ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ ދެ އަހަރުގެ މުއްދަތުގެ ތެރޭގައި ތަރައްގީގެ އެންމެ ގިނަ މަސައްކަތްތައް ކުރެވިފައިވާ ސަރުކާރު ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހްގެ ސަރުކާރަށް ތައުރީފް ކުރައްވައި، އެމްޓީސީގެ އެމްޑީ އާޒިމް މިހެން ވިދާޅުވެފައި މި ވަނީ، އޭނާގެ ބޭބެ އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

"ރާއްޖެ ޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އާޒިމް ވިދާޅުވީ، ރައީސް ސޯލިހްއާ އެކު ރިޔާސީ ކެމްޕޭންގައި ވެސް ވަރަށް ކައިރިން މަސައްކަތް ކުރެވުނު ކަމަށެވެ. އޭރު ކޮންމެ ރަށެއްގައި ވެސް އެންމެ ބޭނުން ޖެހިފައިވާ ކަންކަން ކޮށްދިނުމުގެ ވައުދު ރައީސް ވެވަޑައިގަންނަވާ ކަން ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވީ، ރައީސް ސޯލިހްގެ ވެރިކަމުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ވެސް އެމްޓީސީސީން މުހިއްމު ދައުރެއް އަދާކުރާއިރު އެ މަސައްކަތްތައް ހިންގަމުން އަންނަ ދުވެލި ވަރަށް ކައިރިން ފެނިވަޑައިގަންނަވާ ކަމަށެވެ.

މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައި ނުވާ ވަރަށް މި ދެ އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރަށް މަސައްކަތް ކުރެވިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

"ކުރީގެ އެއްވެސް ރައީސަކަށް ބުރަ ބަހެއް ބުނާކަށެއް ނޫން، ދެ އަހަރު ތެރޭ އެންމެ ގިނަ ތަރައްގީގެ މަސައްކަތްތައް ރާއްޖޭގައި ކޮށްފައިވާ ރައީސަކީ އިބްރާހިމް މުހައްމަދު ސޯލިހުކަން ރިކޯޑުން މިއަދު ފެންނަން އޮންނާނެ،" އާޒިމް ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ ރިޔާސީ ދައުރުގައި ދެ އަހަރާއި ބައި އޮތް ކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި އެމްޓީސީސީން އަދާ ކުރަން ޖެހޭ ދައުރު އަދާ ކުރާނެ ކަމަށެވެ.

ރަށްރަށުގައި ހިނގަމުންދާ މަޝްރޫއުތަކުގެ އިތުރުން، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރަން ވެސް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަން އާޒިމް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. Anonymous

  ގާނެގުމުގެ ތަރައްޤީ އުތަ؟ ތި ހަދި ހޯރަފުށީ އެއަރޕޯޓާއި، ފަރެސް މާތޮޑާ އެއަރޕޯޓަކީ ރައީސް ޔާމީން ފަންޑު ހަމަޖައްސާފަ ހުރި ތަންތަން.. ތެދެއް އެމްޓީސީސީން މަސައްކަތްކުރީ މި 2 އަހަރުތެރޭ... އެކަމަކު އެއީ މިސަރުކާރުން ކުރިކަމަކަށް ވާނެތަ؟ މިސަރުކާރަކީ ނާގާބިލް ރައްޔިތުންނަށް އަނިޔާވެރިވެ ދިވެހި ދައުލަތުގެ ހަޒާނާ އަމިއްލަ ޖީބަށް އެޅުން ނޫން ކަމެއް ކުރާ ސަރުކާރެއްނޫން.

  28
 2. Anonymous

  ދެން 75 ހާސް ރުފިޔާގެ މުސާރަ ދީފަ ހުންނަންޏާ ހެއްދެވިހާ ދޮގެއްވެސް ހަދަން ޖެހޭނެތާދޯ؟؟ އަހރެމެން ހައިރާނެއް ނުވޭ... ހިމާލްޔާ ފަރުބަދަ ވަރުގެ ބޮޑެތި ދޮގު ހަދާލަން ތިހިރަ ކުޑަކުޑަ މީހާވެސް ބިރެއް ނުގަނޭ! ފައިސާކޮޅެއްގެ ބޭނުމުގައި. ބަލަ އާރްސީސީއަށް ފައިސާ ލިބޭވަރު މަދީތަ؟ އެހެނެއްނޫން ދޯވަނީ. ގްރީޑަކީ ދުވަހަކު އަލާ ކެނޑޭނެ އެއްޗެއްނޫން..

  25
 3. ކޮވިޑް

  މައި ގްޑްނަސް. ޝުކުރިއްޔާ. ތިޔަކުރި ތަރައްގީގެ މަންފާ ކުރީ މިސަރުކާރުގެ ބޮޑުންނަށް ދެއްތޯ؟ނިކަމެތި ރައްޔިތަކަށް ވީ ކަމެއް ކޮބާ؟

  27
  1
 4. ވަޒީ

  މި ސަރުކާރުން 'ތަރައްގީ" މި ބަސްވެސް ހިޔެއް ނުވޭ ބޭނުން ކުރިހެނެއް މާކައް ގިނައިން.

  18
  1
 5. Anonymous

  ތީ ވެދާނެ މިދެއަހަރުތެރޭގައި ކަލޭގެ އަމިއްލަ ކުންފުނި "އާރސީސީ" އިން އެންމެގިނަ ތަރައްގީގެ މަޝްރޫޢު ހިންގުނީ މިދެ އަހަރުތެރެތޭގައިކަމަށް ވިދާޅުވާން އުޅުނީމަ މިސަރުކާރޭ ބުނެވިގެން ތިއުޅެނީ، މަގާމުގައި ބަގުޑި ބައްދަންވެސް ތަންފުކެއް ބޮޑުވަރު، އިރުފެންނަނީ ރޭގަނޑުގަ ހަނދު ފެންނަނީ ދުވާލުގައިކަމަށް ބުނެ ރައްުޔިތުންނަށް ވިސްނާދީބަލަ، އަހަރުމެން ރައްޔިތުންނަކީ ގަމާރުންކަމަށް ހީކުރަނީ ދޮތެ؟؟؟

  20
 6. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

  ހަމަ ތިގޮތަށް ބުނެބަލާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ ދެ އަހަރުގެ މުއްދަތުގެ ތެރޭގައި އެންމެ ގިނަ ވައުދު ވެފައި އެވައުދު ނުފުއްދާ ސަރުކާރޭވެސް ގައިމުވެސް އެއްވެސް ރައީސް އަކު ވައުދު ނުވާވަރަށް ވައުދުވެފައި ކަންތައް ނުކޮށްދީ ވަނީ

  20
  1
 7. މަބޭ

  ސްޕީޑްބާރުކަމުން ކޮންކޯޑް އުފައްދާމީހުންވެސް ބޭނުންވާކަމައްވަނީ ތިޔަސްޕީޑް ހޯދަން

  19
  1
 8. އަދް

  ކޮން މަސައއްކަތެއް .. ކަލޭ ހުރި އޮފީހުން ތި ތަނައް ބަދުލުކުރިކަން އެކނި

  16
  • ޢެމް

   ކޮންކަމެއް ކުރެވޭނީ އެ އުޅެނީ ޔާމީނުގެ ސަރުކާރުން ނިމުމަކާހަމްޔަށް ގޮސްފައިވާ އެތައްކަމެއްވެސް ތިންއަހަރުވާން އުޅޭއިރުވެސް ނުނިމިގެން އެންމެ ކުޑަމިނުން މީހުން ދިރިޢުޅޭނެ ތަންކޮޅެއްވެސް ހަދާދެވުނީއަށް ނުން ލަދެއް ހުރި ބައެއްނަމަ ތަރައްގީއޭބުނަން އަގަވެސް ނުހުޅުވާނެ!

 9. އިކްލީލް

  ކަލޯ! ތިޔަކުރާ މަސައްކަތްތަކުގެ 90 ޕަސެންޓް އެއީ ޔާމީން ފަށާފަހުރި ނުވަތަ ފަންޑު ހަމަޖައްސާފަހުރި މަސައްކަތް!

 10. ﷲއަށްބިރުވެތިވޭ އަނިޔާވެރި ދޮގުވެރިންނާ ދުރައްދޭ

  ދެއަހަރުތެރޭގަ އެމެގިނަތަރަށްގީ ގެނެސްދިން ކަން އެނގޭ 35000ހާސް ދިވެހިރައްޔަތުންނައް ރައީސް ޔާމިނުގެސަރު ކާރުން އެޅިފުލެޓުތަ ކަށް ހަދަމުންދާގޮތުން ތިގާބިލު ކަންވަރަށް ސާފް

 11. Anonymous

  ކަލޭ މީހުން ރުޅިއަރުވަން ނުއުޅެޭ މިއަންނަ ފަހަރު ރައީސަކައް ވާނީނ ކަލޭ ބޭބެ

 12. ޙައޕު

  ލަދެ އް ހަޔާތެއް ނެތް...ހަ އް ހަ އް..

 13. ފިޔަވަޅު

  ނުފެންނަ ތާކިހާ އަޅުވާފަ ތިބި މަޝްރޫއު ތަކެއްތޯ.

 14. ބޯހަލާކު

  ބިރު ނުގަނެ ދޮގުހެދުމުގެ ނުބައި ކަން ހަމަނޭގެނީބާ؟މިސޮރު ލޮލަށް ހުރީ ކޯޗެއް އެޅިފަބާ ކޯޗެއް ނުލިބިގެން އާޚިރަތް ތިނަގާލަނީ؟

 15. ގެދަބުޅި

  ޔާމީނު ދުވަސްވަރު ކުރިކަމެއްކުރީ އޭނަގެ ރަށަށް، ގޯތިކުރިމަތީ ރިންގުރޯޑުހަދާފަ ރަށުއެއާޕޯޓު ބޮޑުކޮށް ރަށުހޮސްޕިޓާ ހަދާފަ ރަށްރަށުމީހުން ރަށަށް ޖަމާކުރަން ފުލެޓު އެޅި. އެހެން ރަށްރަށަށް ކުދިކުދި ފުޓްސެލް ކޯޓުތަކެއް ދީފަ ބޯޅަ ހަދިޔާކުރި. ކޮންމެވެސް ރަށަކަށް ބަށި ރެކެޓު ޖޯޑެއްވެސް ދިންކަމަށްވޭ.