަނިކުފާނުގެ މޫސުމާބެހޭ މަޢުލޫމާތު ހާދަދަށެވެ. ކަޅުފޮއެ މޫސުމުގައި ވެސް ކޮންމެ ދުވަހަކު އިރުއޮއްސުމަށްފަހު އަލިވިލޭނެ އެވެ.

  10. Anonymous

    ކުޑަކޮށް ގަމާރުވާނެ ތިރަށުމީހުން އެކަހަލަ ތަންތަނަށް ވަޑައިގަނެވޭނީވެސް

  11. އަޙްމަދް

    ހައްދަވާ ގެންގުޅުއްވާ އަޅަމެންގެ ވެރި "ރައްބް" އިބަ ﷲ އަޅަމެންގެ މައްޗައް ވެރިއެއްގެ ގޮތުގައި އިސްކުރައްވާފައިވާ މި މުސްލިމު ވެރިޔާ أمير، (عبدالله ޔާމީން) ޢަބްދުލް ޤަޢްޔޫމަށް އިސްލާމް ދީނުގެ މަތީ ކެތްތެރި ކަމާއި ޘާބިތުކަން މިންވަރު ކޮށްދެއްވާ ހިދާޔަތާއި ތައުފީޤް ދެއްވާ މިވެރިޔާ އާއި އިދިކޮޅު އެއްމެހައި ފަރާތް ތަކެއްގެ މައްޗަށް ނަޞްރާއި ކާމިޔާބު އިބަ ﷲ މިވެރިޔާ އަށް މިންވަރު ކޮށްދެއްވާ ފާންދޭވެأمين.

    • ޔޫސުބު

      އާމީން ޔާ ރައްބަލް ޢާލަމީން

    • އާލު

      އާމީން

    • މީ

      امين

  12. މަތާރަން

    އާމީން އިބަ އިލާހު އިސްލާމް ދީނަށް ހަޖޫޖަހާ ކީރިތި މޫރިތި ﷲގެ ރަސޫލާއަށް ފުރަށްސާރަކުރި ނުބައި ނުލަފާ ކެނެރީގޭ ނަޝީދުގެ ނުބައިކަމުން މިގައުމު ސަލާމަތް ކުރައްވާންދޭވެ.އާމީން

  13. ޏަމްޏަމް

    ލޮބުވެތި ރައީސް ތި ވިދާޅުވީ ތެދުފުޅެއް ގައުމާއި އިސްލާމް ދީނަށްޓަކައި މަނިކުފާނު ހޮއްވެވުމަށް އަޅުގަނޑުމެން އެއް އަޑަކުން އާނ ބަސްބުނާނަން ތައްޔާރުވެ ވަޑައިގަންނަވާ ﷲގެ އިރާދަ ފުޅުން ޔަގީން ޔަގީން........2018