ޢިއްޒުދީން ސްކޫލްގެ ޕްރިންސިޕަލް އެސުކޫލްގެ ޓީޗަރުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ ހުށަހެޅުމުން ޕްރިންސިޕަލަށް ޕްރޮމޯޝަން ދިނުމަށްފަހު ހަތަރު ޓީޗަރަކު އެހެން ސްކޫލްތަކަށް ބަދަލު ކޮށްފައިވާ ކަމަށް ޓީޗާސް އެސޯސިއޭޝަނުން ބުނުމުން އެޑިއުކޭޝަން މިނިސްޓްރީން ބަޔާނެއް ނެރެފިއެވެ.

ޕްރިންސިޕަލަށް ޕްރޮމޯޝަން ދީފައިވާ ކަމަށް ބުނާ ބުނުން އެޑިއުކޭޝަންގެ ބަޔާނުގައި ދޮގު ކޮށްފައެއް ނުވެއެވެ. ނަމަވެސް މައްސަލަ ހުށަހެޅި ހަތަރު ޓީޗަރުންގެ ވަޒީފާ ބަދަލު ކުރި ކަމަށް ބުނާ ޚަބަރު ދޮގު ކޮށްފައި ވެއެވެ.

ބަޔާނުގައި ބުނީ ޢިއްޒުއްދީން ސްކޫލުގެ ހަތަރު ޓީޗަރަކު މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުކުރުމަށް ނިންމާފައިވާކަން އެފަރާތްތަކަށް އިއްޔެ އަންގާފައިވަނީ މިކުރީކޮޅުގައި ޢިއްޒުއްދީން ސްކޫލްގެ ހަތަރު ލީޑިންގ ޓީޗަރުން އެއްފަހަރާ އިސްތިޢުފާ ދިނުމާ ގުޅިގެން ސްކޫލްގައި އުފެދުނު ނުތަނަވަސްކަން ޙައްލުކުރުމަށް ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ހިންގުނު ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ރިވިއުއަށް ރިޢާޔަތްކޮށް ކަމަށެވެ.

ރިވިއުއިން ސްކޫލު ހިންގުމުގައާއި ދޭދޭ ގުޅުންތަކުގައި ދަރިވަރުންގެ ކިޔެވުމަށް އަސަރުކުރާނެ މައްސަލަތަކެއް ހުރިކަމަށް ފާހަގަވެފައިވާތީ އެ މައްސަލަތައް ޙައްލުކުރުމަށް ކުރާނެ ކަންކަން ނިންމުމަށް އެކުލަވާލެވުނު ކޮމެޓީން، ދިމާވެފައިވާ މައްސަލަތައް ޙައްލު ކުރުމަށް ސްކޫލްގެ ބައެއް މަޤާމުތައް އާ ދިރާސީ އަހަރު ފެށޭއިރަށް ބަދަލުކުރުމަށް ލަފާދެއްވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

"މިހަތަރު ޓީޗަރުން ބަދަލުކުރުމަށް ނިންމާފައިވާ ނިންމުމާ، މި މިނިސްޓްރީއަށް ހުށަހެޅިފައިވާ ޖިންސީ ފުރައްސާރައިގެ އެއްވެސް މައްސަލައަކާ ގުޅުމެއް ނުވެއެވެ. މި މިނިސްޓްރީއަށް ހުށަހަޅާފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ވަރަށް ސީރިއަސްކަމާއެކު ބަލާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަބަދުވެސް އިސްކަންދެވެއެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

މި މުދައްރިސުން ބަދަލުކުރުމާ ގުޅުވައި ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އާއި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ނެރެފައިވާ ނޫސްބަޔާންތަކުގައި ހަޤީގަތާ ޚިލާފަށް މައްސަލަ އޮޅޭ ގޮތަށް އެ މަޢުލޫމާތު ހިމަނާފައިވާތީ އެކަން މިނިސްޓްރީން ކުށްވެރިކުރާކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. އަދި މިފަދަ ބަޔާންތައް ނެރުމުގައި ހަޤީގަތުގެ މައްޗަށް ބަޔާންތައް ލިޔުއްވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސުވާލު

    ދަސްވާރު ޕްރޮގްރާމް ހުއްޓާލާފައި ނުކިޔަވާ އިސްކޫލަށް ނާންނަ ކުދިންނަށް ކޮށްދެނީ ކޮންކަމެއް
    އިހަށް ދުވަހަު މަރާ އެއްލާލި ކުއްޖާ ވެސް އެގޮތަށް ދިޔައީ އެޑިއުކޭޝަން ގެ އިހުމާލުން ކިޔަވާ ހިތް ނުވި ކުދިން ވޭތުވެ ދިޔަ ސަރުކާރުން ހިންގި ދަސްވާރު ޕްރޮގްރާމްގެ ދަށުން އެތައް ވަޒީފާ ތަކެއްގައި މިއަދު އުޅެމުން ދަނީ މިހާރު މުޅި އެޑިއުކޭޝަން ސިސްޓަމްގައި ވެސް ނެތް އެޑިއުކޭޝަންގެ އިސްޓޭޓް މިނިސްޓަރ އަބްދުﷲ ރަޝީދު ޓީވީގައި އިންދެ ބުނި ހުރިހާ ކުދިން ޖެހޭނެއޭ ޓެސްޓް ހަދަން ޖީސީ ހަދަން މިކަހަލަ ކޮސް ވާހަކަ ތަކުން ތައުލީމީ ނިޒާމް ފުނޑެނީ މާމޮޅޫ ގޮތެއް ތައާރަފް ކުރަނީ އެޭ ކިޔާ އަޑު އެރުވި ރަނގަޅަށް ހިނގާ ކަމެއް އިތުރަށް ޖެހޭނީ ރަނގަޅުކުރަން

    9
    1
  2. ރައްޔިތުމީހާ

    މީ މިގައުމަށް ފާކުރެއްވި އެންމެ ގަމާރު މިނިސްޓަރ.
    މިވަބާއިން ސަލާމަތްވީމަ އެޑިއުކޭޝަން ސެކްޓަރ ރަނގަޅުވާނީ.
    މުޅި މިނިސްޓްރީގަ ޖިންސީ ފުރައްސާރަ ކުރި މީހުން ފުރިފަ، ފިޔަވަޅު އެޅުމުގެ ގޮތުން މި ފިނޑި މިނިސްޓަރު ކުރާކަމަކީ ޑިޕާރޓްމަންޓް ބަދަލުކުރުން.

  3. އާއުސްމިން

    ފުރައްސާރަކުރީމަ ޕްރޮމޯޝަން ދޭ ފުރަތަމަ ސަރުކާރު

  4. Anonymous

    ދަރިވަރުން ބަލާދާ ބެލެނިވެރިންނަށް ދޫކޮށްފާއި ވާ ކާޑު އޮތްތޯވެސް ބަލާނުލެވޭ ހަރުކަށި ފިކުރުގެ ސަރުކާރެއް، އިންޑިއާ ޓީޗަރުން އައުޓް
    ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް