ކުރިއަށް އޮތް ރިޔާސީ ރޭހަށް ނިކުންނަން އެއްވެސް ސިޔާސީ ޕާޓީއެއްގެ ޓިކެޓު ބޭނުން ނުވާ ކަމަށާއި، ވާދަކުރާނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

2018 ގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތް ވަގުތުން ފެށިގެން އުމަރު ގެންދަވަނީ 2023 ގެ ރިޔާސީ އިންތިޚާބަށް ތައްޔާރު ވުމުގެ މަސައްކަތް ކުރައްވަމުންނެވެ. މި އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ރަސްމީކޮށް ފުރަތަމަ އިއުލާން ކުރެއްވި އެއް ބޭފުޅަކީ ވެސް އުމަރެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި "ވަގުތު" އާއި ވާހަކަދައްކަވަމުން އުމަރު ވަނީ ގިނަ ކަންބޮޑުުވުންތަކެއް ހިއްސާކުރައްވާފައެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތައް ހެދުމުގެ މޫސުމެއް އައިސްގެން އުޅެނީ ކޮންމެ ބައެއްގެވެސް އަމިއްލަ އެޖެންޑާތައް ފެތުރުމަށް ކަމަށެވެ. ރައްޔިތުންނަށް ހެޔޮ ނިޔަތުގައި ހިދުމަތް ކޮށްދޭނެ އެއްވެސް ސިޔާސީ ޕާޓީއެއް ނެތް ކަމަށް ވިދާޅުވިއެވެ.

އުމަރު ވިދާޅުވި ގޮތުގައި ޕީޕީއެމް އާއި ޕީއެންސީގެ ކެންޑިޑޭޓެއް ފެންނަން އޮތް ހަމައެކަނި ގޮތަކީ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމެވެ. އެކަމަކު އެއީ ވުމަށް ވުރެ ނުވުން ގާތް ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމް އުފެއްދެވި އެޕާޓީގެ އޭރުގެ ލީޑަރު، ރައީސް މައުމޫން އަބްދުލްގައްޔޫމްއާއި ހިޔާލް ތަފާތުވެ، ޕީޕީއެމްގެ ތެރޭގައި ދެ ފެކްޝަނެއް އުފެދުނެވެ. އެ މައްސަލާގައި ރައީސް މައުމޫންގެ ޕާޓީ ދޫކުރައްވާ ވަޑައިގަތެވެ.

އުމަރު ވިދާޅުވީ ރައީސް މައުމޫންގެ ބާރު ޕީޕީއެމްގައި ކެނޑިިގެން ދިޔަ ގޮތް އިޔާދަވާން ރައީސް ޔާމީން ނޭދޭނެ ކަމަށެވެ. އަދި އެމަނިކުފާނަށް އިދިކޮޅު ޓިކެޓުގައި ވާދަ ނުކުރެވޭނަމަ ރިޔާސީ ޓިކެޓު އެޕާޓީގެ އެހެން ލީޑަރަކަށް ދޭން އެއްބަސް ނުވާނެ ކަމަށް އުމަރު ދެކެއެވެ.

އެމްޑީޕީގެ ލީޑަރު، އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު އާއި އެ ޕާޓީގެ ޓިކެޓުގައި ރައީސްއަކަށް ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހާއި ދެބޭފުޅުންވެސް އަންނަ އިންތިހާބުގައި ވާދަ ކުރުމަކީ ގާތް ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ.

އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ އިތުރުން އަބްދުﷲ ކަމާލުއްދީންގެ ޕާޓީއިންނާއި، ޖުމްހޫރީ ޕާޓީއިންނާއި، އަދާލަތާއި، ރައްޔިތުން މަޖިލިހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އުފައްދާ ޕާޓީއިން ވާދަކުރާނަމަ ވޯޓުތައް ބެހިގެން ދާނެ ކަމަށް ވިދާޅުވެ، އުމަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އުމަރު ވިދާޅުވީ ގިނަ ބަޔަކު ވާދަކުރާނަމަ އިންތިހާބު ކާމިޔާބުކުރަން އޭނާއަށް އޮތް ފުރުސަތު ހަނިވެގެން ދާނެ ކަމަށެވެ. އެހެންނަމަވެސް ކެމްޕެއިން ހަރަކާތްތައް ވަރަށް ބާރަށް ކުރިއަށް ދާކަމަށާއި، ގިނަ ބަޔެއްގެ ތަރުހީބު އޭނާއަށް ލިބެމުންދާ ކަމަށް ވިދާޅުވިއެވެ.

ކޮންމެ ސިޔާސީ ޕާޓީއަކާއި އެކުވެސް އިއްތިހާދަކަށް ދާން އޭނާ ތައްޔާރަށް ހުރި ކަމަށްވެއެވެ. އެހެންނަމަވެސް އިއްތިހާދަކަށް ދާނަމަ ރިޔާސީ ކެންޑިޑޭޓަކަށް އުމަރު ވުމަކީ ޝަރުތެއް ކަމުގައި ފާހަގަކުރިއެވެ. އެނޫންގޮތަކަށް އިއްތިހާދު ނުވާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އަފީ

    ޕޕމ ގެ ޓިކެޓް ނުދޭނަން

    25
  2. Anonymous

    އުމަރު މިފަހަރުވެސް ބާތިލަާ ވާދަކުރައްވާ

    17
    2
  3. މިތުރާ

    ކީއްކުރާ ޓިކެޓެއް ! ޝައުގުވެރިކަން ހުރިފަރާތްތަކައް ފުރުސަތުލިބެންޖެހޭ، ވަކި 4 މީހަކު ފަޅިކުރަން އޮތް ބޯކިބަލެއްތަ؟

    8
    1
  4. ީިިިމމމމމ

    އުމަރަށް ދާއީދު ކުރީމުސް ޔާމީނާ އެއްބައި ނުވިނަމަ

    4
    17
  5. ހަސަން

    ބަލަ އުމަރާ ޕީޕީެމަކުން އުމަރު ބޭނުމެއް ނުވޭ. ކޮންމެ މީހަކު ޕީޕީއެމޭ މިކިޔަނީ ޕީޕީއެމް ހާދަ ގަދަވީމައޭ

    29
    4
  6. ރާއްޖެތެރެ

    އަޅުގަނޑުގެ ވޯޓެއް ނުދާނަން

    18
    4
  7. ރެސްޓޯރެންޓު މޮހޮދާ

    ތަނަވަސް އަޣުލަބިއްޔަތަކުން އެންމެ ފުލުން ކާމިޔާބު ވާނެ

    24
    5
  8. ކަޅުމަރިޔަނބު

    ބޭނުމަސް ނުލިބޭނެ.

    21
    2
  9. ހަސަނާ

    އުމަރާ ޕީޕީއެމް އިން ކަލެއަށް ޓިކެޓު ދޭގޮތަކަށް ގޮތަކަށް ނޫންއޮތީ! ޓިކެޓު ލިބޭނީ ރ. ޔާމީނަށް! ޕީޕީއެމުން އުމަރުގެ ފަހަތަކުން ނުދުވާނެ!

    26
    2
  10. ގަސަމް

    ނުވެސް ލިބޭނެ ހެހެހެހެ ކަލޭ ތީ އަމިއްލަ އެދުމުން ފޯވެފަ ހު ރި ނުލަ ފާ މީހެއް

    13
    4
  11. ސޮބުރީ

    އުމަރު ތިކަން ހަދާން ނައްތާލާ ރާއްޖޭ ގެ އެކަކުވެސް ވޯޓެއްނުދޭނެ

    14
    6
    • ޙާލަތު

      މަވެސް ރާއްޖެ. އެކަމު މަ ވޯޓް ދީފާނަން ޢުމަރަށް

  12. ކޮބާ

    2 ވޯޓް ހޯދަން ދޯ މި އުޅެނީ. 2023 ގެ އިންތިހާބަށްފަހު މި ކޮމެންޓް އަލުން ވަގުތު ކުދިން ޕޯސްޓް ކޮއްލަދޭތި.

    10
    3
  13. ނަސީ

    ސަޅި ކަމެއް ތީ މަގޭވޯޓް ދޭނަން ، މިހާރުވެއްޖެ ތާ މިމަސްސުނިގަޑުން ސަލާމެތްވާން

    8
    14
  14. ޢިޔާބު

    އަމިއްލަޔަށް ވާދަކުރުމަކީ ލާދީނިއްޔަތެއް ލިބޭ ފުރުސަތެއް.

    1
    2
  15. ދިވެހި ދަރިއެއް

    އުމަރުގެ މިފަހުގެ އިންޓަރވިއުތަކާ އެއްޗެހި ބަލާލިން. މީގެ ކުރިން ވެރިކަމަށް އަންނަން ބޭނުންވި އެހެން އެއްވެސް ވެރިއެއް ނުދައްކާ ކަހަލަ އޮއްޓަރުހުރި ވާހަކަތަކެއް ދައްކާ އެބަ. މިއީ ޕާޓީއަށް އަޅުކަންކުރާ ކަލްޓް ވިސްނުންތަކެއްގެ ތެރޭގައި ރާއްޖެ ތާށިވެފައިވާ ދަނޑިވަޅެއްގަ އެކަމުގެ ހިތާމަކުރަމުންދާ އަޅުގަނޑުމެން ކަހަލަ މީހުނަށް އުއްމީދެއް ގެނެސްދިން ކަމެއް. އެންމެންގެ ގައިގާވެސް ކަމުނުދާ ކަންކަން ހުންނާނެ. އެކަންވެސް ދަނެގެން ޤައުމު މިއޮތް އަނދަވަޅުން ސަލާމަތް ކުރުމަށް ބޭނުންވަނީ ހަމަ ތިންވަނަ ވިސްނުމެއް. އަޅުގަނޑާއި އަޅުގަނޑުގެ އާއިލާގެ ތާއިދު މިހާރުވެސް އުމަރަށް އެެބައޮތް އިނގޭތޯ.

  16. ލޮލް

    ކަލޭ ކައިރި އަންހެނުން ބުނީދޯ ތިހެން ބުނާށޭ. ނުލިބޭނެ ވޯޓެއް

    2
    1
  17. ކުމާރު

    ނަނާ ހުވަފެން ދުށީމޭ ..2023..

    1
    1
  18. ލަޔާލު

    ހިޔަޅަށް މޭބިސްކަދުރު މީރުނުވިހެން ދޯ؟