ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވެ ބައެއް މެންބަރުން ވާހަކަ ދައްކަވަނީ ވެސް އެފަދަ ޚިޔާލުތައް ފާޅު ކުރުމުގެ މިނިވަން ކަން ވެސް އެމްޑީޕީގައި އޮތުމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

"ސަންގު ޓީވީ" ޕްރޮގްރާމެއްގައި އަހުމަދު އަބްދުﷲ ވިދާޅުވީ، ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށްތަކުގައި ހިމެނޭ ބައެއް ގޮތުގައި ކަނޑައަޅަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ވެސް ކިތަންމެ މައްސަލައެއްގައި އެމްޑީޕީގައި ޚިޔާލު ތަފާތުވުން އޮންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ޚިޔާލު ތަފާތުވުން އޮވޭ ކޮންމެ ކަމެއްގައި ވެސް. އެކަމަކު އެ ކަމެއް ނިމުމުން އެ ކަމާ އެއް ގޮތަށް ދެވޭ. މިހާ ހިސާބަށް ވެސް އަޅުގަނޑުމެންނަށް ވަރަށް ހޫނު ބަހުސްގެ ތެރެއިން ވެސް ކަންކަން ނިންމާލެވުން،" އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

ރައީސް ސޯލިހްއަށް ފާޑުވިދާޅުވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަހުމަދު އަބްދުﷲ ވިދާޅުވީ ސަރުކާރު "ލޮނުމަޑުކަން" ދެކުމަކީ ވެސް ތަފާތު ޚިޔާލެއް ކަމަށާއި ރައީސްއަށް އަމާޒުކޮށް ފާޑުވިދާޅުވަނީ ވެސް އެ މިނިވަން ކަން އެމްޑީޕީގައި އޮތުމުން ކަމަށެވެ.

"އެއިން ވެސް ދައްކުވައިދެނީ މި ޕާޓީގައި ޚިޔާލު ފާޅު ކުރަން އޮތް މިނިވަން ކަން، މި ޕާޓީގައި އެ ވާހަކަތައް ދެކެވޭ. އެހެން ޕާޓީއެއް ނަމަ އެ ވާހަކަތައް ނުވެސް ދެކެވޭނެ." ބާރަށު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ވިދާޅުވިއެވެ.

އެހެންވިޔަސް އަހުމަދު އަބްދުﷲގެ އަމިއްލަފުޅު ވިސްނުމަކީ ސަރުކާރުގެ ދުވެލި ރަނގަޅު ކަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ދުވެލި ލަސްކަމުގައި ވެސް މެންބަރަކު ދެކެވަޑައިގަތުމަކީ މައްސަލައެއް ނޫން ކަމަށާއި އެއީ ވެސް ޚިޔާލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޚިޔާލަކީ ތަފާތު އެއްޗެއް، އެކަކަށް އެއީ ލަސްވުމަކަށް ވެދާނެ، އަނެކަކަށް ރަނގަޅު ސްޕީޑްއަކަށް ވެދާނެ، ދެން ހުރި މީހަކަށް އެއީ ރަނގަޅު ގޮތް ނިންނަން ނެގި ވަގުތުކޮޅެއް ކަމުގައި ދެކިދާނެ. ތަފާތު ޚިޔާލު މީގަ ވެސް އެބަ އުޅޭ." އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިސްތިއުފާއަށް ވެސް އެމްޑީޕީގެ މެންބަރެއް ކަމުގައިވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ގޮވާލައްވާފައިވެއެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ ރައީސް އިސްތިއުފާއަށް ނުގޮވަން އެ މެންބަރަށް އެންގެވިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އަހްމަދު

  ތިވާހަކަދޯ ނަޝީދުއެބުނަނީ އިބްރާހިމް ދޮންބެ އާއެކުސިޔާސީ މަސައްކަތުގައި ނުހުރެވޭނެޔޯ އެކަމަކުދެން ޕީޕީއެމް ޚިޔާރުކުރުންއެއީ ގޯހެއްދޯ ރައީސް ޔާމީންނަމަނަމަ މިމީހުންނާ ކައިރިނުވާތި

  12
 2. ކޮވިޑް

  އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަހުމަދު އަބްދުﷲ ތިބުނަނީ ހިޔާލު ފާޅުކުރެވެޔޭ. އެކަމް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް އެއީ އެކަން ކުރެވޭނެ ގޮތެއްކަމަށް ނުދެކޭ ކަމަށް. ދެން ޗެއާޕާސަން އަކީ އަންނި ހަމަ ކިޔާހާ އެއްޗެއް ހަމަ އެގޮތައް ލިޔަމުން ދުވާ މީހެއް . ޕާޓީގެ ލީޑާރޝިޕް މިވަރަކަށް ދޯ ބަދަހިވާނީ؟

 3. ޢާއިޝާ

  ޑިމޮކްރަސީ ވެގެންތަ ޢިލްމުވެރިންގެ އަނގަ ބަންދުކުރަން ތިއުޅުއްވަނީ؟

  10
 4. ަަަަަަަަަައަބުދު

  އެމްޑީޕީ ވެގެނެއްނޫން އަމިއްލަޔަށް މަގުހިނގަން ނޭގޭތީ މީހަކު ދައކާމަގުން ހިނގެނީ . މީހެއްގެ ވިސްނުމައް ތަބާވެވެނީ.

 5. ޢަލީ

  އެހެންކަމުން ދިވެހިރާއްޖޭގެ މިނިވަންކަން މިވަނީގެއލިފަ ދެއްތޯ. އިންޑިޔާ އައުޓް ގޮވާނުލެވެނީ އެހެންވެ

 6. މާރިޔާ

  ދެއްތޯ. އިންޑިޔާ އައުޓް ގޮވާނުލެވެނީ ދިވެހިރާއްޖޭގެ މިނިވަންކަން ނެތުމުން.

  2
  1
 7. އަޑޫ

  ދެންތިހެންކިޔާ. ކޮންބަޔަކު ތިވާހަކަޤަބޫލު ކުރަނީ....
  ދިވެހިންނަކީ ތިހާނުވިސްނޭ ބައެއްނޫން.