މިއަދު ރާއްޖެ އިން އިތުރު 73 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ކޮވިޑަށް ފައްސިވީ 14 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ކޮވިޑަށް ފައްސިވީ 46 މީހުންނެވެ. އޭގެ އިތުރުން ރިސޯޓްތަކުން ނުވަ މީހުން، ސަފާރީތަކުން ތިން މީހުން އަދި ތަރައްގީ ކުރަމުންދާ ރިސޯޓަކުން އެކަކު މިއަދު ފައްސިވިއެވެ.

މިއަދަކީ މިމަހުގެ 03 ވަނަ ދުވަހަށް ފަހު މާލެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު 6715 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. މިއަދު ކޮވިޑަށް ފައްސިވީ ޓެސްޓް ކުރި މީހުންގެ %1.09 މީހުންނެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ބަލިން ރަނގަޅުނުވެ ތިބީ 2501 މީހުންނެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 16 މީހުންނަށެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވާން ފެށުމުން މިމަހުގެ 08 ވަނަ ދުވަހުން ފެށިގެން ފިޔަވަޅުތަކަށް ވަނީ ލުއިތައް ދީފައެވެ.