އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު މާލެއިން ބޮޑު ގޯއްޗެއް ގަތުމުން ފާޑުކިޔުން ކުރިމަތިވެފައި ވަނިކޮށް ގޯތި ގަތް ގޮތް އަމްރު ސާފުކޮށްދީފިއެވެ.
އަމުރު 8.4 މިލިއަން ރުފިޔާ އަށް ގޯއްޗެއް ގަތް ޚަބަރު "ދިޔަރެސް" ނޫހުގައި ލިޔެފައި އޮތުމުން އެޚަބަރު ޓްވީޓް ކުރަމުން އަމްރު ވިދާޅުވީ އޭނާ ގަތް ގޯތި 2017 ވަނަ އަހަރު ކުއްޔަށް ނަގައިގެން ތިން ބުރީގެ އިމާރާތެއް ހަދާ ރެސްޓޯރެންޓެއް ހިންގަން ތައްޔާރުވި ތަނުން އެ ގޯތީގެ ވެރިފަރާތުން އެ ގޯތި ވިއްކާލުމަށް ބޭނުންވި ކަމަށެވެ. އެ ގޯތި އެހެން މީހަކު ގަނެފިނަމަ އެތަން ހަދަން ކުރި އިންވެސްޓްމެންޓް ގެއްލިދާނެތީ އެގޯތި ގަތުމަށް 2019 ވަނަ އަހަރު ހުށަހެޅި ކަމަށެވެ.
"ވެރިފަރާތުން އަޅުގަޑަށް ގޯތި ވިއްކަން ބޭނުންވުމުން ބޭންކަށް ފައިނޭންސް ހޯދުމަށް ހުށަހެޅުމުން އަޅުގަޑު ކޮށްފައިވާ އިންވެސްޓްމެންޓަށް ބެލުމަށްފަހު އަދި 2017 ވަނަ އަހަރު ކޮށްފައި އޮތް އިންވެސްޓްމެންޓަކަށް ވިޔަސް މިވަގުތު ސިޔާސީ މަޤާމެއްގަ ހުރުމުން 2017 ގައި އިންވެސްޓްކޮށްފައި ހުރި ފައިސާ އަކީވެސް އަޅުގަނޑު މަސައްކަތް ކޮށްގެން ހޯދާފައިވާ ހަލާލު ފައިސާކަން ޔަޤީންކުރުމަށް ފަހު 2020 ވަނަ އަހަރު ލޯނު އެޕްރޫވްވި." އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ "ދިޔަރެސް" ނޫހުގައި ކާރެއްގެ ވާހަކަވެސް އެބައޮތް ކަމަށާއި އެކާރަކީ އެސްޓީއޯގެ ކާރެއް ކަމަށެވެ. އަމުރު އަގުބޮޑު ގަޑިއެއް ތުރުކުރައްވާ ކަމަށް ނޫހުގައި އޮތުމުން އަމްރު ވިދާޅުވީ އެއީ މިސަރުކާރު އައުމުގެ ކުރިން ވެސް އޭނާ ތުރުކުރައްވާ ގަޑިއެއް ކަމަށެވެ.
"މި ކަހަލަ ވާހަކަތައް އެނގިހުރެވެސް މީހުންގެ އަގު ވައްޓާލަން ލިޔުމަކީ ރަނގަޅުކަމެއް ނޫން. ލިޔަން ކޮންމެހެން ބޭނުންނަމަ ގުޅާލާ ސާފު ކޮށްލުމަކީވެސް ނޫސްވެރިކަމުގެ އެއް އަސާސް. މީހުންނަށް އޮޅޭގޮތަށާއި، ދޮގު މައުލޫމާތު ލިޔުމަކީ ނޫސްވެރިކަމެއް ނޫން." އަމްރު ވިދާޅުވިއެވެ.
އަމްރު އަކީ ސަރުކާރުގެ އޭގްރޭޑް ކުންފުންޏެއް ކަމަށްވާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް ވާތީ އޭނާ އަށް މުސާރައިގެ ގޮތުގައި މަހަކު އެއްލައްކަ ރުފިޔާ ލިބެއެވެ.
ތިލޯނުލިބުނީ ތިމަގާމުގަ ހުރުމުން ނޫނަމަ ތިވަރު އަދަދެއްނުދޭނެ (އެއީމައްސަލަޔަކީ) ކޮންތަނެއްމޯގޭޖުކުރީ
ގޯއްޗެއްގަ ތިންބުރީގެ ޢިމާރާތަކަށްއިންވެސްޓުކޮށްފިނަމަ އައްމިލިއަންގެ ލޯނެއްއެޕްރޫވާނަމަ އަޅުގަޑުވެސްބޭނުން އެފަދައިންވެސްތްމަންތެއްކުރަން
ކޮބާ ގަނެފައި ހުރި 10 އެޕާޓު މެންޓް ސާބަހޭ މަރުވާނެކަން ހަދާން ހުރޭބާ؟
ދިޔަރެސް ނޫހުގައި ގެ ޚަބަރުގައި އެބައޮތްތޯ ދޮގުވާހަކައެއް، އަމްރު ގެއެއް ގަތްވާހަކައަކީ ތެދެއް ނޫންތޯ، އަދި ކާރެއް ދުއްވާ ވާހަކައަކީ ދޮގެއްތޯ، އަތުގައި އަގު ބޮޑު ގަޑި އަޅާވާހަކައަކީ ދެތެއް ނޫންތޯ، ޚަބަރުގައި އެ ފައިސާއަކީ އަމްރު، މިވެނިތާކުން ވަގައްހޯދި ފައިސާއިން ގެ ގަތްވާހަކައެއް ނެތެވެ. މީގެ ކުރިއަކުން މަނިކް ފާނުގެ މިކަހަލަ ވާހަކައެއް ނޫހުގައި ޖަހާފައި އޮތްތަނެއް ނުފެނެވެ. އެކަމަކު 1 ލައްކަ ރުފުޔާގެ މުސާރައެއްގައި ހުރި ދައުލަތުގެ އެންމެ ބޮޑު ކޮންފުނީގެ ވެރިޔާގެ ފަރާތުން ފެންނަ މިފަދަ ކަންކަން ރައްޔިތުންނަށް އެނގެންޖެހޭނެއެވެ. މަނިކުފާނުމެން އެހެންމީހުނާ ދިމާލަށް ކޮންމެފަދަ ތުހުމަތެއް ކުރިއަސް އެއީ ޑިމޮކްރަސީކަމަށް ގޮވަމުން ދިޔަ ދުވަސްވަރެއްވެސް ދިޔަ ނޫންތޯ.
ނޫން ނޫން އަޑަފި މިސަރުކާރުގެ ޑިމްކްރަސީ އަކީ މިސަރުކާރުގެ އެއްވެސް މީހަކާ ދިމާ އަށް ތައުރީފް ގެ ބަހެއްނޫން ބަހެއް ބުނެފިޔާ ކުއްވެރިވާނެ އެވާނޫ ނުހައްގުން އަގު ވައްޓާލަން ކުރި ކަމަކަށް. އެކަމް މި ސަރުކާރުގެ ބޮޑުން އޯކޭ ކޮންމެ ފަދަ އެއްޗެއް މީހުނާ ދިމާ އަށް ގޮވިޔަސް އެއީ ޑިމޮކްރަސީ ހިޔާލު ފާޅުކުރުމުގެ ހައްޤު. މިސާލަކަށް ރައީސް ޔާމީން ގެ ގޮއްވާލަން ބުނީ ޖަޒްބާތުގަ ޖެހިގެންނޭ ބުނީމަ އޯކޭ ހަމަ. އެކަމް މުލީއާގެ މަޖިލީސް ކުރާ ގެ ކައިރިން ދަމުން ބޮ ކިޔާ އަޑު އިވުނަސް ހައްޔަރު. މީނުތޯ ހަޤީގަތަކީ؟
ވަރަށް ސަލާމް
400000 ދިވެހިރައްޔިތުންގެ ބޯނެތްކަމައް ކަލޭ ހިީ ނުކުރޭ ވަރައްގިނަމީހުން ހުރޭދިގު މުއްދަތައް ތަންތަން ހަދާފަ
ނަންވާނީ ޔާމީނު....
އަމުރޭ ކީމަ ނޫސް ވެރިން ކަޑަ. އަމްރު ރައީސް ޔާމީންނާ ދިމައަށް ވަގައްގޮވާ އަގުވައްޓާލަން ޓީވީތަކުގަ ކޮންމެ އެއްޗެއްކިޔަސް އޯކޭ.ވަޓް އިޒް ދިސް؟އަލީ ވަހީދުވެސް ގޯތިގަނެ 10ބުރީގެ އިމާރާތެއް ކުރީ މަންމަ ކިއްލި ވިއްކައިގެންނޭ ބުނީ. އަމީރު ގެ ތިކަންތައްވެސް ބެލޭނެ ދުވަހެއް އަދި އަންނާނެ ޔަޤީންކަމެއް.
ކަމަކުން ބަރިއްޔަ ވާންބޭނުންމީހުން ދައްކާނެވާހަކަ ވަރަށް ހުންނާނެ!
އިމާރާތެއް ނެތަސް މާލޭގައި ގޯއްޗެއް 8 މިލިޔަން އަށް މޯގޭޖް ވެލިއު އެއް ހުންނާނެކަންނޭނގެ. ކިހާ ވަރެއްގެ އަގެއް ހުރޭބާ މާލޭގައި ގޯއްޗެއްގަ.
ތެދުހާމަވާނެ ދުވަސް އެބައާދޭ
8 މިލިއަނަށް މާލޭގަ ވިއްކާ ގޯއްޗެއް އެބައޮތްތަ؟
ތީ ސިޔާސީ މީހުން އާންމު ރައްޔިތުމީހާ ލޮލުގަ އަޅުވާ އަނދުނެއް. ލޯން ނަމެއްގަ ނަގާނެ. އެއީ ދައްކަން. އެ ލޯނު މަހެއް ނުވަނިސް އަދާކުރާނެ. ކޮން ފައިސާއަކުން؟!