މާލޭގެ ރާޅުގަނޑު ސަރަހައްދާއި ދިމާލުން އުދަ އަރަން ފަށައިފިއެވެ.

އެ ސަރަހައްދުގައި ހުރި "ވަގުުތު"ގެ ނޫސްވެރިއަކު ބުނީ، ރާޅުގަނޑާއި ބްރިޖް ޕްލެޓްފޯމާއި ދިމާލުން ވަރަށް ބޮޑަށް އުދަ އަރަމުންދާ ކަމަށެވެ.

އެ ސަރަހައްދަށް އުދަ އަރަމުންދާއިރު، ލޮނުގެ އަސަރު އެ ސަރަހައްދުގެ މަގުމައްޗާއި ހަމައަށް ވަނީ ކޮށްފައެވެ.

އަދި މިހާރު އާޓިފިޝަލް ބީޗް ސަރަހައްދުގެ ތަރަ މާގާއި ވީ ދިމާލުން ވަރަށް ބޮޑަށް ފެންބޮޑުވެފައިވެފައިވާ ކަމަށް ބުންޏެވެ.

މާލޭގެ ރާޅުގަނޑު ސަރަހައްދަށް އުދަ އަރާފައި

އެ ސަރަހައްދަށް އުދަ އަރަން ފެށީ މެންދުރު ފަހުގެ ގަޑިއެއްގައި ކަމަށް ބެލެވެއެވެ.

އާއްމު ގޮތެއްގައި ދިޔަވަރުބޮޑުވާ ގަޑިތަކުގައި އެ ސަރަހައްދާއި، ސަލްމާން މިސްކިތާއި ދިމާލުން އުދަ އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގުރޭ

    ﷲ ގެ ކޯފާ އައްނަނީ
    ވިއްސާރަ ވާރޭ ވެހޭ ދުވަހެއްވެސްނޫން
    2004 ގަ ސުނާމީ އައީވެސް ހަމަ މަޑު ދުވަހެއްގަ

  2. ޟަމޮސިއްޔާ

    ރަށްތައް އަޑިޔައްދަނީ އެ
    ސައިންސްވެރިން ކިޔަމުން ދޯ އެ އައްނަނީ
    އެ ދުވަސް މި އައްނަނީ

    4
    5
    • ކޮވިޑް

      ތިކިޔޭ ނުކިޔޭ އެއްޗެއް އެބަ އެނގޭތަ؟ ބަލަ ތިބުނާ ސައިންސްވެރިން އަށް ވުރެ މޮޅަށް ދެނެވޮޑިގެންވާ ފަރާތެއް ވޭ. އަހަރެމެން ދުނިޔެއަށް އައީސްސުރެ މި ރާއްޖެ އަޑި އަށް ދަނީއޭ ގޮވި . އެކަމް ﷲ ގެ ރަހުމައި ފުޅު އަހަރެމެން ދިވެހިންނަށް މާބޮޑު. އަލްހަމްދު ލިއްﷲ.

  3. ސަހީނާޒް

    އުދަ އެރީމަ އުދަ އަރާ ވާހަކަ ތިޔަ ދައްކަނީ ރާއްޖެތެރޭގެ ރައްތަށް އުފެދިފައިވަނީ ވަރަށް ތިރި ތިރިކޮށް މޫސުމަށް އޮއިވަރަށް އަންނަ ބަދަލަކުން ރާއްޖޭގެ ރަށްތައް ގިރާލުން އެކަށީގެންވޭ
    އެވަރުންވެސް މިތާ މީހުން އެހާ ނުބައި
    ބިރެއ ނުގަނެޔޭ މީހުންމަރަމުން ޒިނޭކުރަމުން
    މަސްތުވަމުން ﷲ ނަހީ ކުރެއްވި ކަންތައް ކުރަމުން އެ ދުވަނީ
    ކުޑަ ކުޑަ ތަނެއް މީ
    ތޫފާނެއް ރާޅެއް އަރާއިރު މިތާގެ ދުވަސްދާނެ
    އެކަކުވެސް ސަލާމަތް ނުވާނެ
    ބޭރު ގައުމު ތަކައް ވާގޮތް ފެނޭތަ
    އެވަރު އަދި ނުވާކަން ނަސީބު
    އެކަމު ދެން އައްނާނެ ﷲ ގެ ރުޅިވެރި ކޯފާ

  4. Anonymous

    ވޯ ފޯން ކޯލްމޭ ކުޗް ގަޑުބަޑު ހޭ ކިޔާ

  5. ކޮރަލް

    ވިސްނާ ބަޔަކަށް އިބުރަތެކެވެ.