އިލެކްޝަން ކޮމިޝަންް (އީސީ)ން ބަލަންވީ ވަރަށް ނުބަލާ ރައްޔިތެއްގެ ހައްގު ހިފަހައްޓާފައިވާތީ ހިތާމަކުރާ ކަމަށް ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި އީސީއަށް ހުށަހެޅި އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އޭނާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހެޅުން އީސީން ވަނީ އެ ހުށަހެޅުން ބާތިލްކޮށްފައެވެ. އީސީން ވިދާޅުވީ، އެ ފޯމު ބާތިލުކުރީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށައަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ ކަމަށެވެ.

އޭގެ ތަފްސީލް ދެއްވަމުން އީސީން ވިދާޅުވީ، އެކަން ބާތިލް ކުރީ އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އޭނާގެ ނަން އޮތުމުން ކަމަށެވެ.

އެކަމާއި ގުޅިގެން ކަމާލުއްދޫން ވިދާޅުވީ، ޖޫން 30 ވަނަ ދުވަހު އޭނާ އެމްއާރްއެމް އިން ވަކިވެފައިވާ ކަމަށެވެ. އޭނާ ވަނީ އެމްއާރްްއެމް އިން ވަކިވުމަށް ފޮނުވި ސިޓީވެސް ހިއްސާކުރައްވާފައެެވެ.

ކަމާލުއްދީން އުފައްދަވަން ނިންމެވި ޕާޓީއަކީ "ގައުމީ އެއްބައިވަންތަ" ޕާޓީއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސްކުރާސޭލް

    އަންނިގުޅެންވީ ކަމާލުއްދީނުއާ ..

    11
    3
  2. ޙހހ

    ތިމީހުން މައުމޫން ވެރިކަމުގައި ޅ. ފެލިވަރުގަ ވަނީ ނަގާކިޔާފަ.

  3. ޞސސބ

    މީ 2023 ގެ ރިޔާސީ އިންތިހާބު އަންނަން ވާ އިރު ރަ އްޔިތުންގެ ވިސްނުން ބަ އިބަޔަށް ފޮތިކޮލާފަ އި، އެމް.ޑީޕީ އަށް ވެރިކަމަށް އާދެވޭނެ ފޯމި އުލާޔެ އް ޖަ އްސަނީ. ޜީންދޫ ފިކުރޫނޫން މީހުން އެކިދިމަދިމާލަށް ފިކުރު ބަ އިކޮލާފަ މޮޅުލިބޭނެ ކަމަށް ބަލަ އިގެން. އިންޝާﷲ ތިކަމެ އް ކާމިޔާބެ ނުވާނެ.
    ޢާމީން

    15
    2