ހަ މުދައްރިސަކަށް، އެކިކަހަލަ ފުރައްސާރަކުރުމާއި، ބައެއް މުދައްރިސުންނަށް ޖިންސީ ފުރައްސާރަކުރުމުގެ ތުހުމަތު ކުރެވިގެން މައްސަލަ ތަހްގީގުކޮށް އަދި މައްސަލަ ސާބިތުވާ ކަމަށް ވެސް ނިންމާފައިވާ ޕްރިންސިޕަލަށް އެޑިއުކޭޝަން މިނިސްޓްރީން ޕްރޮމޯޝަން ދީފި ކަމަށް ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ޓީޗާސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް، ޓީޗާސް އެސޯސިއެޝާންގެ މެންބަރުންކަމުގައިވާ، ހަ މުދައްރިސަކަށް، އެކިކަހަލަ ފުރައްސާރަކުރުމާއި، ބައެއް މުދައްރިސުންނަށް ޖިންސީ ފުރައްސާރަކުރުމުގެ ތުހުމަތާއި ގުޅިގެން، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ކަމާއި ބެހޭ ފަރާތްތަކަށް މައްސަލަ ހުށައެޅުމާއި ގުޅިގެން، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ހާއްސަ ކޮމިޓީއަކުން މިމައްސަލަތައް ބަލައި، ޖިންސީ ފުރައްސާރައިގެ އަމަލު ސާބިތުވެފައި ވަނިކޮށް، މިއަމަލު ހިންގި ފަރާތައް އެއްވެސް ފިޔަވަޅުއެޅުމެއްނެތި، އެފަރާތުގެ އެދުމުގެ މަތިން، ޕްރޮމޯޝަންއަކާޢިއެކު އެހެން ސްކޫލްއަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ތައުލީމީ ދާއިރާގެ ގަދަރުވެރި މަޤާމެއްގައި ހުރެ، އޭނާގެ ދަށުން ތިބި މުއައްޒަފުންނަށް ޖިންސީ ފުރައްސާރަކޮށްފައިވާކަން، ސާބިތުވެފައިވާ ހިނދު، އަނިޔާދިން ފަރާތުގެ މަސްލަހަތު ހިމާޢަތްކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން މަސަކަތްކުރަމުންދާދިއުން ޓީޗާސް އެސޯސިއޭޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް އެޖަމިއްޔާ އިން ބުންޏެވެ.

"ޖިންސީ ފުރައްސާރައިގެ މައްސަލައިގައި، ޝިކާރަކަށްވެފައިވާ ފަރާތްތަކަށް، އެފަރާތްތަކުގެ ބެލެނިވެރިއެއްގެ ގޮތުގައިވާ، މިނިސްޓްރީ އޮފް އެޑިއުކޭޝަންއިންވަނީ އެފަރާތްތަކަށް ބޭއިންސާފުން، އެއްވެސް މަޝްވަރާކުރުމެއްނެތި ފިޔަވަޅުއަޅާފައެވެ. މިކަމަކީ މިޖަމްޢިއްޔާއިން ނުހަނު ކަންބޮޑުވާ އަދި ޖިންސީ ކުށުގެ ގާނޫނާއި ހިލާފަށް، ބޭއިންސާފުން ނިންމާފައިވާ ނިންމުމެކެވެ." އެސޯސިއޭޝަންގެ ބަޔާނުގައި ބުންޏެވެ.

އެހެންކަމުން މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން، މިމައްސަލަ ރައްދުވާ ފަރާތުގެ މަސްތަހަތު އިސްކޮށް، އެފަރާތް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލައި، ގާނޫނުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އެފަރާތައް އެޅުމަށް އެސޯސިއޭޝަނުން ވަނީ ގޮވާލާފައެވެ.

އަދި ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވެފައި ފަރާތްތަކަށް ފިޔަވަޅުއެޅުމުގެ ގޮތުން، އެހެން ސްކޫލްތަކަށް ބަދަލުކުރުމަށް ނިންމާފައިވާ ނިންމުން ބާތިލްކޮށް، އެމީހުންގެ ހައްޤުތައް ހިމާޢަތްކުރުމަށް ވަނީ ގޮވާލާފައެވެ ޖިންސީ ފުރައްސާރައިގެ އަމަލުތައް ހިންގާ ފަރާތްތަކަށް، ހިތްވަރުލިބޭ ފަދަ މޭރުމުން ކަންކަން ނުކުރުމަށް ވެސް އެޖަމިއްޔާ އިން ވަނީ ގޮވާލާފައެވެ.

ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަކީ، ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ އެންމެހައި މުއައްޒަފުންގެ ހައްޤުތައް ރައްކާތެރިކުރުމާއި އަދި މުޅި ތައުލީމީ ދާއިރާގެ ކުރިއެރުމަށް، 2008 އިން ފެށިގެން މަސައްކަތްކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. Anonymous

    މި ޚަބަރު ޖަހަންޖެހޭނެ ގޮތަކީ، އިިއްޒުއްދީނުގައި ތިބި ފިތުނަވެރި ދޮގުވެރިންތަކެއް އެހެން ސްކޫލަކަށް ބަދަލުކޮށްފި -- މިސުރުހީގެ ދަށުގައި.

    13
    3
  2. ޓީޗަރު

    ތީ ވަރަށް ސާފު މައްސަލައެއް. އެއްވެސް ހަގީގަތެއްނެތް ދޮގު އިލްޒާމު އަޅުވައިގެން ޕްރިންސިޕަލްގެ އަގު ވައްޓާލާ ބޭރުކުރަން އެތަނުގައި މާކަންކަން އެނގޭކަމަށް ހެދިގެން އުޅޭ ސިޔާސީ ޓީޗަރުންތަކެއް ފެށިމަސައްކަތެއް. އެންމެ ފުރަތަމަ އެޓީޗަރުން ބެލީ މަސައްކަތާއި ފެއަށްޖެހެން. އެއީ އެމީހުން ބުނާގޮތް ނުހަދާތީކަމަށް ބުނީ. އެވަރުންވެސް އެމީހުން ގޮތް ދޫނުކުރި. ދެން ބެލީ ދޮގުއިލްޒާމު އަޅުވައި ޕްރިންސިޕަލްގެ އަގުވައްޓާލަން. އެކަންވެސް ނާކާމިޔާބު ވުމުން ދެން އެއްކަލަ ދެއުޅިއެއްނުވާ އެސޯސިއޭޝަނުން ބަޔާން ނެރުނީ މިސަރުކާރުގެ އަގުވައްޓާލަން.

    8
    10
    • Anonymous

      ތި އެސޯސިއޭޝަނުގެ އަގުވެސް ތިވެއްޓުނީ މުނާފިގުންތަކެއްގެ ނުބައިކަމުން.. ހަގީގަތުގަ ބުނަންޏާ ބުނެވޭނީ އެޑިޔުކޭޝަން މިނިސްޓަރުގެ ލީޑަރޝިޕް ދަށް ކަމަށް. ޓީޗަރުން ފިތުނަވެރިކަން އުފައްދަން ފެށީމަ އެމީހުން މަގާމުން ވަކިކުރެވެންވާނެ. 1 އަހަރުވަންދެން އެމީހުން އެސްކޫލުގައި ފިތުނަ އުފައްދާ ނުހަދާކަށް ދޮގެއްނެތް. އެވަރުގެ ބަޔަކު ތައުލީމީ ދާއިރާއިން ދުރުކުރަންޖެހޭނެ. އެމީހުންނަށް ދުވަހަކުވެސް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދެވިގެން ނުވާނެ. ޅަދަރިންތަކެއް ހަލާކުވެދާނެ ތިމީހުންގެ އަތްދަށުގަވެއްޖެނަމަ. އެތެރެނުބައި އިންތިހާއަށް ދޮގުހަދާ ވަރަށް ނުލަފާ ޓީޗަރުންތަކެއްގެ ވާހަކަ މިދެކެވެނީ. ނިކަން މުޖާހިދުމެން މިކަންކަން ހަމައަކަށް އަޅުވަބަލަ.

      3
      2
  3. ޢަހްމަދު

    ތިކަން މިހާރު ވެފަ ތި އޮންނަނީ މީހުންގެ އަގުވައްޓާލަން ބޭނުން ކުރާ ހަތިޔާރަކަށް. ޓިޗަރސް އެސޯސިއޭޝަންގެ މަޤުޞަދުގައި ލިޔެފައިވަނީ ތަޢުލީމީ ދާއިރާގެ އެންމެހާ މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި ތަޢުލީމީ ދާއިރާ ކުރިއެރުވުމުގެ ވާހަކަ. އެކަމު ރައްޔިތުން ކުރިމަތީ އަގުވައްޓާލީ ތަޢުލީމީ ދާއިރާގައި އިޙްލާސްތެރިކަމާއިއެކު މަސައްކަތްކުރި ޕްރިންސިޕަލެއްގެ. މަޤުޞަދާއި ކުރާ ކަމަކާ ދިމައެއް ނުވޭ.

    3
    1
  4. Anonymous

    ލޮޖިކަލް ވާހަކަ ދައްކަބަލަ. ނޫހުގައި ޖެހިދާނެ. އެކަމަކު މިއީ އިހްތިރާމް ލިބިގެންވާ އަދި މީހެއްގެ ފިރިއެއް ދަރިންގެ ބައްޕައެއްގެ ވާހަކަ. މިޕްރިންސިޕަލް ކުރަންވީކަމަކީ، މި އެސޯސިއޭޝަނާ ދެކޮޅަށް އަބުރުގެ ދައުވާކުރުން.
    މުޑުދާރު ގޮތްނެތް ބަޔަކަށް ޓީޗަރުންވީމަ އެމީހުން ކިޔަވައިދޭ ދަރިވަރުންނަށް ކޯންޗެއް ދަސްކޮށްދެވޭނީ. މި ހުތުރުވާހަކަ ފަތުރާ ހަމައެކަނި ސަބަބަކީ އަމިއްލައަށް އިސްތިއުފާދިން އެލްޓީ މަގާމު ގެއްލި އަގުވެއްޓި މި 5 މީހުން އެހެން ސްކޫލުތަކަށް ބަދަލުކުރުން. މިމީހުން ދިޔަ ސްކޫލުތަކުންވެސް މިމީހުންގެ ދުލުގެ ނުބައިކަމުން ރައްކާތެރިވެ ތިބެންވާނެ. ވަރަށް ނުބައި ދޮގުވެރި ބައެއް މިމީހުންނަކީ.

    4
    3
  5. އިސްތިއުފާ

    އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

    11
    3
  6. މަބޭ

    ޟަޖުލިސް މެންބަރެއްގެ ފިރިމީހާ ޖިންސީފުރައްސާރަކުރުމުން މިސަރުކާރުން މެންބަރު އައިޕީޔޫގެ ހިއުމަންރައިޓްސް ކައުންސިލައް ޓީޗަރުން ޖިންސީފުރައްސާރަކުރީމަ މިސަރުކާރުން އެމީހުނައް ޕްރޮމޯސަން މިހާކަންހާވަރައް ެިންސާފުވެރިވާނީ

    10
    1
  7. ސޭފް

    މިމައްސަލާގައި މިނިސްޓަރގެ މައްޗަށް ނުފޫޒު ފޯރުމާއި މަޤާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ދަޢުވާކުރެވެންވާނީ ޕްޕޯޝަން ލިބުނު މީހާގެމައްޗަށް.

    1
    1
  8. ކިޔުންތެރިއެއް

    ސަޅި. މިހާރުގެ ޖީލުތަކަށް ޖިންސީ ފުރަށްސާރަކުރުމާ ކޮރަޕްޝަމް އޯކޭކަން މި އުނގައްނާދެނީ ތަޢުލީމީ މުއައްސަސާއެއްގެ ކަންކަން މިގޮތަށްހުރުމުން. އެނީވޭޒް ކޮށްމެ ޙާލެއްގަ އުޅެންޖެހުނަސް ސިވިލްސާރވަންޓުން ތިބެންޖެހޭނީ އަނގަބަންދުކޮށްގެން. ހަމައެކަނި އިއްޒަތަށް ދައުވާކުރާ ފަރާތްތަކަށް ބަސްބުނެވޭނީ. މިކަންތައްތަށް ބަލަންޖެހޭ މިނިވަން މުއަށްސަސާތަށް ތިބީ ސިޔާސީ ވެރިންގެ އުނގުގަށް ވެއްތިގަނެވިފަ، ޝިކާރައަކަށްވެފައިވާ ފަރާތްތަށް އެއީ ވިޔަސް ނުވާކަމެއްކަމަށް ދެކިލައިގެންތިބުން ހައްލަކީ، ވަޒީފާ ގެއްލިދާނެ ކަމުގެ ބިރައްޓަކާ.

  9. ޓަކިބެ

    މީގަ މައްސަލައަކީ ކޮބައިކަމެއް ނޭނގުނު މަށަކަށް. ބަލަ މަތީ މަގާމުތައް ލިބެނީ ވައްކަމާ ޖިންސީ ފުރައްސާރަޔާ ކޮރަޕްޝަންގެ އަމަލުތައް ކުރުމުގަ އެންމެ ފުންނާބު އުސް ތަޖުރިބާކާރުންނަކަށް ނޫންތަ؟؟ މިޒަމާނުގަ ހުދު ކާފޫރު ކޮޅަކަށް ވެގެން މަތީ މަގާމެެއް ނުލިބޭ ކަމެެއް ނޭނގެނީތަ؟؟

    4
    1
  10. ޛުނި

    ޓީޗަސް އެސޯސިއޭނުގެ ރަޢީސުގެ ވަރަށް މުހިއްމު ޚަބަރެއް އެބައޮތް. ޢިންތިޒާރު ކޮއްލައްވާ

  11. މުނި

    ސްކޫލު ތަކުގައި އުޅޭ އެންމެ ގިނައިން އެބްޒެންޓުވެ އެންމެ ފަރުކުޑަ ޓީޗަރުންނަކީ ތި ކިޔާ އެސޯސިއޭޟަނުގެ އިސްވެރިން. ކުދިންނަށް ދޭން ޖެހޭ ޚިދުމަތް ނުދީ އަބަދު ޙައްޤުތަކުގެ ވާހަކަ ދައްކާނީ. ތި އެސޯސިއޭޟަނަކީ ތާޢުލީމީ ދާއިރާ ފުނޑާލަން އުޅޭ ބައެއް. ތި އެސޯސިއޭޟަނުގައި އިސްކޮށް ތިބި މީހުންގެ ފަތިފުއް ކިޔަން ޖެހިދާނެ.

  12. ޒާ

    ސްކޫލްގަ ތިބުނާ ޓީޗަރުން މަސައްކަތްކުރީ ތައުލީމީ ސިޔާސަތާ ދިމާއިދިކޮޅަށް. ޕްރިންސިޕަލްއެއީ އެއްވެސް މީހެއް ނޫންކަމަށް ދައްކަން އުޅުނު. މާއިނގޭކަމަށް ހެދިގެން އުޅުނު. އެމީީހުން އެކަން ރަނގަޅުކުރަން އެންގުމުން. ÷ްރިންސިޕަލާ ދިމާކޮށް އަގުވައްޓާލަން ދޮގު އިލްޒާމު އެޅުވީ.

    3
    1
  13. ވަތަނަބެ

    ޓީޗަރސް އެސޯސިއޭސަނުގެ މެމްބަރުންނަށް އެމީހުން ވުމުގެ ކުރިން އެމީހުންނަކީ ޓީޗަރުންގެ ޒިންމާ ބޮލުގަ އަޅައިގެން ތިބި މީހުން. ޓީޗަސް އެސޯސިއޭސަނުންނާއި އެ ސޯސިއޭސަނުގެ އިސްމީހުން އެކުގައި ކުރިން މަސައްކަތް ކުރި މީހުން މިހާރު އެޑިޔުކޭޝަންގެ ސިޔާސީ މީހުންގެ ތެރޭގައި ތިބެގެން އެ އެސޯސިއޭސަން ލައްވާ މުޅިނިޒާމު ސިޔާސީ ގޮތުން ފުނޑާލަން ހިންގާ ވަރަށްބޮޑު ކުޅިގަނޑޭއްކަމަށް އިތުބާރުހރި މަސްދަރުތަކުންބުނޭ. ތިޔަބުނާ ޓީޗަރުން އިއްޒުއްދީން ސްކޫލު ހަލާކުކޮށްލަން ދިމާކޮށްފަ އޮތީ އެމީހުން ބޭނުންވާ މަޤާމާ ކަންކަން ނުލިބިގެން. ހަޤީގަތަކީ އަސްލު މީ.

  14. Anonymous

    މި ސަރުކާރަކީ އަގު ވެއްޓިފަ އޮތް ސަރުކާރެއް.