ރައްޔިތުންގެ ޙައްޤުގައި ކުރަމުން ގެންދާ ހުރިހާ މަސައްކަތާއި، ރަށްރަށުގެ ތަރައްޤީ އަށް ކުރަމުން ގެންދިޔަ މަސައްކަތައް ވެސް ހުރަސް އެޅީ ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ތުލުސްދީ ބަނދަރު ހުޅުވުމަށް ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދުވެސް ރައީސް ޔާމީން ވިދާޅުވީ "ފެބްރުއަރީ 01 ގައި ކަންތައްތައް ރޭވި މީހުންނަށް ވެސް އެދުވަހު ރޭވި ގޮތައް ކަންތައްތައް ވެއްޖެނަމަ ދެން ކަންތައް ވާނެ ގޮތެއް ވިސްނިފައި އޮތް ހެނެއް ހިޔެއް ނުވޭ." ރައީސް ވިދާޅުވިއެވެ.
ރައީސް އިޝާރާތް ކުރެއްވީ ފެބްރުއަރީ 01 ގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ހަމީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އިސްވެ ތިބެ އިދިކޮޅު ފަރާތްތަކުގެ އެދުމާއި އެފަރާތްތަކުގެ ނުފޫޒު ބޭނުންކޮށްގެން ނެރުނު ކުއްލި އަމުރަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ ކަންކަން ނިންމާނީ ރައްޔިތުން ބާއްވާ އިންތިޚާބަކުން، ވޯޓަކުން ކަމަށާއި ބައެއްގެ ނުފޫޒު ކަމަކަށް ފޯރުވައިގެން އެކަން ނުކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުގެ މިސްރާބު ބަދަލު ކޮށްލަން ބަޔަކު މަސައްކަތްތަކެއް ކޮށްފި. ރިޔާސީ އިންތިޚާބަށް ދާއިރު އެކަންކަމާއި މެދު ވިސްނަން ޖެހޭ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގައުމުގެ ތަރައްޤީ އަށް ކުރަމުން ގެންދާ މަސައްކަތައް ނިމުމެއް ނެތް ކަމަށެވެ.
"އުއްމީދަކަށް ވާން ވާނީ ދިރިމެއް އޮވެއްޖެނަމަ ކުރިއަށް ދާންވާނެ ކަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 76000 ވަޒީފާ އަކީ ވެސް އެންމެ އެކަށީގެންވާ އަދަދެއް ނޫންކަމަށާއި އަދިވެސް އިތުރު ވަޒީފާ އުފައްދަން ޖެހޭ ކަމަށެވެ.
"ގެއްލުނު ވަގުތެއް ދެން އަނބުރާ ނުހޯދޭނެ. އާމްމުދަނީ ލިބެން އޮތް ގޮތަކުން އާމްދަނީ ހޯދައިގެން ކަންތައްތައް ކުރަން އެބަޖެހޭ." ރައީސް ވިދާޅުވިއެވެ.
ފެބްރުއަރީ އެކެއްގަ ހުރަސް ބޭނުން ނުކުރާ ދުވަހެއް ގޮތުގަ ހަދަންވީނު
އެއިރުން އާބާދީ އިތުރިބާނެދޯ
ދަރަނިވެގެން ވެސް ތަރައްގީ ހޯދައިދޭނަން ކަމަށް މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ރައީސް ވިދާޅުވުން އެއީ މަމެން އުފާ ކުރާ ކަމެކޭ. ދަރަނިވެރިވެގެން ވެސް މަމެންގެ ސަރުކާރުން ބައްލަވަންވީ ތިޔާ ދަ ރާއްޖެތެރެއަށް ބޮޑެތި ކެޕިޓަލް އިންވެސްޓް ކުރުމުގެ ބަދަލުގައި މާލެ ސަރަަހައްދަށް ބޮޑެތި ކެޕިޓަލް އިންވެސްޓް ކުރުމަށެވެ. އެގޮތުން ބަލާއިރު މާލެ ސަރަހައްދުގައި އޮތް ގުޅިފަޅު ހިއްކާލާ ތިލަފުށި ހިއްކާލާ އަދި އެތަނުން މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ކޮންމެ އަމިއްލަ ކުންފުންނަކަށް 3000 އަކަފޫޓް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ކުއްޔަށް ދޭންވީ 1 ޓްރިިލިއަން އަކަފޫޓް ކުއްޔަށް ދެވެން ދެން. އެއިރުން މަހަކު 1 ޓްރިލިއަން ރުފިޔާ ލިބޭނެ ކުލީގެ ގޮތުގައި އެެއިރުން ޖީއެސްޓީ އުވާލާ ބީޕީޓީ އުވާލާ ކަސްޓަމްސް ޑިއުޓީ އެންމެ %3 އަށް އެތެރެ ކުރާ ހުރިހާ މުދަލުން ނެގީމާ ނިމުނީ އެއް ނޫންތޭ. ދޫނުކުރާތި މިކަން ކާމިޔާބު އެކޯ އިން އެރައުންޑް ދި އޯޑިއެންސް ސޭސް ވީއާރ ގޮނާ ޗޭންޖް ދަ ގޭމް ވީވިލް..
ފެބުރުއަރީ 1 ގައި ހުކުންކުރީ ބައެއްގެ ޝަރީއަތް އަލުން ކުރުމަށް އެއީ ދެން ބޮޑު ބަގާވާތަކަށް ހެއްދެވީ ތިބޭފުޅާ، އެއީ ބަގަވާތަކަށް ވީގޮތެއް ރައްޔިތުންނަކަށް ނުވިސްނޭ
ދަރަނިވެގެން ވެސް ތަރައްގީ ހޯދައިދޭނަން ކަމަށް މަމެންގެ ރައީސް ވިދާޅުވާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. މާލެ ސަރަަހައްދަށް ދަރަނިވެރިވެގެން ވެސް ތަރައްގީ ގެންނަން ކުރާ މަސައްކަތް ތަކަކީ އެއީ ދަރަނި ވެރިވުމެއް ނޫނޭ މިސާލަކަށް ގުޅިފަޅުހިއްކާ އަދި ތިލަފުށި ހިއްކާލާ އެތަނުން ބިން ތައް އަކަފޫޓަކަށް މަހަކު 1 ރުފިޔާ އަށް ކުއްޔަށް ދެމުން ގޮސް ސަރުކާރަށް މަަހަކު ލިބޭ އާމްދަނީ މަހަކު 1 ޓްރިލިއަން ޑޮލަރަށް އަރައިފިނަމަ ދެން ޖީއެސްޓީ އާއި ބީޕީޓީ އުވާލާ ރާއްޖެ އަކީ އެއީ ޓެކްސް ފްރީ ކަންޓްރީ އަކަށް ހެދިދާނެ ނޫންތޭ. މީއޭ އިކޯ އިން ދަ ސައުންޑް އޮފް ބިއުޓިފުލް އިކޮނޮމިކްސް އަކީ މީއޭ އިނޮވޭޓިވް ބައި ވާރކް އަކީ އޯއް ޔޭއް އެންޖޯއި ދަ ބިއުޓިފުލް މައިންޑް އޮފް ހިއުމެން މެޝިން..
ރައްޔިތުންގެ ބަހެއް ނެތި ވެރިކަން ފުރޮޅާލައި އަތްގަދަ ކުރުމުގެ ހައްގެއް ނެތް ކަމަށް މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން ވިދާޅުވުމުން އެއިން މަމެންނަށް އުފާވެރިކަން ލިބިގެންދެއޭ މިހާރު ތަމެންނަށް އިނގެންވާނެ އެއް ނޫންތޭ ރައްޔިތުންގެ %85 ވޯޓް އިން ހޮވާފައިވާ ސަރުކާރެއް ވައްޓާލަން މަސައްކަތް ކުރާ ނަމަ އެއިން ކާމިޔާބެއް ތަމެންނަށް ނުލިބޭނެ ކަން ލިބިޔަ ނުވެސް ދޭނެ ކަން ބިކޮޒް މަމެން މީ ދޯ ދަހާކިމާ ޔޫނޯ ދަ ހާކިމާ ދޯ. ދަހާކިމާ ބުނާ ގޮތަށް ތަމެން ހަދަން ޖެހޭނެއޭ އިނގޭތޭ ގޮނޑިން ކޮއްޅަށް ތެދުވޭ ހަމަ މިހާރު އަހާން ތަމެން ތިޔާ ތެދުވީތޭ ލައްބަ ހާކިމާ ވިދާޅުވުން ތެދުވީ ކަން ތަމެން ބީތާއިން ނޫނިއްޔާ އިނގެންވާނެ އެއް ނޫންތޭ އޯކޭ އޯކޭ ގެޓް ދަ ޕޮއިންޓް ސިޓް ޑައުން ދެން އިނގޭތޭ.
ކުދި ވިޔަފާރިތަކަށް 10 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފަންޑެއް ހެދުމަށް ވުރެން މުހިއްމެއް ނޫންތޭ ކުދި ވިޔަފާރި ތަަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމުގައިވާ މާލެ ސަރަހައްދުން ބިން ތައް ވިޔަފާރި ކުރަން ނުލިބޭތީވެ ވިޔަފާރި ކުރަން ތިލަފުށި ހިއްކާ އަދި ގުޅިފަޅު ހިއްކާ އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ބިން ތައް 100 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނިއްޔާ. މީ ނޫންތޭ ކުދި ވިޔަފާރި ތައް މީންސް ހުރި ގޮތެއް ގައި ތަރައްގީ ކުރުމަކީ. އުމަރުގެ ޕްރޮޕޯސަލް ޕްރެެކްޓިކަލް އެއް ނޫން އެއްގޮތަކަށް ވެސް އުމަރު އަށް ނޭގޭ ވިޔަފާރި އާއި އިކޮނޮމީ ރާއްޖޭގައި ޑްރަައިވް ކުރާ ގޮތް.
ވެރިކަން ބަދަލުވުމަކީ އެހާ ބޮޑުކަމެއްނުން. އެއްވެސްބަޔަކު ވެރިކަން ބަދަލުވާތީ ބިރުގަންނަން ނުޖެހޭ. ވެރިކަން ބަދަލުވީމާ ދެރަވާނީ ހަމައެކަނި ރައީސާ ކެބިނެޓް މީހުން. މިއީ ސައްހަ ސީދާ ފޯމުލާއެް. ވޯޓޮ ދޭމީހުން ވެރިކަން ބަދަލުވެދާނެތީ ބިރުގަތުމަކީ ބޭކާރު ބިރެއް. ވެރިކަން ބަދަލުވީމާ އާއްމު މީހުންނަށް ވާނީ ފައިދާ. މިއީފައިދާ ހުރި ކާނާއެއް
ތިބާގެ މަންމީ...