އދ.ގެ އާންމު މަޖިލީހުގެ ގޮނޑިއެއް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކާމިޔާބު ކުރެއްވުމަކީ ރާއްޖޭގެ މިނިވަންކަން އެންމެ ފުރިހަމަ މާނައިގައި ހިމާޔަތް ކުރެވިފައިވާ ކަމަށް މުޅި ދުނިޔެ އިއުތިރާފްވެފައިވާ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވެ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ހާރިޖީ ޓީމަށް މިއަދު ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.

ޝާހިދުގެ ކާމިޔާބީގެ ފަހަތުގައިވާ ސިއްރަކީ ކޮބައިކަން ރައީސް ހާމަކުރެއްވީ ފޮރިން މިނިސްޓްރީގެ އާ އިމާރާތް "ފަތުހުﷲ ޖަމީލް ބިލްޑިން" އަށް ބަދަލުކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް ލިބިފައިވާ މަގާމުގެ ހަގީގީ ސިއްރަކީ ހިކުމްތަތެރިކަމާއެކު ހާރިޖީ ވަޒީރުކަމުގައި ފަތުހުﷲ ޖަމީލް ކުރެއްވި މަސައްކަތެވެ.

މިއަދު މި ސަރުކާރުންވެސް ދަމަހައްޓަމުން އަންނަނީ އެ ސިޔާސަތުތައް ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނީ ކޮންމެ ގައުމެއްގެ މިނިވަންކަމާއި ސިޔާދަތަށް ދެމެހެއްޓުމަށް. އަޑު އުފުލާނީ މޫސުމީ ބަދަލުތަކުން ދިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި. އެއްވެސް ތަފާތު ކުރުމެއްނެތި އިންސާނީ ހައްގުތަައް ހިމާޔަތްކުރުމަށް" ރާއްޖޭގެ ހާރިޖީ ސިޔާސާތުތައް ހާމަކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން ގެންގުޅޭ ހަމަތަކާއި ސިޔާސަތުތަައް މުޅި ދުނިޔެއިން ބަލައިގަނެފިކަން ފާހަގަކުރައްވާ ޝާހިދަށް ތައުރީފް ކުރައްވަމުން ރައީސް ވިދާޅުވީ، ބޮޑު ތާއިދާއެކު ޝާހިދު އިންތިހާބުވީ ހާރިޖީ ސިޔާސަތުތައް ދަމަހައްޓަން އެމަނިކުފާނު ގެންގުޅުއްވި ހިކުމަތްތެރި ސިޔާސަތުގެ ސަބަބުންކަން ޔަގީން ކަމަށެވެ.

ވެރިކަމާއި ހަވާލުވެވަޑައިގަތްއިރު ކުރީ ސަރުކާރުގައި ރާއްޖޭ އޮތީ އެކަހެރިކޮށްފައި ކަމަށް ވިދާޅުވިއެވެ. އެއީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އޮތް ވަރަށް ބޮޑު ނުރައްކަލަކަށްވާތީވެ އެންމެ އިސް ސިޔާސަތަކަށް ހެދީ ރާއްޖޭގެ މިނިވަންކަމާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް އެމަނިކުފާނު ވިދަޅުވިއެވެ.

"ޝާހިދު އިންތިހާބުވުމަކީ ރާއްޖޭގެ މިނިވަންކަން އެންމެ ފުރިހަމަ މާނައިގައި ހިމާޔަތް ކުރެވިފައިވާ ކަމާއި މުޅި ދުނިޔެ އެކަމަށް އިއުތިރާފްވާ ހެއްކެއް" ރައީސް ވިދާޅުވިއެވެ.

ޝާހިދު، އާންމު މަޖިލީހުގެ ގޮނޑި ކާމިޔާބުކުރެއްވީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސޫލްއާ ވާދަކޮށެވެ. ޝާހިދަށް ލިބިވަޑައިގެންނެވީ 143 ވޯޓެވެ. ރަލްމައި އަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ.

ޝާހިދަކީ ރާއްޖޭގައި މިހާރު ހުންނެވި ހާރިޖީ ދާއިރާގެ އެންމެ ތަޖުރިބާކާރުން އެއް ބޭފުޅާއެވެ. ޝާހިދު ހާރިޖީ ދާއިރާގެ މަސައްކަތް ފެއްޓެވީ 1984 ވަނަ އަހަރުއެވެ.

ޝާހިދު އެންމެ ފުރަތަމަ ފޮރިން މިނިސްޓަރުގެ މަގާމު އަދާކުރެއްވީ 2007 ވަނަ އަހަރުގެ އޮގަސްޓުން މަހުން ފެށިގެން 2008 ވަނަ އަހަރުގެ ނޮވެމްބަރ 11 ވަނަ ދުވަހާއި ހަމައަށެވެ. އޭެ ފަހުން ޝާހިދު ފޮރިން މިނިސްޓަރުގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވީ 2019 ނޮވެމްބަރ 17 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަވާސާ އިބޫ

    ސޮރީ ރައީސް ސާލިހު އދ.ގެ އާންމު މަޖިލީހުގެ ގޮނޑިއައް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކާމިޔާބު ކުރެއްވުމަކީ ރާއްޖޭގެ މިނިވަންކަން އިންޑިޔާއަށް ބޮޑުއަގުއި ވިއްކާލާފއިވާކަމުގެ ފުރިހަމަ ހެއްކެއް! އިންޑިޔާ އައުޓް ބީޖޭޕީ ހަލާކު!

    19
  2. ނަޖީބު

    އަޅެފަހެ ރައީސެކޭ ކިޔާފަ މިހުރީ މަރުމޯލެއްތަ؟

    23
    • ނިނާ

      އާ

  3. Anonymous

    ކަލޭ ބޭކާރުވާހަކަ ނުދައްކާ އިސްތިއުފާދީ މިނިވަންކަމޭކިޔައިގެން ވާހަކަ ދައްކާ ވަރައްވުރެ މާފެންވަރުދައްމީހެއް ކަލޭތީ ކަލެއައްނުފެނޭތަބޭރުގައުމެއްގެ ސިފައިންމިރާޖެ ަރާތިބިތަން

  4. ނުޖެހޭނެއޭ

    ޚާރިޖީ އޮފީހަށް ވަކި މީހެއްގެ ނަމުން ނަން ދީގެން ނުވާނެއޭ އެހެން ނަމަ ރައީސް އޮފީހަށް ކިޔަންވާނީ މައުމޫނު އޮފީސް ނޫންތޭ އެއްގޮތަކަށް ވެސް ވަކި މީހެއްގެ ނަމެއް ފޮރިންގް މިނިސްޓްރީ އިމާރާތަށް ކިޔައިގެން ނުވާނެއޭ ސަބަބަކީ އެއީ ޗައިނާގެ ހިލޭ އެހީގައި އަޅާދީފައި ހުރި އިމާރާތެކޭ...

  5. ރާއްޖެތެރެ

    އެކާވިސް ގަރުނުގަ ކަލޭތިއުޅެނީ ރައްޔިތުންނަ އޮޅުވާލަންތަ

  6. ކާފަބޭ2020

    އަޅެފަހެމީހަކު ބުރާސްފައްޗެއްނުވާނެތަ! އަމިއްލައެދުމަށް އެބައެއްގެނުފޫޒުންއެގޮނޑީގަބޭންދީމަ އެކަމަށްމިނިވަންކަމޭކިޔާތޯ އަދި5އަހަރުމަޖިލީހުގަބައިންދަންވީ މިނިވަންކަންދަސްވޭތޯބަލަން ނޫނީ ދުނިޔޭންބޭރަށް ކިޔަވަންފޮނުވަންވީ މިނިވަންކަންދަސްވޭތޯބަލަން! އެގޮނޑީގަވެސްތިޔަގޮނޑީގަވެސް ތިޔަތިބެވުނީ އެބައިމީހުންގެނުފޫޒުގަ މިނިވަންކަމޭކިޔައިގެން އަނގަހާވާތި މުޅިޤައުމުއަޅުވެތިކޮށްފަ ކުޑަކޮށްވެސް ލަދުހަޔާތޭ މިކިޔާއެއްޗެއްގެކަންފުޅެއްވެސްނެތީހެއްޔެވެ؟