މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޑޫ ސިޓީ މީދޫ ދެކުނުގެ، ޝައިޚް ޖައުފަރު ފާއިޒް އަވަހާރަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝައިޚް ޖައުފަރު ފާއިޒް އަވަހާރަވެފައިވަނީ މީގެ އިރުކޮޅެއް ކުރިން އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
ޖައުފަރު ފާއިޒަށް އައިޖީއެމްއެޗްގައި ފަރުވާ ދެއްވަމުން ގެންދަވާތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ހޮސްޕިޓަލްގައި ފަރުވާ ދެއްވަން ފެށީ ވެސް ކޮވިޑް-19 ގެ ރޯގާއަށް ފައްސިވެގެންނެވެ.
އަވަހާރަވިއިރު އުމުރުފުޅަކީ 65 އަހަރެވެ.
ޝައިޚް ޖައުފަރު ފާއިޒަކީ ދީނީ އިލްމު ފެތުރުއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން މުދައްރިސުކަން ވެސް ކުރައްވާފައެވެ. މިހާރުވެސް ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި ޝައިހް ޖައުފަރުގެ ދަރިވަރުން އެބަތިއްބެވިއެވެ.
ޝައިޚް ޖައުފަރު ފާއިޒް އަވަހާރަވުމުން ވަރަށް ގިނަ ބޭފުޅުން ގެންދަވަނީ އޭނާ އަށް ހެޔޮ ދުއާ ކުރައްވާ މީސް މީޑިއާގެ އެކި މަންސަތަކުގައި ބަޔާންތައް ލިޔުއްވަމުންނެވެ.
ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ޖައުފަރު ސަރއަކީ މަދަރުސަތުލް ޢާލިޔާގައި 1990ގެ އަހަރުތަކުގައި، އަޅުގަނޑު ފަދަ އެތައް ދަރިވަރަކަށް އުނގަންނަވައިދެއްވި މުދައްރިސެކެވެ. ހިތްޕުޅު ހެޔޮ އެދުރެކެވެ. ހިނިތުންވެވަޑައިގަންނަވަމުން މެނުވީ ބަސްފުޅެއް ވިދާޅުވި ތަނެއް ދުވަހަކު ވެސް އަޅުގަނޑެއް ނުދެކެމެވެ. އަބަދުވެސް ފެންނަނީ ހުދު ސާފު ހެދުންކޮޅުގައި ހުންނަވަނިކޮށެވެ. ޖައުފަރު ސަރގެ ހިތްޕުޅު ވެސް ހަމަ އެހައި ސާފުކޮށް ފެންނަ ފަދައެވެ."
ދާދިފަހަކާއި ޖެހެންދެން ވެސް ޝައިހް ޖައުފަރު މިސްކިތްތަކުގައި ދަރުސްތައް ދެއްވަވާފައި ވެއެވެ. އޭނާ ވަނީ ތަފާތު އެކި މައުލޫތަކަށް ދީނީ އިލްމުގެ ފޮތްތައް ވެސް ލިޔުއްވާފައެވެ.
ޝައިހް ޖައުފަރުގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު ނަމާދަށް ފަހު މަސްޖިދުލް ފުރުޤާން (ފުރުޤާން މިސްކިތުގައި) ކަމަށް މައުލޫމާތު ލިބެއެވެ.
ސުވަރުގޭގެ މަތިވެރި ނިއުމަތް ޝޭހައް މިންވަރުކުރައްވައި ފާފަތައް އެއްކޮއް ފުއްސަވާށި.
ދީނަށް ޚިދުމަތްކުރެއްވި ތަގުވާވެރި ބޭފުޅެއް. ހިނިތުންވުމާއެކު ހެޔޮކޮށް މުޢާމަލާތު ކުރައްވާ ބޭފުޅެއް. ޖައުފަރުބެއަށް ހެޔޮ ރަހުމަތް ލައްވާށި!
إنا لله وإنا إليه راجعون.
اللهم اغفر له وارحمه وعافه واعف عنه وأكرم نزله ووسع مدخله وارزقه الفردوس الأعلى، والهم أهله وذويه الصبر والسلوان.
މިސަރުކާރުން ޝެޭހް ޖައުފަރު ފަާއިޒު ދުލުގަ ތަޅުލާފަ ހުންނަތާ 1 އަހަރއްވުރެ ދުވަސް ވީފަހުން އަވަހާރަވީ
إنا لله وإنا إليه راجعون
إنا لله وإنا إليه راجعون
* اللهم اغفر لهما وارحمهما وعافهما واعف عنهما
* اَللَّهُمَّ ثَبِّتْهما عِنْدَ السُّؤَالِ فِي الْقَبْرِ وَيَوْمِ الْقِيَامَةِ
* آمِينْ
ޝެއިޚް ތިޔަ ވަޑައިގަތީ އަޅުގަނޑުމެން ރޮއްވާލާފައެވެ. ޝެއިޚުގެ އަގުހުރި ނަސޭހަތްތައް އަމާނާތްތެރި ކަމާއެކު އަޅުގަނޑުމެން ދަމަހައްޓާނަމެވެ.
إنا لله وإنا إليه راجعون ...
رحمه الله
އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން ޝެއިޚް ޖައުފަރު ފާއިޒަކީ އިސްލާމްދީނުގަ ކަންއޮތްގޮތް ފުރިހަމައަށް ޖެހިލުމެއްނެތި ބުނެ ހާމަ ކުރައްވަމުން ގެންދެވި އިޚްލާސްތެރި ޢިލްމުވެރިއެއް ޝެިޚުއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާކުރަން
މަރުޙޫ މްގެ ފުރާނައަށް ސުވަރުގޭގެ މަތިވެތި ނިޢު މަތް މިންވަރު ކުރައްވައި ޢާއިލާ އަށް ކެތްތެތިކަން ދެއްވާށި
آمين !
انالله وانا االيه راجعون اللهم اغفرله اللهم ثبته
إنّا لله وإنّا إليهِ رَاجعُون
إنّا لله وإنّا إليهِ رَاجعُون
ޝެއިޙްގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވާ ކަށްވަޅު ތަނަވަސް ކޮށްދެއްވައި ޖަންނަތުލް ފިރްދައުސްގެ އެންމެ މަތިވެރި ނިއުމަތް ޝެއިޙް އަށް މިންވަރު ކުރައްވާށިއެވެ. އެންމެ ފަހުވަގުތައި ޖެހެންދެންވެސް ޙައްޤު ބަސް ބުނުމުގައި ޝޭއިޙް ޘާބިތުވިއެވެ.. މާތްﷲ ޝެއިޙްގެ ހެޔޮ އަމަލުތަށް ގަބޫލުކުރައްވާށިއެވެ.
ދީނަށް ޚިދުމަތްކުރެއްވި ތަގުވާވެރި ބޭފުޅެއް. ހިނިތުންވުމާއެކު ހެޔޮކޮށް މުޢާމަލާތު ކުރައްވާ ބޭފުޅެއް. ޝެއިޚަށް ހެޔޮ ރަހުމަތް ލައްވާށި!
إنّا للّه وإنّا إليه راجعون
الّلهمّ اغفرله والرحمه وعافه واعف عنه وأكرم نزله ووسِّع مدخله واغسله بلماء والثّلج والبرد ونقِّه من الخطاياى كماينقّى الثّوب الأبيض من الدّنس
ކަލޭމެން އެންމެނާވެސް "މަރު" އައިސް ބައްދަލުކުރާނެ.. އެކަމަކީ މުޖައްރިބު ކަމެއް.. ނޭނގޭ ކަމަކީ ކޮންތާކުގައި ކަމެއް. ކޮންއިރަކު ކަމެއް. އަހަންނަށް ކުރެވިފައިވާ ފާފަ ތަކަށް އަހަރެން ދެރަވެ ހިތާމަ ކުރަން.. އިސްލާމް ދީނުގެ މަތީގައި ޞާލިޙު މުސްލިމެއްގެ ގޮތުގައި އުޚްރަވީ ޙަޔާތަށް ދާނެ މީހަކު ކަމުގައި ލެއްވުން އެދި ދުޢާ ކުރަން..
ޖައުފަރު ފައިޒަކީ އުމުރުގެ ބޮޑުބައެއް އިސްލާމްދީން އުގެނުމަށަާއި ކިޔަވައިދެއްވުމުގައި ރާއްޖެއިން ބޭރުގަ އުޅުއްވި ބޭފުޅެއް އަަާއިލާ އޮންނަނީވެސް އިންޑިާއާގަ އެކަމަކު މިއަނިޔާވެރި ސަރުކާރު ވަނީ ޖައުފްރުގެ ޕާސްޕޯޓް އެަްވެސް ހައގަކާނުލާ ހިފަހައްޓާފަ
ޝައިޚް އާއެކު 15 ދުވަހު ސައުދީގައި ޢުމްރާ ދަތުރެެއްގައި ވުމުގެ ފުރުޞަތު ލިބުނު. ވ ރަގަޅު، ހިތްތިރި ޝައިޚެއް.
ދީނަށް ޚިދުމަތްކުރެއްވި ތަގުވާވެރި ބޭފުޅެއް. ހިނިތުންވުމާއެކު ހެޔޮކޮށް މުޢާމަލާތު ކުރައްވާ ބޭފުޅެއް. ޖައުފަރުބެއަށް ހެޔޮ ރަހުމަތް ލައްވާށި! އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން
إنا لله وإنا إليه راجعون.
اللهم اغفر له وارحمه وعافه واعف عنه وأكرم نزله ووسع مدخله وارزقه الفردوس الأعلى، والهم أهله وذويه الصبر والسلوان.
انا لله وانا اليه راجعون
اللهم اغفر له وارحمه
إنا لله وإنا إليه راجعون
إنّا لله وإنّا إليهِ رَاجعُون
ވ.އޯގާތެރި ޝައިޙް އެއް. ﷲ ޝައިހް އަށް ރަހްމަތް ލައްވާށި!