ޕީޕީއެމް އާއިއެކު އެމްޑީޕީ އިން ކޯލިޝަނެއް ހެދުމުގެ ޝައުގުވެރިކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރަމުން ގެންދަނިކޮށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވެސް ނަޝީދާއި އެއްމޭރުމަކުން ވާހަކަ ދައްކަވައިފިއެވެ.
ދެންމެ ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އާއި ޕީޕީއެމްގައި ވެސް ވައްކަމާއި ހަރުކަށި ފިކުރު ނޫން އެތައް މެންބަރުންނެއް އެބަތިބި ކަމަށެވެ. "އެމްޑީޕީ އާއި ޕީޕީއެމް ގައިވެސް ކޮރަޕްޝަނާއި ވައްކަމާއި ހަރުކަށި ފިކުރު އޯކޭ ނޫން އެތައް މެންބަރުންނެއް އެބަތިބި." ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގައި އުއްމީދު ތަކަކާއި އުސޫލްތަކެއް އެބައޮތް ކަމަށެވެ. "އަޅުގަނޑުމެން ބޭނުމީ ކާބަފައިން އުޅުނު ރީތި އިސްލާމް ދީނުގައި ތިބެން. އެއީ ރާއްޖެ އަފްޣާނިސްތާނަށް ނުވެ ސަލާމަތް ވާން އޮތް މަގު." ހަސަން ލަތީފް ވިދާޅުވިއެވެ.
MDP gai vey ummeed thakakaa usoolu thakeh. Alhugandumen beynumee kaabafain ulhunu reethi Islam dheenugai thiben. E ee Raajje Afghanistan akah nuve salaamaiy vaan oiy magu. MDP aa PPM gaives corruption aa vakkama harukashi fikuru OK noon ethah membarunneh eba thibi.
— Hassan Latheef🎈 (@HassanLatheef) July 14, 2021
އެމްޑީޕީ އިން ޕީޕީއެމް އާއިއެކު އިއްތިހާދު ވެގެން މަސައްކަތް ކުރާނެ ޝަރުތުތައް ނަޝީދު އިއްޔެ ވަނީ ހާމަކުރައްވާފައެވެ.
ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އަށް އާއިއްތިހާދެއް ބޭނުންވާ ކަމަށެވެ. އެމްޑީޕީ އާއިއެކު އިއްތިހާދުވާނެ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭނެ ޝަރުތުތަކީ އިންޑިއާ އައުޓް ނުގޮވުމާއި ނަފުރަތުގެ ބިލަށް ތާއިދު ކުރުމާއި މިއުޒިކް ހަރާމް ނުކުރުމާއި ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރުން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކޭ ގޮތުގައި ޕީޕީއެމް އާއި އެމްޑީޕީގެ ގިނަ މީހުން ވެސް އެމަނިކުފާނުގެ ޝަރުތުތަކަށް ތާއިދު ކުރައްވާނެ ކަމަށެވެ. "ރާއްޖެ އަފްޣާނިސްތާންގެ ހާލަތައް ދާން ގިނަ ދިވެހިން ބޭނުމެއް ނުވާނެ." ނަޝީދު ވިދާޅުވިއެވެ.
ޕީޕީއެމް އާއިއެކު މަސައްކަތް ކުރައްވަން ނަޝީދު ޝައުގުވެރިކަން ފާޅުކުރެއްވި ނަމަވެސް ޕީޕީއެމްގެ އިސް ބޭފުޅުން ގެންދަވަނީ ނަޝީދާއިއެކު މަސައްކަތް ނުކުރައްވާނެ ކަމަށް ފާޅުގައި ވިދާޅުވަމުންނެވެ. ނަޝީދާއި ނަޝީދަށް ތާއިދު ކުރާ އެމްޑީޕީގެ އިސް ބޭފުޅުން ޕީޕީއެމް އިން ދައްކަމުން ގެންދާ ވާހަކަތަކަށް ރައްދެއް ނުދެއެވެ.
އެމްޑީޕީ ދެބައިވެ ރައީސް ސޯލިހާއި ދެކޮޅަށް ނަޝީދު ވާހަކަފުޅު ދައްކަވަމުން ގެންދަވާއިރު ރައީސް ސޯލިހް ފަޅީގެ ބޭފުޅުން ގެންދަވަނީ ޕީޕީއެމް އާއިއެކު އެމްޑީޕީ މެންބަރުން މަސައްކަތް ނުކުރާނެ ކަމަށް ވިދާޅުވަމުންނެވެ.
އަންނި ފޮޑިއެއްޖެ ހިއްޔާ ތިބޭފުޅާވެސް އުޅޭނެފޮޑިއެއްޖަ ހަން .. ތިޔައީ އަ ހަރެމެން ޕާޓީގެ ހަލާކު..
މީނާ މިއީ ނަޝީދު ފަހަތުން ދުވާ މީހެއް
ޕޕމ ފަނުކުރަން މޑޕބޭނުންވިޔަސް ތިކަމެނުވާނެ...ސަރުކާރު ކޯލިޝަންގެ ރޭވުން ޕޕމ ދެބައިކުރަންކުރި މަސައްކަތް ނާކާމިޔާބު ވީމަ އާ އުކުޅެ ބޭނުންކުރަނީ..ޕޕމ އާނުލާވެސް ތި ނަފްރަތުގެބިލް ފާސްކުރެވޭނެ ކީއްވެ ޕޕމގެ އެ ހީ ހޯދަންވީ ތިކަމުގަ..ބަރުލަމާނީއަށް ބަދަލުކުރަން މޑޕއާ ކޯލިޝަންގެ ޕާޓުނަރުންގެ ވޯޓުން ފާސްކޮއްފިނަމަ ބައިނަލްއަގުވާމީ ދުނިޔެއަށް މޑޕގެ ޙުދުމުޙުތާރުކަން އެގިދާނެތީ ޕޕމގެ ނަން ބޭނުންކުރަނީ ހުރި ހާ ޕާޓީއެއް އެކުވެގެން ފާސްކުރި ބަރުލަމާނީއަކަށް ހަދަން.....މޑޕގެ ގުއި ރޯނުގަ ރޔާމީނާ ޕޕމ ނުޖެ ހެނޭ....އިންޝާﷲ 2023ގަ ވެރިކަމުގަ ރޔާމީން ހުވާކުރައްވާނީ ޕޕމގެ ފަ ހުލަވާނުން ނުކުމެ ޕޕމގެ ފިކުރުގެ މީ ހުންނާ އެކު..އެއީ ގައުމީ ދީނީ ވަތަނީ ...
މީލަދެއް ހަޔާތެއް ވެސް ނެތް ބަޔަކީތަ
އަހަންނަށް ހީވަނީ މިހާރު މިއުޅެނީ 2023ގެ ރިޔާސީ އިންތިޚާބު އަންނަންވާއިރަށް ސިއްރު އެޖެންޑާއެއްގެ ދަށުން ޕީޕީއެމް ގެ ތާޢީދު ނައްތާލައިގެން އަނެއްކާވެސް އެމްޑީޕީ ވެރިކަމަށް އަރަންހެން.... އަންނި ވަރަށް ހިޔަޅުވާނެ ކުދިންނޭ.... ވިސްނައިގެން ތިބޭތި... އަންނި ދަމާ ގުއި ރޯނުތަކުގައި ނުޖެހޭތި !!!!!!!!!
ތީ އެއްގޮތެއް ނޫނީ މި އުޅެނީ އަނެއްކާ މި ޤައުމުގާ ފޫނުބެއްދޭ ވަރުގެ ޖަރީމާ އެއް ހިންގަން. ޝައްކުވަނީ މިވަގުތާ ދިމާކޮށް މޯޑީ އިބޫއަށް ގުޅުން. މީ ރައްޔަތުން ސަމާލުވާންވީ ވަގުތު ދިވެހިން ޤައުމުގެ ދިފާއުގާ ތެދުވަންވީ ވަގުތުހެން ހީވަނީ.
ކޮންމެވެސް ކަމެއް ފޮ ރުވަން ދުއްވާ ދެބޯގެ ރިއަކާ ވައްތަ ރީ ،
ތެލާ،ފެން އެއްވޭތޯ؟
ތެލާ،ފެން އެއްވޭތޯ؟
ކަލޯ ނަޝާދޫ މއުޒިކު ޙރމް ކުރެއްވީ ކާބަފައންތަ؟އަހަރެމެންގެ އިސްލމްދީނުގަވެސް ވަނީ މއޒިކް ޙަރމް ކުރައްވާފަ ﷲ ޙަރާމް ކުރެއްވި އެއްޗެއް ޙަލާލު ކުރުމުގެ ހުއްދަ ދެވޭނީ ކާކަށްތަ؟ތިކަހަލަ މީހުން މިގައުމުގަ ތިބޭތީއޭ ަގައުމު ފަނާވެ މިދަނީ
ވައްކަމޭ! ހަރަކައްޓޭ! ރާއްޖޭގައި ތިބީ ތަނެއް ދޮރެއް ނުދަންނަ ރައްޔިތުންތަކެއް ކަމަށްތަ ހީކުރީ! ރައްޔިތުން ބޮލަށް އެރުނު ޒަމާން ހިނގައްޖެ. ޕީ.ޕީ.އެމް އަކަސް އެމް.ޑީ.ޕީ އަކަސް ރައްޔިތުން ދެނެއް ނުހެއްލޭނެ. ރައްޔިތުން ހައްލައިގެން ހުރިހާ ބޮޑުން ހުރިހާ ފައިދާއެއް ނަގަނި... ގައުމު ހަލާކު ކުރަނީ
ހަސަން ލަތީފް ބޭނުންވާ ގޮތެއް ނޯންނާނެ. ހަސަން ލަތީފް ބޭނުންވާނީ ރައީސް ނަޝީދު ބޭނުންވާ ކޮންމެ ގޮތެއް. އަމިއްލަ ވަކި ވިސްނުމެއް، ފިކުރު ކުރުމެއް ނޯންނާނެ
ލާދީނީ ފިކުރަށް އިސްލާމީ ފިކުރު ތަބާވާން ނުޖެހޭނެއޭ ލާދީނީ މީހުން އިސްލާމް ދީން ގަބޫލުކޮށް ނަފްރަތުގެ ބިލް ނުވަތަ ލާދީނީ ބިލް އޮޅާލާ އަދި ގެރިއަށް އަޅުކަން ކުރާ ކައްޕަޅި އިންޑިއާ އާއި އެކު ހަދާފައިވާ ރާއްޖޭގެ މިނިވަން ކަން ވިއްކާލާ އެއްބަސްވުން ތައް ވީދާލާ އެ އެއްބަސްވުން ތައް ކަނޑުފައްތާލުމަށް ފަހު އަންނަންވީ އިސްލާމީ ފިކުރުގެ ސިޔާސީ ޕާރޓީ ކަމަށްވާ ޕީޕީއެމް އާއި ގުޅެން ދިސް އިޒް އިޓް..
ހަސަނާ ކަލޭމެން ބޮޑުތަނުން ފެއިލްވީތޯ ؟
ހަސަނާ ނަޝީދު މެން އެއްފަހަރު މައުމޫނު ފަޅިޔަށް އަރާފަ އަނެއްފަހަރު ޔާމީނު ފަޅިޔަށް އަރާފަ ކޮންސަކަރާތެއްތޯ ތިޔަޖައްސަވަނީ ހަސަނާމެން ބޮޑުތަނުން ފެއިލްވީ ނުންތޯ!
ކުރ ރުރުވުމަކީ ހެވެއް ނޫނީ ފިތުނަ އެއް ކަމަށް ބުނެ އުޅޭ !
ހަތަ ރުކަށިމަތި މާލޭ މީހެއް ކަމަށް ދައުވާކު ރާ ކު ރޭމެން ގެ ފަސްބައި ރީތިތޯ ...ހަވާލުކުރ ރެވުނު ވުޒާ ރާއެއްގެ އޮޑިޓް ރިޕޯޓު ދައްކަނީ 300 މިލިޔަންގެ ހިޔާނާތެއް އޮތްކަމަށް. އެކަމަކު ވަގަކީ ޔާމީނޯ؟!!! އެންމެ ހެއްވާ ކަމަކީ ސިޔާސީ ހަނދު އޮއްސޭހެން ހީވީމަ އެއްކަލަ ބޮޑުވަގު ޔާމީނު ކައި ރިއަށް މި އަންނަނީ. ބަލަ ޕީޕީއެމް މެންބަ ރުންނާ ލީޑަ ރރޝިޕަކީ ރީދޫ ދެބަންދިހާ ރީން ކަމަށް ހީވީތަ؟
ރައީސް އިބޫ ކެތް ތެރިކަން އިތުރު ކޮށް ރާއްޖޭގެ މިނިވަން ކަން އިންޑިއާ އަށް ވިއްކާލާ ޑިފެންސް ބަޖެޓުން މަހަކު 25 މިލިއަން ޑޮލަރު ނަގާ ކައްޕަޅި އިންޑިއާ އަށް ދެނީ އެއީ އިންޑިއާ އިން މިރާއްޖެ އަށް ހިލޭ ދީފައިވާ ކައްޕަޅި ހެލިކޮޕްޓަރު ގަނޑު ބަލަހައްޓާ މީހުންނަށޭ އެކަން އެގޮތަށް ރައީސް އިބޫ ކުރަނީ ދައުލަތުގެ ޚަޒާނާގައި ހުރި ފައިސާ އަކީ އެއީ ރައީސް އިބޫގެ އަމާބަފާގެ ތަރިކަ މުދަލެއް ނޫނޭ އެގޮތަށް ނުދެވޭނެއޭ އެފައިސާ ރައީސް އިބޫގެ ކެތްތެރިކަން އޮޅާލާ އޮޅާލާ އޮޅާލާ އިސްތިއުފާ ދީފައި ހިންނަވަރަށް މަސްކައްކަން ކަނޑާލިއްޔާ މާތާހިރުވާނެއޭ މަމެން ބުނަން ނެތީމޭ...
ޕީޕީއެމް/އެމްޑީޕީގައި ވައްކަމާއި ހަރުކަށި ފިކުރު އޯކޭ ނޫން މެންބަރުން އެބަތިބި ކަމަށް އެމްޑީޕީގެ ޗެއަރޕާރސަން ލަތީ ވިދާޅުވާއިރު ތަމެން ތިޔާ ކިޔާ ހަރުކަށި ފިކުރަކީ ކޮބައި ކަން މަމެންނަށް ނޭގެއޭ އިސްލާމް ދީން ކުރިއަރުވާ އަދި އެދީން ގައިވާ ގޮތަށް ބުރުގާ އަޅައިގެން އުޅުމަކީ އެއީ ހަރުކަށި ފިކުރެއް ނޫނޭ މަޖްލީހުގެ މެމްބަރުންގެ ގޮތުގައި އަންހެން ބޭފުޅުން ތިއްބަވާ އިރު އެކަނބަލުން ބުރުގާ އެޅުން އެއީ ދީނުގައި އެކަން އޮންނަ ގޮތަކީ ދީނުގައިވާ ގޮތަށް އުޅެން ދަސްކުރަންވީއޭ އީވާ ވެސް ބުރުގާ އަޅަންވީއޭ ދެން ރޮޒޭނާ ވެސް ބުރުގާ އަޅަންވީއޭ އެއީ ހަރުކަށި ފިކުރެއް ނޫނޭ ދެން ވެސް މަޖްލީހުގައި ތިބި ހިންނަވަރު މެމްބަރު ވެސް ބުރުގާ އަޅަންވީއޭ އިސްލާމް ދީނަށް ތަބާވުމަކީ ފެނުމުން ވެސް އެއީ މުސްލިމެއް ކަން ބަޔާން ކޮށް ދޭ ކަމެކޭ...
ކަލޭމެނާ ޕީޕީއެމް އަކުންނެއް ނޫޅޭ ކޯލިޝަން ހަދާކަށެއް. ސަބަބަކީ ލާދީނީީ ވީމަ
ޤާނޫނީ ވަކިީލުންވެސް ޕަޕެޓަކަށް ވާނަމަ އެއީ ޢިލްމާ މުޅިން އިދިކޮޅު ދެރަކަމެއް
މީކީ ރަނގަޅު ފާލެއްނޫން ، 2023 ޗޮކުން ދާނެކަން ޔަގީން ވީމަ އެއުޅެނީ މިހާރު.
No never
ޕީޕީއެމްއަށް އެއްވެސް ލާދީނީ އެޖެންޓެއް ވައްދައިގެން ނުވާނެ. އިބޫ އެބަޖެހޭ މިވެރިން އެމްޑީޕީއިން ވަކި ކުރަން.
ތިޔަމީހާ އަންނި ކިޔާހާ ލަވައަކައް ނަށާނެކަން އެއީ އަހަރުމެން ނަށް އޮޅިފަވާކަމެއްނޫން!
2023 ގެއްލިދާނެތީ ޖަހާ މަޅިފައްޗެއް....ތިޔަކަލޭގެއާ ޕީޕީއެމް ގުޅިއްޖެއްޔާ ޕީޕއެމްއަށް މަވާ ސަލާމް...
އަހަރުމެން ބޭނުން ވަނީ ރާއްޖެ އަފްޤާނިސްތާނަށް ހަދަން. އެއީ ރަނގަޅު ތަނެއް. ކަލޭމެންގެ ގާތް ލާދީނީ ޤައުމުތަކުން އެތަނަށް އަރާ ހަނގުރާމަ ކުރީމަ އެމީހުން ވެސް ހަނގުރާމަ ކުރީ. ކަލޭމްންގެ މަޤްސަދަކީ އިންޑިޔާ މިތަނަށް ގެނެސް އަހަރުމެންގެ ދީން ބަދަލުކުރުން. އޭރަށް ފެންނާނެ ރައްޔިތުން ނިކުމެ ޖިހާދު ކުރާތަން
އަނެއްކާ ޕީޕީއެމް ޖަހާގަންނަންއުޅެނީތަ!!
ރައްޔިތުންގެ ފޯކަސް އެހެންދިމާލަކަށް އަނބުރާލަންވެގެން ޖަހާ ރޮކެޓް
ހަހަހަހަ ކަލޯ ހަސަނާ. ރަށުތެރެއިން އެހެން ކަމަކާ އުޅޭ
އަދީބުކަހަލަ ފަނިއަޅުވައިގެން ޕީޕީއެމަކަށް ކުރިމަގެއްނެތް އެންޑީޕީއަށް މީހުންއިތުރުކުރަން ފޮނިކަނޑާނެކަމެއްނެތް ތީ ރޭވުމެއް ތެދުވެރިކަމެއްނެތް