އާންމު ރޯގާގެ ބަލިތައް މި އަހަރު ރިޕޯޓް ކުރަމުން އަންނަ އަދަދު މިދިޔަ އަހަރަށްވުރެ މަދު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި އެފަދަ ބަލިތައް ޖެހުން މަދުވެފައި ވަނީ ކޮވިޑް-19 ގެ ސަބަބުން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ކޮންމެ އަހަރެއްގެ ވިއްސާރަ ދުވަސްވަރު މަދިރީގެ ސަބަބުން ޖެހެމުން އަންނަ ބަލިތައް ރިޕޯޓްވެސް ކުރާ ކަމަށާއި ނަމަވެސް މިފަހަރު އެފަދަ ބަލިތައް ރިޕޯޓްކުރުންވެސް ވަރަށް ބޮޑަށް މަދުވެފައިވާކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

މިއަހަރުގެ މޭ މަހުގެ ތެރޭގައި ޑެންގީގެ 12 ވޭދަނައެއް އަދި ޖޫން މަހުގެ ތެރޭގައި ހަތް ވޭދަނައެއް ވަނީ ރިޕޯޓުކޮށްފައެވެ.

އާންމު ރޯގާގެ ކޭސްތައް ރިޕޯޓުކޮށްފައިވާ ގޮތުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މޭ މަހުގެ ތެރޭގައި ވަނީ 12216 މީހަކު އާންމު ރޯގާ ޖެހި ރިޕޯޓުކޮށްފައެވެ. ޖޫން މަހު މި އަދަދު ވަނީ 5168 އަށް ދަށްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަދުރޭ

    ބަލި މަދީތަ ނުވަތަ ރިޕޯޓުކުރާ އަދަދު މަދީތަ؟ ހަގީގަތުގަ ކޮވިޑާ ގުޅިގެން އާންމު ބަލިތައް ޖެހިގެން ގެއިން ނުނިކުން މީހުން ގިނައީ. އެއްވެސް ހާލެއްގަ ބަލި މަދުވީއެއްނޫން.