މިއަހަރު ހަތަރު އެއާޕޯޓް ހުޅުވާ އިތުރު އެއާޕޯޓެއްގެ މަސައްކަތް ފަށާނެކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރު ފަތުރުގެ ހިދުމަތް މިހާރަށް ވުރެ ފުޅާކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ފަސޭހައިން ވައިގެ މަގުން ދަތުރު ކުރެވޭނެ ފުރުސަތުތައް ތަނަވެސްކޮށްދޭން މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

އެގޮތުން އެ މަސައްކަތުގެ ދަށުން، މިއަހަރު ތެރޭގައި ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ނ. މާފަރާއި، ގދ މާވަރުލުގައި ޑޮމެސްޓިކް އެއާޕޯޓް ގާއިމްކޮށް ނިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ ތެރެއިން މާވަރުލު އެއާޕޯޓް ފިޔަވާ އެހެން ހުރިހާ އެއާޕޯޓެއްގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

"ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް، ޓުއަރިޒަމް ފުޅާކޮށް ތަނަވަސްކަން އިތުރު ކުރުމުގެ ގޮތުން ހއ ހޯރަފުށީ ކައިރީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް މި އަހަރު ފެށޭނެ". ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ނައިފަރޭ

    ކޮބާ ޅ އެއާޕޯރޓް؟

  2. އަހްމަދު

    މަރުހަބާ ރައީސްޔާމިން ...

  3. Anonymous

    މަރުހަބާ ރައީސްޔާމިން ..ތިކަހަލަ ރައީސުން ބޭނުމީ، ފިނިހަކަ ސްޕީޑުގައި ތަރައްގީ ގެންނަ ރައީސުން ބޭނުމެއްނޫން.

  4. މުސްތަފާ

    ކޮބޭ ނައިފަރު ޝިޔާމް އިންޓަނޭޝަނަލް އެއަރު ޕޯރޓު...؟

  5. ޔޫސުފް

    ޅ.އަތޮޅުން ވޯޓު ޔަގީންވާތީތަ ކުރިން އަޅަންބުނި އެއަރޕޯޓު ތި ދިރުވާލީ

  6. ޙަފްޞާ / މާލެ

    ޅ. ފެލިވަރު އެޔަޕޯޓް ކޮބައިތޯ؟

  7. ރ.ބެރިޔަންފަރު

    ކޮބާތޯ ރ.އަތޮޅުގަ އަޅަން ވަޢުދުވީ އިންޓަރނޭޝަނަލް އެއަރ ޕޯރޓު. ރ.މީދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅު ހަނދުމަފުޅު ނެތީތޯ؟

  8. ރައީސް

    އެހެންވީމަ ފާފު އެއަރ ޕޯޓް ބަދަލު މިވީ ހޯރަފުށީ އެއަރ ޕޯޓަށްދޯ؟ ސާބަސް ރައީސް.. މަގޭ ވޯޓެއް ދެން ނުލިބޭނެ..

  9. ސަޒާ

    ފ. ނިލަންދޫ މީހުންނަކީ ކަމެއް ކޮށްދިނަސް ސުކުރުކުރާ ބައެއްނޫން. އެހެންވީމަ ބޭނުންވާ ބަޔަކަށް ކަންކޮށްދީނުން ރަގަޅުވާނީ

  10. ޙުދުޖަގިޔާ

    ﷲއިރަކުރެއްވިއްޔާ މަނިކުފާނަށްވެރިކަންލިބޭތޯއަޅުގަނޑުވަރަށްމސަތްކޮށްދޭނަން